ކ. ގުރައިދޫ ކައިރީގައި އޮތް ޑައިވިންގ ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
އެމްއެންޑީއެފުން ބުނީ އެ ދޯނީގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ ރިޕޯޓް ލިބިފައިވަނީ ހޮނިހިރު ދުވަހު 10:00 ޖަހާއެހާކަން ހާއިރު ކަމަށާއި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު އިން އެސަރަހައްދުގައި ހަރަކާތްތެރިވަނުންދާ ކަަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.
 
 އެމްއެންޑީއެފުން ބުނީ އަލިފާން ނިއްވާ ފޯމް ބޭނުންކޮށްގެން އަލިފާންގަނޑު މިހާރު ވަނީ ކޮށްޓްރޯލްކޮށްފައި ކަމަށެވެ.
މި އަލިފާނުގެ ހާދިސާއާ ގުޅިގެން ދޯނި އެއްކޮށް ކަހަލަ ގޮތަށް ވަނީ އަނދާހުލިވެފަ އެވެ.
އެމްއެންޑިއެފުން ބުނީ މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށެވެ.
 
 
 
                             
                        
                
    
 
                     
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
