ކ. މާލެ
|
4 ނޮވެންބަރ 2017 | ހޮނިހިރު 12:57
ބަންގަލަދޭޝްގެ މަގެއް
ބަންގަލަދޭޝްގެ މަގެއް
ރޮއިޓަރސް
ބަނގްލަދޭޝްގައި މަރުވި ފަތުހީ
ބަނގްލަދޭޝްގައި މަރުވި ފަތުހީގެ ހަށިގަނޑު މާލެ ގެނެސްފި
އޭނާ ބަނގްލަދޭޝްއަށް ދިޔައީ އެ ގައުމުގެ މީހަކާ އިންނަން
ކައިވެނީގެ ރަނަށް 149،000ރ (800،000 ޓާކާ) ހިފައިގެން ދިޔައީ
ގޭސްޓްރިކާއި ހަކުރު ބަލި ފިޔަވައި އެހެން ބައްޔެއް ފަތުހީގެ ނުހުރޭ

ބަންގްލަދޭޝް މީހަކާ ކައިވެނިކުރަން އެ ގައުމަށް ގޮސް އުޅެނިކޮށް މިދިޔަ އަންގާރަ ދުވަހު މަރުވި ސ. މަރަދޫފޭދޫ އަބްދުﷲ ފަތުހީ (65އ)ގެ ހަށިގަނޑު  މާލެ ގެނެސްފި އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ހުކުރު ދުވަހުގެ ރޭ ކޮށްފައިވާ ޓްވީޓެއްގައި ވަނީ ފަތުހީގެ އާއިލާއިން އެދިގެން ފަތުހީގެ ހަށިގަނޑު މާލެ ގެނެސްފައިވާ ކަމަށެވެ. ފަތުހީގެ އާއިލާއަށް ތައުޒިޔާ ކިޔުމާ އެކު ފަތުހީގެ ހަށިގަނޑު މާލެ ގެނައުމުގައި އެހީތެރިވި ފަރާތްތަކަށް މިނިިސްޓްރީން ވަނީ ޝުކުރު އަދާކޮށްފައެވެ.

 

ފަތުހީގެ މަރާ މެދު ޝައްކުތަކެއް ހުރި ނަމަވެސް ކަމާބެހޭ އެއްވެސް ފަރާތަކުން ފަތުހީ މަރާމެދު ވަކިއެއްޗެއް ހާމައެއް ނުކުރެއެވެ. އަދި މި މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ.

އާއިލާގެ ބައެއް މީހުން ބުނާ ގޮތުން އޭނާ ބަންގްލަދޭޝްއަށް ދިޔައީ އެ ގައުމުން މީހަކާ އިނުމަށެވެ. ގޭސްޓްރިކާއި ހަކުރު ބަލި ފިޔަވައި އެހެން ބައްޔެއްފަތުހީގެ ނުހުންނާނެ ކަމަށް ބުނެ އާއިލާއިން ބުނަމުން ދަނީ ފަތުހީ ކުއްލިއަކަށް މަރުވުމުން އެކަމާ ޝައްކު ކުރާނެ ފުރުސަތު އެބަ އޮތް ކަމަށެވެ.

އާއިލާއިން ބުނަމުން ދަނި ފަތުހީ ބަނގްލަދޭޝްއަށް މީހަކާ އިނުމަށް ދިޔައީ 149،000ރ  (800،000  ޓާކާ) ހިފައިގެންނެވެ. އެ ފައިސާއަކީ އަންހެންމީހާގެ ކައިވެންޏަށްކީ ރަން ކަމަށް ވެސް އާއިލާއިން ބުނެއެވެ. އަދި ފަތުހީ ބަނގްލަދޭޝްއަށް ދިޔައީ އޭނާ ދިރިއުޅޭ ގެ މޯގޭޖްކޮށް، އެއް ލައްކަ ރުފިޔާގެ ލޯނެއް ވެސް ނަގައިގެން ކަމަށްވެސް އާއިލާއިން ބުނެއެވެ.

ފަތުހީ މަރުވުމުގެ ކުރިން ފަސް މީހުންނާ ކައިވެނިކޮށް، އެކި ބަނޑަށް 11 ދަރިން ތިބެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް