ކ. މާލެ
|
5 ނޮވެންބަރ 2017 | އާދީއްތަ 14:04
ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒު އާއި އިތުރު މުވައްޒަފުން 500،000ރ ގެ ޖޫރިމަނާ ފައިސާ ހިފައިގެން ބްރޯޑްކޮމްއާ ހަވާލު ކުރުމަށް ދަނީ
ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒު އާއި އިތުރު މުވައްޒަފުން 500،000ރ ގެ ޖޫރިމަނާ ފައިސާ ހިފައިގެން ބްރޯޑްކޮމްއާ ހަވާލު ކުރުމަށް ދަނީ
މުހައްމަދު ޝަރުހާން
ރާއްޖެޓީވީގެ ޖޫރިމަނާ މައްސަލަ
ރާއްޖެޓީވީ އެއް މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރި މައްސަލައިގެ ލިޔެކިޔުންތައް ބަދަލުކޮށްފި
ރާއްޖެޓީވީ ޖޫރިމަނާ ކުރީ މި އަހަރުގެ އެޕްރީމް މަހުގެ 6 ވަނަ ދުވަހު
ދައުލަތުން ބޭނުންވީ ޝަރީއަތަށް ފޮނުވައިގެން ގޮތެއް ކަނޑައަޅަން
ރާއްޖެޓީވީ ތިން ފަހަރެއްގެ މަތިން 1.7 މިލިއަން ރުފިޔާ އިން ވަނީ ޖޫރިމަނާކޮށްފައި

ރައީސް އަބްދުﷲ ޔާމީންގެ އަބުރާ ބެހުނު ކޮންޓެންޓެއް ބްރޯޑްކާސްޓް ކުރި ކަމަށް ބުނެ ބްރޯޑްކާސްޓިންގ ކޮމިޝަނުން އަމިއްލައަށް އިސްނަގައިގެން ބެލި މައްސަލައެއްގައި އެއް މިލިއަން ރުފިޔާއިން ރާއްޖެޓީވީ ޖޫރިމަނާ ކުރި މައްސަލައިގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ބާއްވާ ލިޔެކިޔުންތައް ބަދަލުކޮށްފި އެވެ.

އާދިއްތަ ދުވަހު ސިވިލް ކޯޓުގައި ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ދެފަރާތުން ހުށަހަޅާ ލިޔެކިޔުންތައް ބަދަލުކުރުމަށް ފަހު، އަޑުއެހުން ނިންމާލިއިރު، ދެން ޝަރީއަތުގެ އަޑުއެހުމެއް ބޭއްވޭނެ ވަކި ދުވަހެއް ކަނޑައަޅާފައެއް ނުވެއެވެ.

މި މައްސަލަ ޝަރީއަތަށް ފޮނުވާފައިވަނީ ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގައި ދެ ފަރާތުން އެއްބަސްވުމަކަށް ނާދެވުމުން ނެވެ.

ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގައި މިދިޔަ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި އެމައްސަލަ ހުށަހެޅި ރާއްޖެޓީވީގެ ފަރާތުން ތަކުރާރުކޮށް ބުނެފައިވަނީ ރާއްޖެޓީވީ ޖޫރިމަނާ ކުރަމުންދަނީ އަދި އެއް މިލިއަން ރުފިޔާއިން ރާއްޖެޓީވީ ޖުރިމަނާކުރި މިމައްސަލާގައި ވެސް ބްރޯޑްކާޓިންގ ކޮމިޝަނުން އަމަލު ކޮށްފައިވަނީ ގާނޫނާއި ގަވާއިދާއި އަދި އުސޫލްތަކާއި ހިލާފަށް ކަމަށެވެ. އެހެންކަމުން މިމައްސަލާގައި ދެ ފަރާތުން ވާހަކަ ދައްކައިގެން  ހައްލު ކުރުމަށް އެދޭ ކަމަށް ރާއްޖެޓީވީން ވަނީ ހުށަހަޅާފައެވެ. 

ނަމަވެސް މިމައްސަލާގައި ދައުލަތުން ބޭނުންވީ ޝަރީއަތަށް ފޮނުވައިގެން ގޮތެއް ނިންމުމަށެވެ. މިމައްސަލައިގައި ދައުލަތުގެ ފަރާތުން ބަންޑާރަ ނައިބުގެ އޮފީހުގެ ގާނޫނީ ވަކީލުގެ އިތުރުން ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ގާނޫނީ ވަކީލު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އެއްމިލިޔަން ރުފިޔާ އިން ރާއްޖެޓީވީ ޖޫރިމަނާ ކުރި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައި މި ވަނީ ޖޫރިމަނާގެ ފައިސާ މިއަހަރުގެ މޭ މަހުގެ 4 ވަނަ ދުވަހު ބްރޯޑްކާސްޓިން ކޮމިޝަނަށް ދެއްކުމަށް ފަހުއެވެ. 

ރާއްޖެޓީވީގެ ގާނޫނީ ވަކީލް މުހައްމަދު ނިޝާން ވިދާޅުވި ގޮތުގައި މައްސަލާގައި އެދިފައި ވަނީ ބްރޯޓްކާސްޓިން ކޮމިޝަނުން ރާއްޖެޓީވީ ޖޫރިމަނާ ކުރިކުރުން ބާތިލްކޮށް އެ ފައިސާ އަނބުރާ ރާއްޖެޓީވީ އަށް ދިނުމަށް ބްރޯޑްކޮމްގެ މައްޗަށް ހުކުމް ކުރުމަށް ކަމަށެވެ. 

ރައީސް ޔާމީންގެ އަބުރާ ބެހުނު ކޮންޓެންޓެއް ބްރޯޑްކާސްޓް ކުރި ކަމަށް ބުނެ އެއް މިލިއަން ރުފިޔާއިން ރާއްޖެޓީވީ ޖޫރިމަނާ ކޮށްފައި ވަނީ އެޕްރީލް މަހުގެ 6 ވަނަ ދުވަހުއެވެ.  އެއް މިލިއަން ރުފިޔާއިން ރާއްޖެޓީވީ ޖޫރިމަނާ ކުރީ، އޭގެ ކުރިން ކޮށްފައިވާ ދެ ލައްކަ ރުފިޔާގެ ޖޫރިމަނާ ފައިސާ ރާއްޖެޓީވީން ދެއްކި ދުވަހުއެވެ. އަދި އެ މައްސަލަ ވެސް ރާއްޖެޓީވީގެ ފަރާތުން ވަނީ ސިވިލް ކޯޓަށް ހުށަހަޅާފައެވެ. 

އެ ދެ ޖޫރިމަނާއަށް ފަހު މިދިއަ އޮކްޓޯބަރު މަހުގެ ތެރޭގައި ރާއްޖެޓީވީ 500،000ރ އިން ވެސް ޖޫރިމަނާ ކޮށްފައި ވެއެވެ. 

އެއް މިލިއަން ރުފިޔާއިން ރާއްޖެޓީވީ ޖޫރިމަނާކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު 26 ވަނަ ދުވަހު ބޭއްވި އިދިކޮޅު އިއްތިހާދުގެ ހަރުގެ ޖަލްސާގައި، ރައީސް ޔާމީންގެ އަބުރު ގެއްލޭ ފަދަ ގޮތަކަށް ވާހަކަ ދައްކާފައިވާ ކޮންޓެންޓެއް ބްރޯޑްކާސްޓް ކޮށްފައިވާ ކަމަށް ބުނެ، އެ ކޮމިޝަނުގެ މެންބަރަކު އަމިއްލައަށް ހުށަހެޅި މައްސަލައެއް، އަމިއްލައަށް ބަލައި ނިންމުމަށް ފަހު އެވެ. އެ ޖަލްސާގައި ރައީސް އަބްދުﷲ ޔާމީނާ ގުޅޭ ގޮތުން ދެއްކެވި ވާހަކަ ވެސް ބްރޯޑްކާސްޓިން ކޮމިޝަނުން މައްސަލަ ނިންމި ގޮތުގެ ރިޕޯޓްގައި ހިމަނާފައި ވެއެވެ. 

"މިއަދުވެސް ތިޔަ ބޭފުޅުން ބައްލަވާ އެއްވެސް މަޝްރޫއެއް އަބްދުﷲ ޔާމީން ފަށައިގެން ކުރިއަށް ގެންދިޔަ މަޝްރޫއެއް ނޯންނާނެ ކޮތަރު ޕާކު ކަހަލަ މިކަހަލަ ކުދި ކުދި ޕާކުތައް ނޫނިއްޔާ ނިމިފަ" މިހެން ބުނެފައިވާ ބުނުމާއި، "މީނަ މުޑި ޖަހައިގެން ކޮޅަށްޖަހާފައި ހުރި އެއްވެސް ތަނެއް އެއްވެސް ފްލެޓެއް އެއްވެސް ބަނދަރެއް އެއްވެސް އެއާޕޯޓެއް ނޯންނާނޭ" ބުނެފައިވާ ބުނުމާއި، "ތިން އަހަރަށް ވުރެ ގިނަ ދުވަސްވީ ކިތައް ބިލިއަން ރުފިޔާއެއްތޯ ދިވެހި ދައުލަތުގެ ބައިތުލްމާލުން އޭނާއަށް ހަވާލުކުރީ، ވީކަމެއް ނެތް" ބުނި ބުނުމާއި "އަޅުގަނޑުމެންނަށް ޔަގީންވި ހުރިހާކަމެއްގެ ތެރޭގައި ވައްކަން ކުރުމާއި ފަސާދައާ އަނިޔާ، މިނޫން އިތުރު އެއްޗެއް ރައްޔިތުންނަށް ދިނީކީއެއް ނޫން" އޭ ބުނެފައިވާ ބުނުން ބްރޯޑްކާސްޓް ކޮށްފައި ވަނީ އަބުރުގެ ގާނޫނާ ޚިލާފަށް ކަމަށް ބްރޯޑްކޮމް އިން ނިންމާފައި ވެއެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން ބުނީ ރާއްޖެޓީވީން އެ ކޮންޓެންޓް ބްރޯޑްކާސްޓް ކުރުމުގެ ސަބަބުން ދިވެހިރާއްޖޭގެ ވަލިއްޔުލްއަމްރުގެ ގާނޫނީ ޒިންމާއަށް ނުވަތަ މަސްއޫލިއްޔަތާ މެދު ފާޅުކަން ބޮޑު ގޮތެއްގައި އާންމުންގެ ހިތްތަކުގައި ޝައްކު އުފައްދައި އެމަނިކުފާނުގެ އިއްޒަތާއި ކަރާމާތަށް ގެއްލުން ލިބިދޭ ކަމަށް ސާބިތުވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް