ކ. މާލެ
|
2 ނޮވެންބަރ 2017 | ބުރާސްފަތި 12:11
އެމްޑީޕީގެ ލީޑަރޝިޕް ޓީމް، ހއ. ކެލާގައި
އެމްޑީޕީގެ ލީޑަރޝިޕް ޓީމް، ހއ. ކެލާގައި
އަބުދުﷲ ނަސީރު އިބްރާހިމް
އެމްޑީޕީ
އެމްޑީޕީގެ ޓީމް ހއ ކެލާގައި، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއެހުމަށް ދޮރުން ދޮރަށް
ކެލާއިން އެމްޑީޕީގެ ޓީމަށް ވަނީ ހޫނު މަރުހަބާއެއް ކިޔައިފަ
އެމްޑީޕީގެ ޓީމުން ވަނީ ރައްޔިތުންނާއި ބައްދަލުކޮށް، ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކުގެ މައުލޫމާތު ހޯދަވާފައި
ޓީމްދެން ދިއުމަށް ހަމަޖެހިފައިވަނީ ހއ. ދިއްދޫއަށް

އެމްޑީޕީގެ ލީޑަރުޝިޕްގެ ޓީމް ހއ. ކެލާގައި ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއެހުމަށް  ދޮރުން ދޮރަށް ހިނގައިފި އެވެ. 

 

އެމްޑީޕީގެ ލީޑަރޝިޕްގެ ޓީމް ހއ. ކެލައަށް ގޮސްފައިވަނީ ބުރާސްފަތި ދުވަހު ހެނދުނުގެ ވަގުތެއްގައެވެ. އެރަށަށް ދަތުރު ކުރި ލީޑަރޝިޕްގެ ޓީމަށް އެރަށުގެ ރައްޔިތުން ވަނީ  ހޫނު މަރުހަބާއެއް ކިޔާފަ އެވެ. 

 

ހއ. ގެ ބައެއް ރަށްރަށް ކުރަމުންގެންދާ ދަތުރުގެ ތެރެއިން ހއ. ކެލައަށް ދިޔަ  އެމްޑީޕީގެ ލީޑަރޝިޕްގެ ބޭފުޅުން ވަނީ ރަށުގެ ބައެއް ރައްޔިތުންނާއި ބައްދަލުކޮށް ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކުގެ މައުލޫމާތު  އެއްކޮށްފައެވެ. އަދި އެކަންކަން ހައްލުކުރުމަށް ޕާޓީގެ ފެންވަރުގައި ކުރެވޭނެކަންކަމާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ. 

 

ހއ. ކެލާއަށް ޒިޔާރަތް ކުރި އެމްޑީޕީގެ ޓީމް ލީޑް ކުރައްވަނީ ނައިބް ރައީސް މުހައްމަދު ޝިފާޒާއި، ޕާލިމެންޓްރީ ގުރޫޕުގެ ނައިބް ލީޑަރު ރޮޒައިނާ އާދަމް އެވެ. އޭގެއިތުރުން އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުންވެސް މި ދަތުރުގައި ބައިވެރިވެލައްވައެވެ. 

 

ހއ. ކެލާއަށް ފަހު، ޓީމް ދިއުމަށް ހަމަޖެހިފައިވަނީ ހއ. ދިއްދޫއަށެވެ. އެ ރަށުގައި މިރޭ ބޮޑު ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. 

 

ދިއްދޫ ޖަލްސާގައި ބައިވެރިވުމަށް ޕާޓީތަކުގެ ލީޑަރޝިޕްގެ އިތުރު ބޭފުޅުންވެސް ބުރާސްފަތި ދުވަހު ދިއްދޫއަށް ވަޑައިގަތުމަށް ވަނީ ހަަމަޖެހިފަ އެވެ. 

އޭގެތެރޭގައި އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފާއި، ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި، ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިންނާއި، މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި، ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު ޑރ.ހުސެއިން ރަޝީދު ހަސަންނާއި، އަދާލަތު ޕާޓީގެ ފޮރިން ރިލޭޝަން ކޮމެޓީގެ މުޤައްރިރު ސިދާތާ ސަރީފާއި، އެމްޔޫއޯގެ ކެބިނެޓް މިނިސްޓަރ އާދަމް އާޒިމް ހިމެނިވަޑައިގަންނަވާ އެވެ. 

ހއ. ދިއްދޫގައި ބޮޑު ޖަލްސާއެއް ބާއްވާއިރު، އެ ރަށު ކައުންސިލްގެ ރައީސް އަލީ ހާޝިމް ވަނީ ދާދިފަހުން ސަސްޕެންޑްވެސް ކޮށްފަ އެވެ. އެހެންކަމުން ބުރާސްފަތި ދުވަހުގެ ރޭ ދިއްދުގައި ބާއްވާ ޖަލްސާއަކީ ފޯރިގަދަ ޖަލްސާއަކަށްވެގެންދާނެ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް