ކ. މާލެ
|
4 ނޮވެންބަރ 2017 | ހޮނިހިރު 18:24
މުސާރައިގެ ގޮތުގައި 30990ރ. ކަނޑައަޅާފައިވާއިރު ސާވިސް އެލަވަންސްގެ ގޮތުގައި 10200 ރުފިޔާ އަދި އިތުރު އިނާޔަތްތައް ލިބޭނެ
މުސާރައިގެ ގޮތުގައި 30990ރ. ކަނޑައަޅާފައިވާއިރު ސާވިސް އެލަވަންސްގެ ގޮތުގައި 10200 ރުފިޔާ އަދި އިތުރު އިނާޔަތްތައް ލިބޭނެ
ރާއްޖެއެމްވީ
ޑޮކްޓަރުން ހޯދުން
ބޮޑު މުސާރައާ އެކު 160 ސްޕެޝަލިސްޓް ޑޮކްޓަރުން ހޯދުމަށް އިއުލާނުކޮށްފި
13 މަގާމަކަށް ޑޮކްޓަރުން ހޯދުމަށް އިއުލާނުކޮށްފައިވޭ

މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިނގަމުންދާ ހޮސްޕިޓަލްތަކާއި މަރުކަޒުތަކުގައި މަސައްކަތްކުރުމަށް 160 ސްޕެޝަލިސްޓް ޑޮކްޓަރުން ހޯދުމަށް އިއުލާނުކޮށްފިއެވެ.

އެ މިނިސްޓްރީން މިމަހުގެ ދެވަނަ ދުވަހު ވަނީ 13 މަގާމަކަށް ޑޮކްޓަރުން ހޯދުމަށް އިއުލާނުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ކޮންސަލްޓަންޓް އިން މެޑިސިން، އެނެސްތީސިއޮލޮޖީ، އޯތޯޕީޑިކްސް، އެނެސްތީސިއޮލޮޖީ، ސަރޖަރީ އަދި ޕީޑިއެޓްރިކްސްއެވެ. އޭގެ އިތުރުން ޑާމެޓޮލޮޖީ، އޮބްސްޓެޓްރިކްސް އެންޑް ގައިނަކޮލޮޖީ، ސައިކޭޓްރީ، އީ.އެން.ޓީ، ރޭޑިއޮލޮޖީ، ނެފްރޮލޮޖީ އަދި އޮފްތަލްމޮލޮޖިސްޓެވެހެލްތު މިނިސްޓްރީން ބުނި ގޮތުގައި އެއީ ދާއިމީ ވަޒީފާތަކެކެވެ.

މުސާރައިގެ ގޮތުގައި 30990 ރުފިޔާ ކަނޑައަޅާފައިވާއިރު ސާވިސް އެލަވަންސްގެ ގޮތުގައި 10200 ރުފިޔާ އަދި އިތުރު އިނާޔަތްތައް ލިބޭނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

އޭގެ ތެރޭގައި ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އަދި މަޤާމަށް ކަނޑައެޅިފައިވާ ޢިނާޔަތްތައް ހިމެނޭ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.

މަގާމަށް ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން ވަޒީފާއަށް އެދި ހުށަހަޅަން ޖެހޭ ލިޔުންތަކާ އެކު މިމަހުގެ 14 ވަނަ ދުވަހުގެ 13:30 ގެ ކުރިން ވަޒީފާއަށް އެދޭ ހޮސްޕިޓަލް ނުވަތަ މަރުކަޒަށް ހުށަހަޅަން ޖެހެއެވެ.

ހެލްތު މިނިސްޓްރީން ކުރި އިއުލާނާ އެކު ވަނީ ޑޮކްޓަރުން ބޭނުންވާ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގެ ލިސްޓެއް އާންމުކޮށްފައެވެ.

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް