ކ. މާލެ
|
7 ނޮވެންބަރ 2017 | އަންގާރަ 14:34
ޗެނަލް 13 ގެ ޕްރޮގްރާމެއްގައި ދައްކާފައިވާ ރައީސް މައުމޫނު ކަމަށް ސިފަކުރެވޭ ކޮންޓެންޓްގެ ސްކްރީންޝޮޓެއް
ޗެނަލް 13 ގެ ޕްރޮގްރާމެއްގައި ދައްކާފައިވާ ރައީސް މައުމޫނު ކަމަށް ސިފަކުރެވޭ ކޮންޓެންޓްގެ ސްކްރީންޝޮޓެއް
ޗެނަލް 13 އިން ނަގާފައިވާ ސްކްރީން ޝޮޓްއެއް
ބްރޯޑް ކާސްޓިން ކޮމިޝަން
ރައީސް މައުމޫނަށް ހަޖޫޖަހާފައިވާ ކާޓޫންތައް ޗެނަލް 13 އިން ދެއްކީ ރަނގަޅަށް ކަމަށް ބްރޯޑްކޮމްއިން ނިންމައިފި
ޗެނަލް 13ގެ "ނަނާ ހުވަފެން" ޕްރޮގްރާމްގައި އަބުރުގެ ޤާނޫނާއި ޚިލާފް ކޮންޓެންޓެއްނެތް: ބްރޯޑްކޮމް

ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް  ސިފަކުރެވޭ ކާޓޫނުތަކެއް ޗެނަލް 13 އިން ދެއްކީ ރަނގަޅަށް ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމައިފި އެވެ. 

ރައީސް މައުމޫނު ސިފަވާ ގޮތަށް ދައްކާފައިވާ ކާޓޫންތަކަކީ އަބުރުގެ ގާނޫނާ ހިލާފު ކޮންޓެންޓެއް ނޫން ކަމަށް ނިންމިއިރު އެއީ، މައްސަލައެއްގެ ގޮތުގައި  ބްރޯޑްކާސްޓިިން ކޮމިޝަނަށް ފާހަގަކުރެވި އެ ކޮމިޝަނުގެ އަމިއްލަ އިސްނެގުމަށް ބެލި މައްސަލައެކެވެ. 

ޖުލައި މަހުގެ 9 ވަނަ ދުވަހު "ޗެނަލް 13" އިން ބްރޯޑްކާސްޓްކުރި "ނަނާ ހުވަފެން" ޕްރޮގްރާމްގައި ސިޔާސީ ބޭފުޅުންގެ ކޯޅުން ކާޓޫނެއްގެ ސިފާގައި ބެލުންތެރިންނަށް ދައްކާލާނަން ކަމަށް ބުނެ، ކުރީގެ ރައީސް މަޢުމޫން އަބްދުލް ޤައްޔޫމް ކަމަށް ސިފަކުރެވޭ ކާޓޫނުތަކެއް ދެއްކި މައްސަލަ ބެލުމަށްފަހު ބްރޯޑްކޮމް އިން ބުނީ، ޗެނަލް 13 އިން މިމައްސަލާގައި ކޮމިޝަނަށް ޖަވާބުދާރީ ވަމުން އެޕްރޮގްރާމުގައި ސީދާ ދައްކަނީ ރައީސް މަޢުމޫން ކަމަށް ބްރޯޑްކާސްޓް ކުރި ކޮންޓެންޓުގައި ބުނެފައިނުވާނޭ ކަމަށް އެޗެނަލްގެ އެކްޓިންގ ސީއީއޯގެ ބަޔާނުގައިވާ ކަމަށެވެ.

އެޕްރޮގްރާމްގައި އަބުރުގެ ޤާނޫނާ ޚިލާފް ކޮންޓެންޓް ނުހިމެނޭ ކަމަށް ބްރޯޑްކާސްޓިންގ ކޮމިޝަނުން ނިންމި ގޮތުގެ ބަޔާނުގައި ޗެނަލް 13 ގެ އެކްޓިންގ ސީއީއޯ ދީފައިވާ ދިފާޢީ ބަޔާނުގެ މައްޗަށް ބުރަވެ، ދެ ކަމެއް ފާހަގަ ކޮށްފައިވެއެވެ. އެގޮތުން އެޕްރޮގްރާމުގައި ދައްކާފައިވަނީ މާޒީގައި ބަޔެއްގެ ޢަމަލުތައް ބައްޓަންވެފައި ހުރި ގޮތް ކަމާއި، ޗެނަލް 13 އިން ދެއްކި ކޮންޓެންޓަކީ ކުރީގެ ބަޔަކު ކޮށްފައި އޮތް ކަމެއް ކުށްވެރިކޮށް، އެ ކަން އެއީ އެހެން ވެގެންވާނެ ކަމެއް ނޫން ކަމަށް ސިފަކޮށްދޭން ދެއްކި ކޮންޓެންޓެއް ކަމަށް ބަޔާން ކޮށްފައިވާ ކަމަށް ބްރޯޑްކޮމް އިން ބުނެފައިވެއެވެ.

އަދި ޗެނަލް 13 އިން ދެއްކި ކޮންޓެންޓަކީ އަބުރުގެ ޤާނޫނުގެ 18 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތީން ތެދު ބަޔާން ކުރުމުގެ ގޮތުން ދެއްކި ކޮންޓެންޓެއް ކަމާއި، އެ ކޮންޓެންޓަކީ އަބުރުގެ ޤާނޫނުގެ 18 ވަނަ މާއްދާގެ (ށ) އާ އެއްގޮތްވާ ގޮތުގެ މަތީން ތެދު ހަގީގަތެއްކަން ޗެނަލް 13 ހިންގާ މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑުން ކޮމިޝަނުގެ ތަހުގީގަށް ސާބިތުކޮށްދީފައިވާ ކަމަށް ބްރޯޑްކޮމްގެ ބަޔާނުގައިވެއެވެ. ޗެނަލް 13 ގެ ކޮންޓެންޓުގައި އަބުރުގެ ޤާނޫނުގެ 18 ވަނަ މާއްދާގެ (ހ) އަދި (ށ) އަށް ރިއާޔަތްކޮށް، އަބުރުގެ ގާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި، އެމާއްދާގެ (ބ) އާ ޚިލާފް ކޮންޓެންޓެއް ނެތް ކަމަށް މައްސަލަ ބެލި ކޮމިޝަނުގެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން ކަނޑައަޅާފައިވާ ކަމަށް ބްރޯޑްކޮމް އިން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
7 ނޮވެންބަރ 2017 | އަންގާރަ 16:27
ޙަސަނު
ޝަހީބުގެ ވަޒީފާ ނުގެއްލޭ ގޮތް ހަދަން ޖެހޭނެއެއްނު؟
7 ނޮވެންބަރ 2017 | އަންގާރަ 15:25
ހެހެ
ސަދޫމް