ކ. މާލެ
|
25 އޮކްޓޯބަރ 2017 | ބުދަ 20:37
ވިއެމްގެ މެމްބަރުން އުފައްދާފައިވާ ކުޝަން ކަވަރު
ވިއެމްގެ މެމްބަރުން އުފައްދާފައިވާ ކުޝަން ކަވަރު
ސިމާހާ ނަސީމް
ވިއެމް
ވިއެމްއިން އެމީހުންގެ އަމިއްލަ އުފެއްދުންތައް ޕެރެޑައިޒް އައިލެންޑް ރިސޯޓުގައި ދައްކާލައިފި
މި އެގްޒިބިޝަން ކުރިއަށްދާނީ ޕެރެޑައިޒް ރިސޯޓުގައި

ވުމަންސް އެންޓްރަޕްރަނާޒް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވިއެމް) އިން ސަޤާފަތާއި ގުޅޭގޮތަށް ތައްޔާރުކޮށްފައިވާ އަމިއްލަ އުފެއްދުންތައް ޕެރެޑައިޒް އައިލެންޑް ރިސޯޓުގައި ދައްކާލައިފިއެވެ.

ވިއެމްގެ 18 މެމްބަރުން ވަނީ އުފެދުންތައް ތައްޔާރުކޮށްފައެވެ. އަދި އެމީހުންގެ އުފެއްދުންތައް އަމާޒުކޮށްފައި ވަނީ ބޮޑަށް ގެސްޓުންނަށެވެ.

"ސުވެނިއާ ސަފާރީ"ގެ ނަމުގައި ވިއެމްއިން ފަށާފައިވާ މި އެގްޒިބިޝަން ކުރިއަށް ދަނީ 25 ވަނަ ދުވަހުގެރޭ 11 ޖަހަންދެނެވެ.

ވިއެމްގެ ޗެއަރޕާސަން ޝާއިރާ ސަލީމް ވިދާޅުވީ މިކަހަލަ އެގްޒިބިޝަނެއް ބޭއްވުމުގެ މައިގަނޑު މަޤްސަދަކީ ވިއެމްގެ މެމްބަރުން އުފައްދާ ޕްރޮޑަކްޓްސް ޕްރޮމޯޓްކޮށް އެ ޕްރޮޑަކްޓްތައް ވިއްކޭނެ މަގު މެމްބަރުންނަށް ފަހިކޮށްދިނުން ކަމަށެވެ.

ޝާއިރާ ވިދާޅުވީ ވިއެމްގެ މައިގަނޑު ބޭނުމަކީ ބޭރު ޤައުމުތަކުން އުފައްދައިގެން ގެންނަ އުފެއްދުންތައް ރާއްޖޭގެ ބާޒާރުގައި "މޭޑްއިން މޯލްޑިވްސް" ޖަހާފައިވާ އުފެއްދުންތައް ވިއްކުމަށް ވުރެން 100 ޕަސަންޓް ދިވެހިވަންތަ، ދިވެހިން އަމިއްލައަށް އުފައްދާ އުފެއްދުންތައް ވިއްކުން ކަމަށެވެ.

މި އެގްޒިބިޝަންގައި ވަނީ ވޯލް ހޭންގާޒް، ދަބަސް، ޓީޝާޓް، ތަޅުދަނޑިއަށް ލައްވާ އެއްޗެހި، ކަންފަތުލާ މުދި، ބޮލިން ހަދާފައިވާ ކްރައުން، ސޯޓު، އަންހެނުންގެ ހެދުން، ބޮލިން ހަދާފައިވާ ބޭންޑް ފަދަ އެއްޗެހި ގެސްޓުންނަށް އަމާޒުކޮށްގެން ވިއްކަން ހުޅުވާލާފައެވެ.

މިއީ ވިއެމްގެ ފަރާތުން ބާއްވާ ދެވަނަ "ސުވެނިއާ ސަފާރީ" އެވެ. މީގެ ކުރިން ވިއެމްއިން ވަނީ ހުޅުލޭ އައިލެންޑް ހޮޓަލުގައި މި ކަހަލަ އެގްޒިބިޝަނެއް ބާއްވާ ކާމިޔާބުކަމާއި އެކީ ނިންމާލާފައެވެ.

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް