ކ. މާލެ
|
6 ނޮވެންބަރ 2017 | ހޯމަ 19:32
ސްޓޯކް އަށް ކުރިން ކުޅުނު ޓަކްސީރާ
ސްޓޯކް އަށް ކުރިން ކުޅުނު ޓަކްސީރާ
ގެޓީ އިމޭޖަސް
ޓަކްސީރާ މަރުވުން
ސްޓޯކްގެ ކުރީގެ ޑިފެންޑަރު ޓަކްސީރާ 25 އަހަރުގައި މަރުވެއްޖެ
ޓަކްސީރާ މަރުވީ ހާޓްއެޓޭކެއް ޖެހިގެން
ޓަކްސީރާ މަރުވީ ބްރެޒިލްގައި ހުއްޓާ

ސްޓޯކް ސިޓީގެ ކުރީގެ ޑިފެންޑަރު ޑިއޮނެޓަން ޓަކްސީރާ އުމުރުން 25 އަހަރުގައި ހާޓް އެޓޭކެއް ޖެހި މަރުވެއްޖެއެވެ.

ބްރެޒިލްގެ ޑިފެންޑަރު ޓަކްސީރާ މަރުވެފައި ވަނީ އޭނާގެ ރައްޓެހިންތަކަކާ އެކު އަމިއްލަ ގައުމުގައި ފުޓުބޯޅަ ކުޅެނިކޮށް ހާޓް އެޓޭކެއް ޖެހިގެން ކަމަށް ރިޕޯޓްތައް ބުނެއެވެ. އެހެންނަމަވެސް މަރުވީ ސީދާ ހާޓް އެޓޭކެއް ޖެހިގެންކަން ކަށަވަރެއް ނުވެއެވެ.

ސްޓޯކް ސިޓީން މި އަހަރުގެ ޖެނުއަރީ މަހު މޮލްޑޯވާގެ ޝެރިފް ޓްރިޕްސޮލް ބަދަލުވި ޓަކްސީރާގެ ކުއްލި މަރާއެކު ސްޓޯކްގެ ޗީފް އެގްޒެކެޓިވް ޓޯނީ ސްކޯލްސް އެ ކްލަބުގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ، ޓަކްސީރާއަކީ ސްޓޯކް ސްކޮޑުގައި ހިމެނިގެން ކުޅުނު ވަރަށް މަޝްހޫރު ކުޅުންތެރިއެއް ކަމަށާއި، އޭނާ ޒުވާން އުމުރުގައި ދުނިޔެ ދޫކުރުމަކީ ވަރަށް ހިތާމަކުރާ ކަމެއް ކަމަށެވެ.

ޝެރިފް އިން ނެރުނު ބަޔާނެއްގައި ބުނީ ޓަކްސީރާގެ ކުއްލި މަރާއެކު، ކްލަބްގެ ކުޅުންތެރިން އަދި ކްލަބްގެ އެންމެ އާދައިގެ ސްޓާފުން ފެށިގެން މެނޭޖްމަންޓް ލެވެލްގެ ހުރިހާ މުވައްޒަފުން ވެސް ތިބީ ޝޮކެއްގައި ކަމަށާއި، ޓަކްސީރާގެ އާއިލާ އަދި ރައްޓެހިންނަށް ހަމްދަރުދީވާ ކަމަށެވެ.

ސްލޮވާކިއާ ގައުމީ ޓީމަށް އަށް މެޗު ކުޅެފައިވާ ޓަކްސީރާ ވަނީ މި އަހަރު ޝެރިފް އަށް ބަދަލުވެ އެ ކްލަބަށް 10 މެޗު ކުޅެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް