ކ. މާލެ
|
26 އޮކްޓޯބަރ 2017 | ބުރާސްފަތި 17:11
ކުޅުދުއްފުށީ ކުޅި: ކުޅި ހިއްކައިގެން އެއާޕޯޓް އެޅުމަށް ސަރުކާރުން ވަނީ ނިންމާފައި
ކުޅުދުއްފުށީ ކުޅި: ކުޅި ހިއްކައިގެން އެއާޕޯޓް އެޅުމަށް ސަރުކާރުން ވަނީ ނިންމާފައި
ޓްވިޓަރ
ކުޅުދުއްފުށީ ކުޅި ހިއްކުން
ކުޅުދުއްފުށީ ކުޅި ހިއްކުން ހުއްޓުވުމަށް ކޯޓަށް ހުށަހަޅަން ނިންމައިފި
ކުޅި ވަނީ އެރަށު އަންހެނުންގެ ދިރިއުޅުމާ ގުޅިފައި

ކުޅުދުއްފުށީގައި އެއަރޕޯޓް އެޅުމަށްޓަކައި އެރަށުގައި ހިމާޔަތްކޮށްފައި އޮތް ކުޅި ހިއްކަން ސަރުކާރުން މަސައްކަތް ކުރަމުންދާތީ އެކަން ހުއްޓުމަށް އެދި ކޯޓަށް ހުށަހަޅަން ނިންމައިފި އެވެ.

އަމިއްލަ ފަރާތްތަކުން ކުޅުދުއްފުށީ ކޯޓަށް މިމައްސަލަ ހުށަހަޅަން ނިންމާފައި ވަނީ އާދިއްތަ ދުވަހުއެވެ.

މިމައްސަލަ ކޯޓަށް ހުށަހަޅަން ނިންމީ އެ ކުޅިއަކީ ކުޅުއްދުއްފުށީގެ ހުރިހާ ރައްޔިތުން ބޭނުން ކުރަމުންދާ ތަނަކަށްވެފައި އެތަނުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ނަފާ ލިބެމުން ދަނިކޮށް އެފަދަ މަސައްކަތަކަށް ހުއްޓޭނެ ފަދަ ކަމެއް ސަރުކާރުން ކުރަން މަސައްކަތް ކުރާތީ އެވެ. އަދި ކުޅުދުއްފުށީ ރައްޔިތުން އެއަރޕޯޓް އަޅަން ދެކޮޅު ނަހަދާ ކަމަށާއި އެރަށުގައި އެއަރޕޯޓް އަޅާ ތަން އޮއްވައި ކުޅި ހިއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެރަށުގެ ރައްޔިތުން ދަނީ ބުނަމުންނެވެ.

ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅުމަށް މި ސަރުކާރުން އެ ރަށުގެ ކުޅި ހިއްކުމަށް ނިންމާފައިވާއިރު އެ ރަށުގެ ކުޅިއަކީ ރާއްޖޭގެ އެންމެ ބޮޑު މަށި ކުޅިއެވެ. އަދި ނެތި ހިނގައިދާނެ ކަމުގު ބިރު ބިރު އޮތް ކަމަށް ބައިނަލްއަގުވާމީ ޖަމިއްޔާއެއް ކަމަށްވާ އައިޔޫސީއެން އިން ފާހަގަކޮށްފައިވާ ލިސްޓުގައި ހިމެނޭ އަށް ބާވަތެއްގެ ގަސް އެ ކުޅީގައި ހުރެއެވެ.

މީގެ އިތުރުން ކުޅުދުއްފުށީ ކުޅިއަކީ ދުނިޔޭގެ އެހެން ކަންކޮޅުތަކުން ހިޖުރަކުރާ ދޫނީގެ މަންޒިލެކެވެ. ހަމައެހެންމެ އެ ކުޅިއަކީ ޒަމާނުއްސުރެ އެރަށުގެ އަންހެންނުން ބޮނބިފާކޮށް ރޯނުވެށުމާއި ބުރެވިކޮށުމުގެ ތިމާވެއްޓާއި ރައްޓެހި އަގުހުރި މަސައްކަތްތައް ކުރުމަށް ބޭނުން ކުރަމުންދާ ތަނެކެވެ.

ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވިތާ ހަތަރު އަހަރު ފުރޭ ދުވަހު ކުޅުދުއްފުށީ އެއާޕޯޓުގެ އަމަލީ މަސައްކަތް ފެށުމަށް ނިންމާފައިވާއިރު އެމްޓީސީސީން އަލަށް ގެނައި ޑްރެޖަރު (މަހާ ޖައްރާފު) ވަނީ އެ ރަށުގެ ކުޅި ހިއްކުން ފެށުމަށްޓަކައި އެ ރަށުގައި ބަދަރުކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
26 އޮކްޓޯބަރ 2017 | ބުރާސްފަތި 18:43
ގާދިރު
ކަނޑުގެ50މީޓަރުއަޑިންވެލިނެގޭވަރުގެގާބިލްކސންހުރިޖައްރާފެކޭބުނޭދެންމޫދުހިއްކައިގެންއަޅަންވީނު