ކ. މާލެ
|
7 ނޮވެންބަރ 2017 | އަންގާރަ 16:24
ހުއިފިލަނޑާ
ހުއިފިލަނޑާ
ގެޓީ އިމޭޖަސް
ހުއިފިލަނޑާ
އިސްދޫގައި ހުއިފިލަނޑާ ބޮޑުކުރުމުގެ މަސައްކަތް ފަށައިފި
މަގްސަދަކީ ކަނޑުގެ ދިރުން އާލާކޮށްގެން ރައްޔިތުންނަށް އާމްދަނީ ލިބޭނޭ މަގުތައް ތަނަވަސް ކޮށްދިނުން

ދިވެހި ސަރުކާރާއި އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް)އާ ގުޅިގެން ހިންގާ "މެރިކަލްޗަރ އެންޓަރޕްރައިސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް"ގެ ދަށުން ލ. އަތޮޅުގައި ކުރިއަށް ގެންދާ ހުއިފިލަނޑާ ބޮޑުކުރުމުގެ މަސައްކަތް ލ. އިސްދޫގައި މިއަދު ފަށައިފިއެވެ.

މިމަސައްކަތް އިފްތިތާޙް ކޮއްދެއްވީ މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެޤްރިކަލްޗަރ ޑރ. މުޙަންމަދު ޝައިނީއެވެ. މި މަސައްކަތުގެ މަގްސަދަކީ ކަނޑުގެ ދިރުން އާލާކޮށްގެން ރައްޔިތުންނަށް އާމްދަނީ ލިބޭނޭ މަގުތައް ތަނަވަސް ކޮށްދިނުމެވެ.

އިސްދޫގެ އިތުރަށް މި މަސައްކަތް މިވަގުތު ކުރިއަށް ދަނީ ލ. ދަނބިދޫ އާއި ކަލައިދޫގައެވެ.

ހުއިފިލަނޑާ ބޮޑުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް މެރިކަލްޗަރ އެންޓަރޕްރައިސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓުން ލުއި ލޯނު ދޫކޮށްގެންނެވެ. ލޯނުގެ ދަށުން ފޯރުކޮށްދެވެނީ ހުއިފިލަނޑާ ބޮޑުކުރުމަށް ބޭނުންވާ ކޮށްޓާއި ޅަ ހުއިފިލަނޑައެވެ. ހުއިފިލަނޑާ ބޮޑުކުރުމުގެ މަސައްކަތުގައި ބައިވެރިވުމަށް ލ. އަތޮޅުގެ 150 ފަރާތަކަށް ފުރުސަތު ހުޅުވާލެވުނެވެ. މީގެ ތެރެއިން 122 ފަރާތުން މިހާރު ދަނީ އަމަލީ ގޮތުން މަސައްކަތް ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް