ކ. މާލެ
|
1 ނޮވެންބަރ 2017 | ބުދަ 19:04
ދިވެހިރާއްޖެ އާއި އެމެރިކާގެ ދިދަ
ދިވެހިރާއްޖެ އާއި އެމެރިކާގެ ދިދަ
ރައީސް އޮފީސް ޓްވިޓާ
ނިއު ޔޯކް ސިޓީ
ރައީސުލްޖުމްހޫރިއްޔާ، އެމެރިކާގެ ރައީސަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި
މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ރައްދުކޮށް ދެއްވުމަށް ރައީސް އެދިވަޑައިގެތް
ދިވެހި ސަރުކާރާއި، ރައްޔިތުންގެ ނަމުގައި، އެމެރިކާގެ ރައީސަށާއި، ސަރުކާރަށާއި ރައްޔިތުންނަށް ރައީސް ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވި

އެމެރިކާގެ ނިއު ޔޯކް ސިޓީއަށް ދިން ޓެރަރިސްޓު ހަމަލާއެއްގައި ގިނަބަޔަކު މަރުވެ، އެތައް ބަޔަކަށް އަނިޔާވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި، އެމެރިކާގެ ރައީސް، ޑޮނަލްޑް ޓްރަމްޕަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ވިދާޅުވީ އެ ޚަބަރު އެއްސެވީ ކުއްލި ހައިރާންކަމަކާއިއެކު ކަމަށާއި އަދި ފުން ހިތާމައާއެކު ކަމުގައެވެ.

ކުށެއްނެތް ރައްޔިތުންތަކަކާ ދެކޮޅަށް ހިންގާ މިފަދަ ޓެރަރިޒަމްގެ ފިނޑި ޢަމަލުތައް، ދިވެހިރާއްޖެއިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ޤައުމީ ހިތާމައިގެ މިދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންގެ ނަމުގައި، އެމެރިކާގެ ރައީސަށާއި، ސަރުކާރަށާއި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވިއެވެ.

 މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ރައްދުކޮށް ދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އެދިވަޑައިގެންފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް