ކ. މާލެ
|
26 އޮކްޓޯބަރ 2017 | ބުރާސްފަތި 22:34
"މޮންޓްވުޑް" ބްރޭންޑްގެ ޕާފިއުމް ސްޕްރޭ ތައާރަފްކޮށްދެއްވީ ވީ މީޑިއާގެ ސިއީއޯ މުހައްމަދު އާސިފް
"މޮންޓްވުޑް" ބްރޭންޑްގެ ޕާފިއުމް ސްޕްރޭ ތައާރަފްކޮށްދެއްވީ ވީ މީޑިއާގެ ސިއީއޯ މުހައްމަދު އާސިފް
ރާއްޖެއެމްވީ
"މޮންޓްވުޑް"
ޕޮއިސް އިން "މޮންޓްވުޑް" ބްރޭންޑްގެ ގޭސް ފްރީ ބޮޑީ ސްޕްރޭ ތައާރަފްކޮށްފި
 
"މޮންޓްވުޑް" ބޮޑީ ސްޕްރޭގެ ފުޅިއެއްގެ އަގަކީ 58ރ.

ސެންޓް އަދި ބޮޑީ ސްޕްރޭގެ ވިޔަފާރީގައި ފިޔަޖަހަމުން އަންނަ މަޝްހޫރު ވިޔަފާރި ޕޮއިސްއިން "މޮންޓްވުޑް" ބްރޭންޑްގެ ޕާފިއުމް ސްޕްރޭ ތައާރަފްކޮށްފިއެވެ.

ބުރާސްފަތި ދުވަހުގެރޭ މަޖީދީ މަގު ޕޮއިސްގެ މައި ފިހާރައިގައި ބޭއްވި ކުޑަ ހަފްލާއެއްގައި "މޮންޓްވުޑް" ބްރޭންޑްގެ ޕާފިއުމް ސްޕްރޭ  ތައާރަފްކޮށްދެއްވީ ވީ މީޑިއާގެ ސިއީއޯ މުހައްމަދު އާސިފްއެެވެ.

ޕޮއިސް އިން ބުނީ އެކުންފުނިން މީގެ ކުރިން ވެސް ތައާރަފްކުރި އެކި އެކި ބްރޭންޑްތަކާ އެއްގޮތަށް މި ބްރޭންޑުން ވެސް ދެޖިންސުގެ ބޭފުޅުންނަށް ޚާއްސަކޮށްގެން ތަފާތު ޕްރެގްރެންސްތައް ލިބެން ހުންނާނެ ކަމަށެވެ. މި ބޮޑީ ސްޕްރޭގެ އެންމެ ޚާއްސަ ކަމެއްގެ ގޮތުގައި ފާހަގަކުރެވެނީ، މިއީ އެއްވެސް ވަރަކަށް ގޭސް އެކުލެވިގެން ނުވާ ސްޕްރޭއަކަށް ވުމެވެ.

ޕޮއިންސްއިން އަލަށް މި ތައާރަފްކުރި ގޭސްފްރީ "މޮންޓްވުޑް" ބޮޑީ ސްޕްރޭގެ ރީޓެއިލް އަގަކީ ފުޅިއެއް 58ރ. އެވެ. އަދި ޚާއްސަ އޮފާއެއްގެ ގޮތުގައި އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ހޯލްސޭލްކޮށް ގަންނަ ފަރާތްތަކަށް ވަރަށް ޚާއްސައަގެއްގައި ލިބެން ހުންނާނެ ކަމަށް ޕޮއިސްއިން ބުންޏެވެ.

 މިރޭގެ މި އިވެންޓްގައި ކުރިން ޕޮއިޒްއިން ވިއްކަމުން އައި "ލުއިޒާ" ބްރޭންޑްގެ ސެންޓްގެ ބޮޑީ ސްޕްރޭ ވެސް ވަނީ ތައާރަފްކޮށްފައެވެ.

ޕޮއިސްއިން މީގެ ކުރިން ވެސް ވަނީ ރާއްޖޭގެ މާހައުލާ ގުޅޭ ގޮތުން އެކި ފަހަރުމަތީން ތަފާތު ސެންޓާއި ބޮޑީ ސްޕްރޭގެ ވައްތަރުތައް ތައާރަފްކޮށްފައެވެ. އެގޮތުން އެމްއެންޑީއެފް އާއި، ކުޅިވަރު ކުޅޭ ފަރާތްތަކަށް ވެސް ކުރިން ވަނީ ބޮޑީ ސްޕްރޭއެއް ތައާރަފްކުރެވިފައެވެ.

ޕޮއިސްގެ ވިޔަފާރީގެ އެންމެ ޚާއްސަ އެއްކަމަކީ އެ ފިހާރައިން ވިއްކާ ސެންޓާއި ބޮޑީ ސްޕްރޭގެ ވައްތަރުތައް ކޮލިޓީއާ އެކު ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި ލިބެން ހުންނަކަމެވެ.

 

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް