ކ. މާލެ
|
6 ނޮވެންބަރ 2017 | ހޯމަ 20:15
ރައީސް ނަޝީދު: ކާނަލް ނާޒިމް ޖަލުގައި ބަހައްޓާތީ ކަންބޮޑުވުން ފާޅުކުރެއްވި
ރައީސް ނަޝީދު: ކާނަލް ނާޒިމް ޖަލުގައި ބަހައްޓާތީ ކަންބޮޑުވުން ފާޅުކުރެއްވި
ރާއްޖެއެމްވީ
ރައީސް ނަޝީދު
އަޅުގަނޑުމެން ކާނަލް ނާޒިމް މިނިވަން ކުރާނެ: ރައީސް ނަޝީދު
ކާނަލް ނާޒިމް ވަނީ ފްރޭމް ކޮށްފައި
އެމްޑީޕީން ވެސް ބުނީ ނާޒިމަށް އިންސާފު ހޯދައިދިނުމުގައި މުޅި ދައުލަތް ނުކުޅެދިފައިވާ ކަމަށް
ރައީސް މައުމޫން ވިދާޅުވީ ނާޒިމް ޖަލަށްލާފައި ވަނީ ބޭއިންސާފް ޝަރީއަތަކުން ކަމަށް

ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމަށް ނުހައްގުން އަނިޔާ ލިބޭތާ 1000 ދުވަސްވީ ކަމަށާއި ކާނަލް ނާޒިމް މިނިވަން ކުރައްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކާނަލް ނާޒިމަށް ކްރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމާ ގުޅިގެން ޖަލުގައި ހުކުމް ތަންފީޒް ކުރައްވާތާ 1000 ދުވަސް މިއަދަށް ފުރިފައިވަނިކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓެއްގައި އެމަނިކުފާނު ވިދާޅުވީ ކާނަލް ނާޒިމް ފްރޭމްކޮށް ނުހައްގުން ޖަލަށްލާ އަނިޔާ ލިބޭތާ 1000 ދުވަސް ވީ ކަމަށެވެ. އަދި "އަޅުގަނޑުމެން ކާނަލް ނާޒިމް މިނިވަން ކުރާނެ" ކަމަށް ރައީސް ނަޝީދުގެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.

ނަޝީދުގެ އިތުރުން އެމަނިކުފާނު ނިސްބަތްވާ އެމްޑީޕީން ވެސް މިއަދު ވަނީ ނާޒިމަށް ނުހައްގުން ލިބޭ އަނިޔާއާ މެދު ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފައެވެ. އެބަޔާނުގައި ބުނެފައިވާ ގޮތުގައި ކާނަލް ނާޒިމު ނުޙައްޤުން ޖަލަށްލިތާ މިއަދަށް 1,000 ދުވަސް ވެފައިވާއިރު، އެމަނިކުފާނަށް އިންސާފު ހޯދައިދިނުމުގައި މުޅި ދައުލަތް ނުކުޅެދިފައި އޮތުމުގެ ޒިންމާ މުޅި ދައުލަތުން ނަގަން ޖެހޭނެ އެވެ.

އެމްޑީޕީގެ އިތުރުން ސިޔާސީ އެހެން ބޭފުޅުން ވެސް ގެންދަވަނީ ނާޒިމް މިނިވަންކުރުމަށް ގޮވާލަމުންނެވެ. އެގޮތުން ރައީސް މައުމޫން ވެސް ވަނީ ނާޒިމް ޖަލަށް ލާފައިވާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ނާޒިމް ޖަލަށްލާފައި ވަނީ ބޭއިންސާފް ޝަރީއަތަކުން ކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް