ކ. މާލެ
|
28 އޮކްޓޯބަރ 2017 | ހޮނިހިރު 19:19
"ތަކާފުލް އެންޓިޓީ އޮފް ދި އިޔަރ – ގޯލްޑް އެވޯޑް" އަމާނާ ތަކާފުލް އަށް ލިބިއްޖެ
"ތަކާފުލް އެންޓިޓީ އޮފް ދި އިޔަރ – ގޯލްޑް އެވޯޑް" އަމާނާ ތަކާފުލް އަށް ލިބިއްޖެ
ގޫގުލް
އަމާނާ ތަކާފުލް
"ތަކާފުލް އެންޓިޓީ އޮފް ދި އިޔަރ – ގޯލްޑް އެވޯޑް" އަމާނާ ތަކާފުލް އަށް ލިބިއްޖެ
މިއީ މި އެވޯޑް އެ ކުންފުންޏަށް ލިބުނު ދެވަނަ ފަހަރު

ދެކުނު އޭޝިޔާގެ އިސްލާމިކް ފައިނޭންސް ފޯރަމް (އައި.އެފް.އެފް.އެސް.އޭ) ގެ ފަރާތުން 24 އޮކްޓޯބަރ 2017 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި އަމާނާ ތަކާފުލް މޯލްޑިވްސް (ޕލކ) އަށް "ތަކާފުލް އެންޓިޓީ އޮފް ދި އިޔަރ – ގޯލްޑް އެވޯޑް" ލިބިއްޖެއެވެ.

 

 މިއީ، އަމާނާ ތަކާފުލް އަށް މިއެވޯޑް ޖެހިޖެހިގެން ލިބުނު ދެވަނަ އަހަރެވެ. އެވޯޑް ދިނުމުގައި ބަލާފައިވަނީ އަމާނާ ތަކާފުލްއަށް ލިބެމެންދާ ކުރިއެރުންތަކަށާއި، ކުންފުނީގެ އުފެއްދުންތެރިކަމާއި، އަދި ދިވެހިރާއްޖޭގައި އިސްލާމިކް ފައިނޭންސް ކުރިއެރުވުމަށް ކެނޑިނޭޅި ކުރަމުންދާ މަސައްކަތަށެވެ.

 

އިސްލާމިކް ފައިނޭންސް ދިވެހިރާއްޖެއަށް މީގެ 14 އަހަރުކުރިން ތަޢާރަފުކުރުމުގައި އަމާނާ ތަކާފުލްގެ ފަރާތުން ކުޅެފައިވާ ރޯލުގެ އިތުރުން އަމާނާ ތަކާފުލް އަކީ ދިވެހިރާއްޖޭގައި ލިސްޓްކުރެވިފައިވާ ހަމައެކަނި އިންޝުއަރަންސް ކުންފުންޏެވެ. އަމާނާ ތަކާފުލްގެ ފަރާތުން އިސްލާމީ އުސޫލުތަކަށް ފެތޭ ތަކާފުލްގެ ޚިދުމަތްތައް އަމިއްލަ ފަރުދުންނަށާއި ވިޔަފާރިތަކަށް ފޯރުކޮށްދެއެވެ. އަމާނާ ތަކާފުލްގެ އަމާޒަކީ ތަކާފުލްގެ ޚިދުމަތް ފޯރު ކޮށްދިނުމުގައި ދިވެހިރާއްޖޭގެ އިސްލާމިކް ފައިނޭންސް އިންޑަސްޓްރީ އަށް ނަމޫނާއެއްގެ ގޮތުގައި ދެމި ތިބުމެވެ.

 

މިއެވޯޑުގެ މަޤްސަދަކީ ދެކުނު އޭޝިޔާ ސަރަޙައްދުގެ އިސްލާމިކް ބޭންކިން އަދި ފައިނޭންސް އިންޑަސްޓްރީ އަށް ކޮށްދޭ މަސައްކަތުގެ އަގުވަޒަންކޮށް އެފަދަ ފަރާތްތަކަށް ހިތްވަރުދިނުމެވެ. މިހަފްލާގައި ތަފާތު ގިނަގުނަ ދާއިރާތަކުން އިސްލާމިކް ފައިނޭންސް އިންޑަސްޓްރީގެ ކުންފުނިތައް ވަނީ ވާދަކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް