ކ. މާލެ
|
5 ނޮވެންބަރ 2017 | އާދީއްތަ 19:23
ވިމެންސް ފުޓްބޯލް ޗެމްޕިއަންޝިޕް 2015 ވަނަ އަހަރު ހޯދި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް
ވިމެންސް ފުޓްބޯލް ޗެމްޕިއަންޝިޕް 2015 ވަނަ އަހަރު ހޯދި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް
އެފްއޭއެމް
ވިމެންސް ފުޓްބޯލް ލީގު
ވިމެންސް ފުޓްބޯލް ލީގު ޑިސެމްބަރު މަހަށް ފަސްކޮށްފި
މުބާރާތް ފަސްކޮށްފައިވަނީ ޑިސެމްބަރު އެއްވަނަ ދުވަހަށް

މި މަހުގެ 21 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ވިމެންސް ފުޓްބޯލް ލީގް އަންނަ ޑިސެމްބަރު މަހަށް ފަސްކޮށްފިއެވެ.

އެފްއޭއެމް އިން ނެރުނު ބަޔާނެއްގައި ބުނީ މި މަހު 21 ގައި ފެށުމަށް ހަމަޖެހިފައިވާ ވިމެންސް ފުޓްބޯލް ލީގު އަންނަ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހަށް ފަސްކޮށްފައިވާ ކަމަށެވެ.

އެފްއޭއެމް އިން ބުނީ މުބާރާތުގައި ބައިވެރިވުމަށް އެދޭ ސަރުކާރުގެ އޮފީސްތަކާއި، ސަރުކާރު އަދި އަމިއްލަ ފަރާތްތަކުގެ ކުންފުނިތަކާއި ކްލަބްތަކާއި އަދި ސްކޫލްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށް ފަހު، މި މަހު 12 ވަނަ ދުވަހުގެ މެންދުރު 14:30 ގެ ކުރިން އެ އެސޯސިއޭޝަނަށް ހުށަހަޅަންޖެހޭނެ ކަމަށެވެ.

މީގެއިތުރުން އެފްއޭއެމް އިން ބުނީ މުބާރާތުގައި ބައިވެރިވާ ޓީމް ލިސްޓް ފޯމް މި މަހުގެ 23 ވަނަ ދުވަހުގެ މެންދުރު 14:30 ގައި ހުށަހަޅަން ޖެހޭނެ ކަމަށާއި، މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް، އަދި މުބާރާތުގެ ގަވައިދު ރަސްމީ ބަންދު ފިޔަވައި ކޮންމެ ދުވަހެއްގެ، ހެނދުނު 09:30 އާއި މެންދުރު ފަހު 15:30 އާ ދެމެދު އެ އެސޯސިއޭޝަނުން ލިބެން ހުންނާނެ ކަމަށެވެ.

އެފްއޭއެމް އިން އަންނަނީ އަންހެން ފުޓުބޯޅަ ކުރިއެރުވުމަށް ތަފާތު ހަރަކާތްތައް ހިންގަމުންނެވެ. އެގޮތުން އެ އިދާރާއިން ވަނީ މިހާތަނަށް ރާވައިގެން އަންހެން ދެ މުބާރާތެއް ކުރިޔަށް ގެންގޮސްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް