ކ. މާލެ
|
7 ނޮވެންބަރ 2017 | އަންގާރަ 19:01
 މުހައްމަދު ޝަފާއު
މުހައްމަދު ޝަފާއު
ފޭސްބުކް
އެމްއާރުޑީސީ
އެމްއާރުޑީސީގެ އެމްޑީއަކަށް ޝަފާއު
ޝަފާއު މި މަގާމަށް އައްޔަން ކުރެއްވި ކަމަށް އިއުލާން ކުރައްވާފައިވަނީ ޕްރައިވަޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު
މީގެ ކުރިން އެމްއާރްޑީސީ ހިންގަވަމުން ގެންދެވީ އެކްޓިން މެނޭޖިންގ ޑިރެކްޓަރގެ މަޤާގާމުގައި ހުންނެވި އަހުމަދު މަމްދޫހް

މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ އެމްޑީގެ މަގާމަށް މ.ރިވެލިގެ މުހައްމަދު ޝަފާއު ހަސަން އައްޔަން ކުރައްވައިފިއެވެ.

 

ޝަފާއު މި މަގާމަށް އައްޔަން ކުރެއްވި ކަމަށް އިއުލާން ކުރައްވާފައިވަނީ ޕްރައިވަޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު އަމިއްލަފުޅު ޓްވިޓާގައެވެ. ޝަފާއު އެ މަގާމަށް އައްޔަން ކުރެއްވި އިރު ކުރިން އެމަގާމުގައި ހުންނެވި މުހައްމަދު ނިމާލުވަނީ ޖޫން މަހުގެ 21 ވަނަ ދުވަހުގެ ރޭ އެމަގާމުން އިސްތިއުފާ ދެއްވާފައެވެ.

މީގެ ކުރިން އެމްއާރްޑީސީ ހިންގަވަމުން ގެންދެވީ އެކްޓިން މެނޭޖިންގ ޑިރެކްޓަރގެ މަޤާގާމުގައި ހުންނެވި އަހުމަދު މަމްދޫހް އެވެ. 



ޝަފާއު މީގެ ކުރިން ހުންނެވީ މޯލްޑިވްސް އިސްލާމިކް ބޭންކުގެ ހެޑް އޮފް މާކެޓިން އެންޑް ކޯޕަރޭޓް އެފެއާޒްގެ މަގާމުގަ އެވެ. އިސްލާމިކް ބޭންކާއި ގުޅިވަޑައިގެންނެވުމުގެ ކުރިން އޭނާ ހުންނެވީމޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އެސިސްޓެންޓް މެނޭޖަރު ގެ މަގާމުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް