ކ. މާލެ
|
30 އޮކްޓޯބަރ 2017 | ހޯމަ 11:36
ފޭސްބުކްގެ ހެޑް އޮފީސްތެރެ
ފޭސްބުކްގެ ހެޑް އޮފީސްތެރެ
ގޫގުލް
ފޭސްބުކް
ފޭސްބުކް ބޭނުންކުރާ މީހުން ދައްކާ ވާހަކަ އަޑެއް ނާހަން: ފޭސްބުކް
އިޝްތިހާރުތަކުގައި ގެންގުޅޭ އުސޫލު ފޭސްބުކްއިން ގެންދަނީ ބަދަލުކުރަމުން

ފޯނުތަކާއި ޑިވައިސްތަކުގެ މައިކްރޯފޯން މެދުވެރިކޮށް ފޭސްބުކް ބޭނުންކުރާ މީހުން ދައްކާ ވާހަކަ އެކުންފުނިން އަޑު އަހާކަމަށް ކުރެވޭ ތުހުމަތުތައް ފޭސްބުކްއިން ދޮގުކޮށްފިއެވެ.

މިތުހުމަތުތައް ކުރާ ފަރާތްތަކުން ބުނީ އެމީހުން ބަޔަކާއިއެކު ވާހަކައެއް ދެއްކުމަށްފަހު މާގިނަ އިރުތަކެއް ނުވެ، އެވާހަކަޔަކާއި ގުޅުން ހުރި އުފެއްދުންތަކާއި ޚިދުމަތްތަކުގެ އިޝްތިހާރު އެމީހުންގެ ފޭސްބުކް އެޕްއިން ފެންނަކަމަށެވެ. އެހެން ނަމަވެސް ފޭސްބުކްގެ އިޝްތިހާރުތަކާއި ބެހޭ ބައިގެ އެންމެ އިސްވެރިޔާ ރޮބް ގޯލްޑްމަން ބުނީ އެއީ މުޅިން ދޮގު ތުހުމަތުތަކެއްކަމަށެވެ. އަދި ފޭސްބުކްގެ އެހެން ޕްރޮޑަކްޓެއްކަމަށްވާ އިންސްޓަގްރާމުންވެސް މިފަދަ ކަމެއް ނުކުރާކަމަށް އޭނާ ބުންޏެވެ.

ފޭސްބުކްގެ މައްޗަށް މިފަދަ ތުހުމަތުތަކެއް މިދިޔަ އަހަރުވެސް ކުރެވުނެވެ. އެފަހަރު ފޭސްބުކްއިން ނެރުނު ބަޔާނެއްގައި ބުނީ އިޝްތިހާރު ފެންނާނީ އެމީހެއްގެ ޕްރޮފައިލްގައި ހުންނަ މައުލޫމާތާއި ފޭސްބުކް ބޭނުންކުރުމުގައި ގެންގުޅޭ ޕެޓާންއަށް ބިނާކޮށްކަމަށެވެ. ފޭސްބުކްގައި ޖަހާ އިޝްތިހާރުތަކުގެ މައްސަލައިގައި ތަފާތު ވާހަކަތައް ދެކެވެމުންދާއިރު، މިދުވަސްވަރު އެންމެ ހޫނުކޮށް ދެކެވޭ އެއް ވާހަކަޔަކީ 2016ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި ދިމާކޮށް އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ރަޝިޔާއިން ފޭސްބުކް މެދުވެރިކޮށް ކުރި މަސައްކަތުގެ ވާހަކައެވެ. އަދި އެމައްސަލައިގައި ނިމިދިޔަ ހަފްތާގައި ފޭސްބުކްއިން ވަނީ އިންތިޚާބާއި ދިމާކޮށް ދައްކާ އިޝްތިހާރުތަކުގެ ދެފުށް ފެންނަ ސިޔާސަތެއް ހާމަކުރާނެކަމަށް ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް