ކ. މާލެ
|
28 އޮކްޓޯބަރ 2017 | ހޮނިހިރު 19:00
އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބްޚާން ވާހަކަދައްކަވަނީ
އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބްޚާން ވާހަކަދައްކަވަނީ
އުރީދޫ
އުރީދޫ
އަގޯޑާއާއި އުރީދޫއިން ޕާރޓްނަރޝިޕް ޤާއިމްކޮށްފި
މި ޕާރޓްނަރޝިޕްގެ ސަބަބުން އުރީދޫ ކްލަބް ޕްރިމިއަރ މެމްބަރުންނަށް ހާއްސަ އިނާޔަތްތައް ލިބޭނެ ކަމަށް އެ ކުންފުނިން ބުނި

ދުނިޔޭގެ މަޝްހޫރު ޓްރެވަލް ކުންފުނި އަގޯޑާއާއި އުރީދޫއިން ބައިވެރިވެ، އުރީދޫ ކްލަބް ޕްރިމިއަރ މެމްބަރުންނަށް ހާއްސަ އިނާޔަތްތައް ލިބިދޭނެކަން ހޮނިހިރު ދުވަހު އިއުލާނު ކޮށްފިއެވެ.

މިކަން އިއުލާނު ކުރީ އައްޑޫސިޓީގެ އީކުއޭޓަރ ވިލެޖްގައި ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް 2017 ގެ ބައިވެރިންނަށް ބޭއްވުނު ހާއްސަ ހަފްލާއެއްގައެވެ.

އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބްޚާން ވިދާޅުވީ އަގޯޑާއާއެކު އިޢުލާނު ކުރެވުނު ޕާރޓްނަރޝިޕަކީ އުރީދޫ ކްލަބް ޕްރިމިއަރ މެމްބަރުންނަށް ވަރަށް ހާއްސަ ދުވަހެއް ކަމަށާއި އުރީދޫއިން އަބަދުވެސް މަސައްކަތް ކުރަނީ ކްލަބް ޕްރިމިއަރ މެމްބަރުންނަށް އެންމެ ފުރިހަމަ ޚިދުމަތް ފޯރުކޮށްދީ، އިތުރު ފައިދާތަކާއި މަންފާތައް ތަޖުރިބާ ކުރުމަށް މަގުފަހިކޮށްދިނުމަށް ކަމަށެވެ.

އުރީދޫ ކްލަބް ޕްރިމިއަރ ޕްރޮގްރާމް ފެށުނުފަހުން އުރީދޫއިން ދަނީ އެޕްރޮގްރާމް އިތުރަށް ފުޅާކޮށް ކަސްޓަމަރުންނަށް އިތުރު ފައިދާތަކާއި މަންފާތައް ލިބެނިވިގޮތަށް ޚިދުމަތް ބައްޓަން ކުރަމުންނެވެ. މިގޮތުން ދާދިފަހުން ހުޅުވުނު ކްލަބް ޕްރިމިއަރ ކަސްޓަމަރުންނަށް ހާއްސަ ލައުންޖުން އުރީދޫ އެކްސްޕީރިއަންސް ސެންޓަރުން ލިބޭ ހުރިހާ ހިދުމަތެއްގެ އިތުރުން، ކްލަބް ޕްރިމިއަރ މެންބަރުންނަށް މަތީ ފެންވަރުގައި ޚިދުމަތް ލިބިދެވޭނެ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް