ކ. މާލެ
|
6 ނޮވެންބަރ 2017 | ހޯމަ 16:49
ރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ އާއި ޤައުމީ ޔުނިވަރސިޓީއާ ދެމެދު ވި އެއްބަސްވުމެއްގެ ސޮއިކުރުމުގެ ރަސްމިއްޔާތު ތެރެއިން
ރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ އާއި ޤައުމީ ޔުނިވަރސިޓީއާ ދެމެދު ވި އެއްބަސްވުމެއްގެ ސޮއިކުރުމުގެ ރަސްމިއްޔާތު ތެރެއިން
ރާއްޖެއެމްވީ
އެއްބަސްވުމުގައި ސޮއިކުރުން
އިސްލާމިކް ޔުނިވަރސިޓީ އާއި ޤައުމީ ޔުނިވަރސިޓީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި
މި އެއްބަސްވުމުގެ ދަށުން ދެ ޔުނިވަރސިޓީގެ މެދުގައި ގިނަ މައުލޫމާތުތަކެއް ބަދަލުކުރެވޭނެ

ރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ އާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ކޮންފަރަންސް ހޯލްގައި ހޯމަ ދުވަހު ބޭއްވި މި ރަސްމިއްޔާތުގައި އެ ޔުނިވަރސިޓީގެ ފަރާތުން ސޮއި ކުރެއްވީ ޗާންސެލަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. އަދި ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އަލީ ފަވާޒް ޝަރީފްއެވެ.

މި އެއްބަސްވުމުގައި ވަނީ މައިގަނޑު ހަތް ކަމެއްގެ މައްޗަށް ބިނާކޮށް ސޮއިކޮށްފައެވެ. އެގޮތުން އިންޓަރ ލައިބްރަރީ ލޯނުގެ ހިދުމަތާއި ކިޔެވުމަށާއި ފިލާވަޅުތައް ހެދުމުގައި ދެ ޔުނިވަރސިޓީގެ ދަރިވަރުންނާއި މުވައްޒަފުންނަށް އެހީ ފޯރުކޮށްދިނުމާއި ދެ ޔުނިވަރސިޓީ ގުޅިގެން ރިސާރޗް ކުރުމާއި ގުޅޭ ވޯރކްޝޮޕްތަކާއި ކޮންފަރެންސްތައް ބޭއްވުމާއި ބައިވެރިވުމެވެ.

ދެ ޔުނިވަރސިޓީގެ އެކަޑެމިކް މުވައްޒަފުންގެ އަރޓިކަލްސްތަކާއި ޕޭޕަރުތައް ރިވިއު ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި އެކަޑެމިކް ޖަރނަލްސްތައް ތައްޔާރުކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި ދެ ޔުނިވަރސިޓީ ގުޅިގެން ރިސަރޗް ޕްރޮޖެކްޓްތައް ހިންގުމަށް އެއްބަސްވުމުގައި ވަނީ ހިމަނާފައެވެ.

މީގެ އިތުރުން އިދާރީ އަދި އެކަޑެމިކް މުވައްޒަފުންނަށް ހިންގޭ ޕްރޮފެޝަނަލް ޑިވޮލަޕްމަންޓް ޕްރޮގްރާމްތަކުގައި ބައިވެރިވުމާއި ދެ ޔުނިވަރސިޓީގައި ބާއްވާ ވޯރކްޝޮޕްތަކާއި ކޮންފަރެންސްތަކާއި ލެކްޗަރތަކުގައި އެކަޑެމިކް މުވައްޒަފުން ބައިވެރިވުމަށް އެއްބަސްވުމުގައި ހިމަނާފައި ވެއެވެ.

އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ދެ ޔުނިވަރސިޓީ އެއްކޮށް ގުޅިގެން ރަގަޅުވެ، ކުރިން ބޭނުން ކުރެވެން ނެތް ވަސީލަތްތައް ބޭނުން ކުރުމުގެ މަގު ފަހިވެގެންދާނެ  ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އަލީ ފަވާޒް ޝަރީފް ވިދާޅުވީ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ މަތީ ތައުލީމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.

  

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް