ޑޯގް ސްކޮޑް ނުވަތަ ފާރަގެމަ ބޭނުންކޮށްގެން ފުލުހުން ވިލިމާލޭގައި ޚާއްސަ އޮޕަރޭޝަނެއް ހިންގަމުން އެބަދެއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ފުލުހުން ބުނީ ކުއްތާ ބޭނުންކޮށްގެން ވިލިމާލޭގައި ޚާއްސަ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ. އަދި މި ވަގުތު އިތުރު މައުލޫމާތު ދެވެން ނެތް ކަމަށް ފުލުހުން ބުންޏެވެ.
މަސްތުވާތަކެތި ހޯދުމާއި ތަންތަން ބަލާ ފާސްކުރުމަށް ދޭތެރެ ދޭތެރެއިން ފުލުހުން ކުއްތާ ބޭނުންކުރަމުންދެއެވެ. އަދި އެ އޮޕަރޭޝަންތަކުގައި މަސްތުވާތަކެތި ހޯދާފައި ވެސް ވެއެވެ.
ވިލިމާލޭގައި ހިންގަނީ ކޮން ކަހަލަ އޮޕަރޭޝަނެއް ކަމެއް ފުލުހުން ނުބުނެއެވެ.
 
                             
                        
                
    
 
                     
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
