ކ. މާލެ
|
7 ނޮވެންބަރ 2017 | އަންގާރަ 13:34
ހުޅުމާލެ ފަޅުތެރޭގައި އަޅާފައިވާ ގިނަ އަދަދެއްގެ މަސް ދޯނިތަކެއް
ހުޅުމާލެ ފަޅުތެރޭގައި އަޅާފައިވާ ގިނަ އަދަދެއްގެ މަސް ދޯނިތަކެއް
މުހައްމަދު ފަޒީން
ވަޅިން ހަމަލާދިނުން
ދޯންޏެއްގައި ނިދާފައި އޮތް މީހެއްގެ ބޮލަށް ވަޅި ޖަހައިފި
ވަޅި ޖަހާފައިވަނީ ވ. އަތޮޅުގައި މަސްވެރިކަން ކުރާ ދޯންޏެއްގައި އޮތް މީހެއްގެ ބޮލަށް

މަސް ދޯންޏެއްގައި ނިދާފައި އޮތް ބިދޭސީއެއްގެ ބޮލަށް ވަޅި ޖަހައިފިއެވެ. 

ފުލުހުންގެ މީޑިއާއިން ބުނީ އެ ހާދިސާ ހިނގާފައިވަނީ ވ. އަތޮޅުގައި ދުއްވާ މަސް ދޯންޏެއްގައި ކަމަށެވެ. ފުލުހުން ބުނީ އެ ހާދިސާގެ ރިޕޯޓް ފުލުހުންނަށް  ހުށަހަޅާފައި ވަނީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ.

ފުލުހުން ބުނީ އެ ބިދޭސީ މީހާގެ ބޮލަށް ވަޅި ޖަހާފައިވަނީ އެ ދޯނީގައި އޭނާ ނިދާފައި އޮއްވާ ކަމަށެވެ. 

އެ ހާދިސާގައި ޒަހަމްވި ބިދޭސީ މީހާއަށް، ވ. ފެލިދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު ދޫކޮށްލައިފައިވާ ކަމަށް ފުލުހުން ބުނެއެވެ. 

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން ދާ ކަމަށާއި އެ މައްސަލާގައި އެއްވެސް މީހަކު މިހާތަނަށް ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ. މި ހާދިސާއާ ބެހޭ އިތުރު ތަފުސީލު ފުލުހުން ދީފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
7 ނޮވެންބަރ 2017 | އަންގާރަ 21:51
Opo
Kobaa police. Edhoani faathun petrol kuramundhiyA