ކ. މާލެ
|
4 ނޮވެންބަރ 2017 | ހޮނިހިރު 10:25
ނަވާޒް ޝަރީފްއާ އާއިލާގެ ބައެއް މެމްބަރުންގެ މައްޗަށް ދައުވާ ކުރަނީ ލަންޑަނުން ބައްލަވައިގެންފައިވާ ޕްރޮޕަޓީތަކާ ގުޅިގެން
ނަވާޒް ޝަރީފްއާ އާއިލާގެ ބައެއް މެމްބަރުންގެ މައްޗަށް ދައުވާ ކުރަނީ ލަންޑަނުން ބައްލަވައިގެންފައިވާ ޕްރޮޕަޓީތަކާ ގުޅިގެން
އަހުމަދު އަނޫޝު
ނަވާޒް ޝަރީފްގެ ކޮރަޕްޝަން
ނަވާޒް ޝަރީފްގެ މައްޗަށް ކުރެވޭ ކޮރަޕްޝަނުގެ ދެ ދައުވާގެ އަޑުއެހުންތައް ނޮވެމްބަރު މަހުގެ 7 އާ ޖެހެންދެން މެދުކަނޑާލައިފި
ނަވާޒް ޝަރީފްއާ އާއިލާގެ ބައެއް މެމްބަރުންގެ މައްޗަށް ދައުވާ ކުރަނީ ލަންޑަނުން ބައްލަވައިގެންފައިވާ ޕްރޮޕަޓީތަކާ ގުޅިގެން
މީގެ އިތުރުން ކޯޓުންވަނީ ނަވާޒް ޝަރީފްގެ އާއިލާއިން ގޮތްނޭނގޭ ތަނަވަސްކަމެއް ހޯދާފައިވާ މައްސަލައިގައި ތަހުގީގު ހިންގައި ދައުވާކުރުމަށް ނޭޝަނަލް އެކައުންޓަބިލިޓީ ބިއުރޯއަށް އަންގާފަ
ނަވާޒް ޝަރީފްއާޢި އާއިލާން ގެންދަވަނީ މި ތުހުމަތުތަކަށް އިންކާރު ކުރައްވަމުން

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ މައްޗަށް ކުރެވޭ ކޮރަޕްޝަނުގެ ތުހުމަތުގައި ހިންގާ ދެ ދައުވާގެ އަޑުއެހުންތައް ނޮވެމްބަރު މަހުގެ 7 އާ ޖެހެންދެން މެދުކަނޑާލައިފިއެވެ.

ނަވާޒް ޝަރީފްއާ އާއިލާގެ ބައެއް މެމްބަރުންގެ މައްޗަށް ދައުވާ ކުރަނީ ލަންޑަނުން ބައްލަވައިގެންފައިވާ ޕްރޮޕަޓީތަކާ ގުޅިގެންނެވެ.

ނަވާޒް އަދި އާއިލާގެ މެމްބަރުން ވެސް ބުނަމުންދަނީ އެއީ ސިޔާސީ ދައުވާތަކެއް ކަމަށާއި އެއްވެސް ކަމެއް ގޯހުން ކުރައްވާފައި ނުވާނެ ކަމަށެވެ.

އުމުރުފުޅުން 67 އަހަރު ފުޅުގެ ނަވާޒް ޝަރީފް ޖުލައިމަހުގެ ތެރޭގައި މަގާމުން އިސްތިއުފާ ދެއްވާފައިވަނީ އެ މަނިކުފާނުގެ މިލްކިއްޔާތުގައި ހިމެނޭ ތަކެތި ހޯދި ގޮތް ތަހުގީގަށް ބުނެދެވިފައި ނުވާތީ މަގާމުގެ ޝަރުތުތައް ގެއްލިފައިފައިވާ ކަމަށް ސުޕްރީމް ކޯޓުން ނިންމުމާ ގުޅިގެންނެވެ.

މީގެ އިތުރުން ކޯޓުންވަނީ ނަވާޒް ޝަރީފްގެ އާއިލާއިން ގޮތްނޭނގޭ ތަނަވަސްކަމެއް ހޯދާފައިވާ މައްސަލައިގައި ތަހުގީގު ހިންގައި ދައުވާ ކުރުމަށް ނޭޝަނަލް އެކައުންޓަބިލިޓީ ބިއުރޯއަށް އަންގާފައެވެ.

ލަންޑަންގައި އުޅުއްވުމަށް ފަހު ބުރާސްފަތި ދުވަހު ގައުމަށް ވަޑައިގެންނެވިއިރު ޝަރީއަތަށް ފިއްލަވާ ކަމުގެ ތުހުމަތުތައް ވަނީ ކުރެވިފައެވެ. އަނބިކަނބަލުން ކެންސަރުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަން ފެއްޓެވީއްސުރެ ނަވާޒް އުޅުއްވަމުން ގެންދަވަނީ ލަންޑަންގައެވެ.

ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފާއި ދަރިކަނބަލުން މަރިޔަމް ނަވާޒް ޝަރިފާއި އަދި ދަނބިދަރިކަލުން ހުކުރު ދުވަހު ހެނދުނު ވަނީ އިސްލާމް އާބާދުގެ އެކައުންޓަބިލިޓީ ކޯޓަށް ހާޒިރުވެވަޑައިގެންފައެވެ.

މަޝްހޫރު ޕެނަމާ ޕޭޕަރުތަކުގެ ޒައީއާއިން ލީކުވެފައިވާ މައުލޫމާތުގައި ނަވާޒް ޝަރީފްގެ ބޭފުޅުންވަނީ އޮފްޝޯ ކުންފުންޏެއް ރަޖިސްޓަރީކޮށް މާލީ ބޮޑެތި ފައިދާތަކެއް ހޯއްދަވާފައެވެ.

ނަވާޒް ޝަރީފްއާއި އާއިލާން ގެންދަވަނީ މި ތުހުމަތުތަކަށް އިންކާރު ކުރައްވަމުންނެވެ.

ނަވާޒް ޝަރީފްގެ ބޭފުޅުން ބައްލަވައިގެންފައިވާ ހަރުމުދަލާއި  އޮފްޝޯ ކުންފުނިތަކުގެ ވާހަކަ އެ އާއިލާގެ މާލީ ބަޔާނުގައި ނެތްކަން ހާމަކޮށްފައިވަނީ ޕެނެމާ ޕޭޕަރުގައެވެ.

ބޭރު ގައުމުތަކުން ހަރުމުދާ ބައްލަވައިގަތުމުގެ ވަސީލަތަކީ އެ ކުންފުނިތައް ކަމަށް ތުހުމަތު ކުރެވިފައިވާއިރު ލަންޑަންގެ މޭފެއަރ ސަރަހައްދުން ޕާކް ލޭން އިން ގަނެފައިވާ އެޕާޓްމަންޓް ތައްވެސް ހިމެއެވެ.

ޕެނަމާ ޕޭޕަރުތަކުގެ އިތުރުން މަރްޔަމް ނަވާޒް ޝަރީފް ވަނީ އެއީ އެކަމަނާގެ ބޭބޭފުޅުގެ ތަނެއް ކަމަށާއި އެކަމަނާއަކީ އެތަނުގެ ޕަވަރ އޮފް އެޓަރނީ އޮންނަ ފަރާތްކަމަށް ވިދާޅުވެފައެވެ.

އެ ވާހަކަ ސާބިތުކޮށްދިނުމަށް މަރްޔަމް ވަނީ އޭނާއާއި އޭނާގެ ބޭބެ 2006 ވަނަ އަހަރުގެ ތަރީޚެއްގައި ސޮއިކުރައްވާފައިވާ ކަމަށް ދައްކުވައިދޭ އެއްބަސްވުމެއް ތައްޔާރު ކުރައްވާފައެވެ. ނަމަވެސް އިނގިރޭސި ވިލާތުގެ ފޮރެންސިކް ތަޖުރިބާކާރުންވަނީ އެއީ އޮޅުވާލާފައިވާ ނުވަތަ "ފޭކް" ޑޮކިއުމެންޓެއްކަމަށް ބުނެފައެވެ. އެ ޑޮކިއުމެންޓް ތައްޔާރުކޮށްފައިވަނީ ކެލިބްރީ ފޮންޓުން ކަމަށްވާއިރު އެ ފޮންޓް ބޭނުންކުރަން ފަށާފައިވަނީ 2007 ވަނަ އަހަރުއެވެ.

ނަވާޒް ޝަރީފްވަނީ ނޮވެމްބަރ 1990 ން ޖުލައި 1993 އަށް އަދި ފެބްރުއަރީ 1997 އޮކްޓޯބަރ 1999 ގައި ލޭއޮހޮރުވުމެއް ނެތް ބަޣާވާތަކުން ވެރިކަން ވައްޓާލުމާ ހަމައަށް ބޮޑުވަޒީރުކަން ކުރައްވާފައެވެ. އަދި 2013 ވަނަ އަހަރުން ފެށިގެން މި އަހަރުގެ ޖުލައިމަހާ ހަމައަށް މަގާމު ފުރުއްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް