ކ. މާލެ
|
4 ނޮވެންބަރ 2017 | ހޮނިހިރު 14:15
މަންދު ކޮލެޖުގެ ޗެއަރމަން އިބްރާހިމް އިސްލާއިލް
މަންދު ކޮލެޖުގެ ޗެއަރމަން އިބްރާހިމް އިސްލާއިލް
ފާތިމަތު ޝަނާ މުހައްމަދު
އޮންލައިންކޮށް ކިޔެވުމުގެ ފުރު
އޮންލައިންކޮށް ކްލާސްތައް ކުރިއަށް ގެންދިއުން: މިފަހަރު އޯ ލެވެލް އަދި އޭ ލެވެލް ކުދިންނަށް
ކްލާސްތައް ގްރޫޕްކޮށްވެސް ގެންދެވޭނެ
އެއް މާއްދާ ކިޔަވާނަމަ 700ރ. ދައްކަންޖެހޭ
ރަޖިސްޓަރ ވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި

އޯ ލެވެލް އަދި އޭ ލެވެލް ކުދިންނަށް ހާއްސަކޮށްގެން 'ވާޗުއަލް ލާނިންގ ސަޕޯޓް" ގެ ނަމުގައި އޮންލައިންކޮށް ކިޔަވައި ދިނުމުގެ ފުރުސަތު މާލޭ ހައި އިންޓަރނޭޝަނަލް އިން ހުޅުވާލައިފި އެވެ.

މިކަމާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން މަންދު ކޮލެޖުގެ ޗެއަރމަން އިބްރާހިމް އިސްމާއިލް (އިބުރާ) ވިދާޅުވީ، މާލޭ ހައި އިންޓަރނޭޝަނަލްގެ ތެރެއިން އަނެއްކާވެސް އޯ ލެވެލް އަދި އޭ ލެވެލް ކުދިންނަށް ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. ވާޗުއަލްކޮށް ހިންގާ މި ކްލާސްތަކަކީ ވަރަށް އިންޓަރެކްޓިވްކޮށް، ކްލާސްނަގާދޭ ޓީޗަރާ ކުދިންނަށް ވަގުތުން ސުވާލު ވެސް ކުރެވޭނެ ގޮތަށް އެކުލަވާލާފައިވާ ވިއުގަ އެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އިބްރާހިމް އިސްމާއިލް ވިދާޅުވީ، މާލޭގެ ހާލަތު އޮތް ގޮތުން، ގެއިން ބޭރަށް ނުކުމެއްޖެ ނަމަ، އެއްވެސް މީހަކަށް ސަލާމަތުން  އަނބުރާ އާދެވޭނެ ކަމުގެ ޔަގީންކަން ނޯންނަ އިރު މި ހުޅުވާލި ފުރުސަތުގެ ތެރެއިން ގޭގައި ތިބެގެން ކުދިންނަށް ކިޔަވާއިދިނުމަށް ބެލެނިވެރިންނަށް މަގުފަހިވާނެ ކަމަށެވެ.

އޮންލައިން ޕްލެޓްފޯމެއްގައި ކިޔަވާއިރު އަމިއްލަ ރަށުގައި އަމިއްލަ ގޭގައި ތިބެގެން އެންމެ މޮޅު އަދި އެންމެ ފެންވަރު ރަގަޅު ޓީޗަރުންގެ އެހީތެރިކަން ލިބޭނެ ކަމަށް އިބުރާ ވިދާޅުވި އެވެ. ކްލާސް ގަޑިތަކުގެ އިތުރަށް ކުދިންނަށް ގްރޫޕް މަސައްކަތް ކުރަން ގަޑިތައް ހަމަޖެހިގެންދާނެ ކަމަށް އެނާ ވިދާޅުވި އެވެ.

 މި ކްލާސްތަކުގައި ބައިވެރިވެވެނީ އެއް މާއްދާ ނަމަ، 700ރ.، ދެ މާއްދާ ނަމަ 1200ރ.، ތިން މާއްދާ ނަމަ 1700ރ. އަދި 6 މާއްދާ ނަމަ 3300ރ. ދައްކައިގެންނެވެ.

 އިބުރާ ވަނީ ގައުމީ ފެންވަރެއްގައި އޯ ލެވެލް އަދި އޭ ލެވެލް ނަތީޖާ ފާހަގަކުރަން ޖެހޭނީ ތައުލީމު ހާސިލު ކުރާ ހުރިހާ ކުދިންގެ ތެރެއިން އެންމެ ގިނައަދަދެއްގެ ކުދިން ފާސްވާ މިންވަރު ބަލައިގެން ކަން ފާހަގަކުރައްވައި، މާލޭ ހައި އިންޓަރނޭޝަނަލް އިން ހުޅުވާލި މި ވާޗުއަލް ޕްލެޓްފޯމްގެ ތެރެއިން ކުދިންނަށް ތައުލީމު ހޯދުމަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެ ކަަމަށް ވިދާޅުވެފައެވެ. އަދި ރާއްޖޭގެ ތައުލީމީ ނިޒާމަށް ވެސް މިކަމުގެ ރަގަޅު ބަދަލުތައް ފެނިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހާއްސަކޮށް މާލެ ނޫން އަތޮޅު ތެރޭގައި އޯ ލެވެލް އޭ ލެވްލް ކިޔަވަމުންދާ ކުދިންނަށް، ސްކޫލުގައި ކިޔަވައި ދިނުމުގެ އިތުރަށް އެހީއެއް ބޭނުންވާ ހާލަތެއްގައި އެހީ ހޯދާނެ އިތުރު ގޮތްތަކެއް ނުހުރޭ. އެހެންވީމާ މިކަން ކަމަށް ވިސްނާ އަޅުގަނޑުމެން ދެތިން އަހަރެއް ވެއްޖެ މަސައްކަތްތަކެއް ކުރަމުންދާތާ،" އިބުރާ ވިދާޅުވި އެވެ.

 މާލޭ ހައި އިންޓަރނޭޝަނަލް އިން ކުރިއަށްގެންދާ އޮންލައިން ކްލާސްތަކާ ގުޅޭ މައުލޫމާތުތައް ސާފު ކުރުމުގެ ފުރުސަތާއި ރަޖިސްޓަރ ވުމުގެ ފުރުސަތު މިއަދު ހެނދުނުން ފެށިގެން ހަވީރު 06:00 އަށް ސްޓެލްކޯގެ ފަސް ވަނަ ފަންގިފިލާގައި ކުރިއަށްދާނެ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް