ކ. މާލެ
|
7 ނޮވެންބަރ 2017 | އަންގާރަ 22:06
މާލޭ ސިޓީ ކައުންސިލުގެ މެންބަރުންގެ ޕްރެސް ކޮންފަރެންސް
މާލޭ ސިޓީ ކައުންސިލުގެ މެންބަރުންގެ ޕްރެސް ކޮންފަރެންސް
މުހައްމަދު ފަޒީން
ކުރެހުމުގެ މުބާރާތް
މާލޭ ސިޓީ ކައުންސިލުން ބާއްވާ ކުރެހުމުގެ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި
ކުރެހުންތައް ހުށަހަޅަންޖެހޭ އެންމެ ފަހު ތާރީހަކީ ނޮވެމްބަރު 29
ހަ ކެޓަގަރީއަކަށް ވަނީ ބެހިފައި
މުބާރާތުގެ ތީމަކީ " މާލޭގެ ދިރިއުޅުން"

މާލޭ ސިޓީ އާރޓު އެގްޒިބިޝަން 2017 ގެ ނަމުގައި އާންމުކޮށް ހުޅުވާލައިގެން ބާއްވާ ކުރެހުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން އިންތިޒާމުކުރާ މި މުބާރާތުގައި ކުރެހުންތައް ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ މި މަހުގެ 29 ވަނަ ދުވަހެވެ. މި ކުރެހުންތައް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ހެނދުނު 08:30 އިން މެންދުރު ފަހު 1:30 އަށް މާފަންނު އޮފީހުންނެވެ.

މި މުބާރާތުގެ ތީމަކީ " މާލޭގެ ދިރިއުޅުން" އެވެ. މި ކުރެހުމުގެ މުބާރާތުގައި ވަކި މީޑިއަމެއް ކަނޑައެޅިފައި ނުވާ އިރު މުބާރާތުގައި ބައިވެރިކުރާ ކުރެހުމަކީ މީގެ ކުރިން އެއްވެސް މުބާރާތެއްގައި ބައިވެރިކުރެވިފައިވާ ކުރެހުމަކަށް ވެގެން ނުވާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެ އެވެ.

ކޮންމެ ކުރެހުންތެރިއަކަށް ވެސް ހުށަހެޅޭނީ ގިނަވެގެން ތިން ކުރެހުމެވެ. ހުށަހަޅާ ކުރެހުންތަކުގައި އިސްލާމްދީނުގެ އަސްލަކާ ހިލާފުވާ ފަދަ އެއްވެސް މަންޒަރެއް ހިމެނިގެން ނުދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި މުބާރާތުގައި ހަ ކެޓަގަރީ ހިމެނެ އެވެ. އެއީ އުމުރުން ހަތް އަހަރާއި 10 އަހަރާ ދެމެދާއި އުމުރުން 11 އަހަރާއި 15 އަހަރާ ދެމެދާއި އުމުރުން 16 އަހަރާއި 19 އަހަރާ ދެމެދާއި އުމުރުން 20 އަހަރާއި 35 އަހަރާ ދެމެދުގެ އިތުރަށް އުމުރުން 35 އަހަރުން މައްޗެވެ.

މުޅި މުބާރާތުން  އެއްވަނަ ހޮވަނީ، ހުރިހާ ކުރެހުމެއްގެ ތެރެއިންނެވެ. މި މުބާރަތުން ވަނަތަކަށް ހޮވޭ ކުރެހުންތައް އާންމުންނަށް ދައްކާލުމަށްޓަކައި މައުރަޒެއް ބޭއްވުމަށް ވަނީ ހަމަޖައްސާފައެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް