ކ. މާލެ
|
3 ނޮވެންބަރ 2017 | ހުކުރު 19:34
މިރޭވެސް ވިއްސާރަކުރާނެ
މިރޭވެސް ވިއްސާރަކުރާނެ
އަޝްވާ ފަހީމް
ރާާއްޖޭގެ މޫސުން
މިރޭވެސް ވިއްސާރަކުރާނެ: މެޓް އޮފީސް
ދެކުނުގެ އަތޮޅުތަކުގައި ރޭ ފަތިހުއްސުރެ ވަނީ އެލަރޓް ނެރެފައި

މިއަދު މެންދުރުފަހު ޔެލޯ އެލަރޓް ނެރުމަށްފަހު މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް އަނެއްކާވެސް ވައިޓް އެލަރޓް ނެރެފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން މިއަދު އެލަރޓަކަށްފަހު އެލާޓެއް މެދު ރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ނެރެމުންދާއިރު، މިއަދު ހަވީރު ނެރުނު ވައިޓް އެލަރޓްގެ ވަގުތު ހަމަވާނީ މިރޭ 10:30ގައެވެ.

މެޓް އޮފީހުން ބުނީ ދެކުނުގެ އަތޮޅުތަކާއި މެދުރާއްޖެތެރެއަށް ގުގުރުމާއިއެކު ބޯކޮށް ވާރޭވެހި ވިއްސާރަކުރާނެކަމަށް ލަފާކުރެވޭކަމަށެވެ އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ބުނެއެވެ. މެޓް އޮފީހުން މިއަދު މެންދުރުފަހު ހަމައެސަރަހައްދުތަކަށް ޔެލޯ އެލާޓްވެސް ނެރުނެވެ.

ދެކުނާއި މެދުރާއްޖެތެރެއަށް އެލާޓް ނެރުނަސް، އެހެން ހިސާބުތަކަށްވެސް ގުގުރުމާއެކު ވިއްސާރަކުރާނެކަމަށް މެޓް އޮފީހުން ބުނެއެވެ.

ވިއްސާރަވުމުގެ ސަބަބުން ދެކުނުގެ އަތޮޅުތަކުގައި ރޭ ފަތިހުއްސުރެ ވަނީ އެލަރޓް ނެރެފައެވެ. މެޓް އޮފީހުން ވަނީ މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކުގައި މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
4 ނޮވެންބަރ 2017 | ހޮނިހިރު 00:39
iqzer0
މެޓް އޮފީހުން ތިހެން ބުނި ކަމަށް ވާނަމަ މިރޭ އެއްގޮތަކަށް ވެސް ވިއްސާރައެއް ނުވާނެ!