ކ. މާލެ
|
25 އޮކްޓޯބަރ 2017 | ބުދަ 16:22
އުމަރު ނަސީރާއި އަބްދުﷲ ރިޔާޒު
އުމަރު ނަސީރާއި އަބްދުﷲ ރިޔާޒު
އަހުމަދު މުހުސިނު
އުމަރު ނަސީރު
ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން އުމަރު ނަސީރު، ރިޔާޒާ ބައްދަލު ކުރައްވައިފި
ބައްދަލުވުން އޮތީ މ ކުނޫޒްގައި
މަޝްވަރާ ކުރެވުނީ ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން

ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު، ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒާ ބައްދަލު ކުރައްވައިފިއެވެ.

އަބްދުﷲ ރިޔާޒު ވިދާޅުވި ގޮތުގައި ބުދަ ދުވަހު މެންދުރު ފަހު މ. ކުނޫޒުގައި އުމަރު ނަސީރާ ބައްދަލު ކުރެއްވީ، އުމަރު ނަސީރުގެ އެދިވަޑައިގެންނެވުމަކަށް ކަމަށެވެ. 

ގާތްގަނޑަކަށް ދޮޅު ގަޑިއިރަށް ދެމިގެން ދިޔަ މި ބައްދަލުވުމުގައި މަޝްވަރާކުރެއްވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ގުޅޭ ގޮތުންނެވެ.

އުމަރު ނަސީރާއި ޢަބްދުﷲ ރިޔާޒް ބައްދަލު ކުރައްވާފައި މިވަނީ 2018 ގެ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ފަރާތަކުން އެއް ކެނޑިޑޭޓަކު ނެރުމުގެ ވާހަކަތައް ދެކެވެމުންދާ ދަނޑިވަޅެއްގައެވެ. އަދި އެކަމުގެ މަޝްވަރާތައް ގުޅިފައިވާ ޕާޓީތަކުގެ މެދުގައި ކުރިއަށް ގެންދާ ދަނޑިވަޅެއްގައެވެ.

އުމަރު ނަސީރަކީ ރައީސް ޔާމީން ސަރުކާރުގެ ކުރީގެ ހޯމް މިނިސްޓަރެވެ. ނިމިދިޔަ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީސްުލް ޖުމްހޫރިއްޔާއާ އޭރުގެ ޕީޕީއެމްގެ ތެރެއިން ރިޔާސީ ޓިކެޓަށް އުމަރު ވާދަ ކުރެއްވިއެވެ. އަދި ކެމްޕޭންގައި ވަނީ ރައީސް ޔާމީނާ ގުޅޭގޮތުން ވަރަށް ބޮޑެތި ތުހުމަތު ތަކެއް ކުރައްވާފައެވެ.

ރިޔާޒާއެކު ބޭއްވި ބައްދަލުވުމާ ގުޅޭ ގޮތުން އުމަރުގެ ބަހެއް ނުލިބެ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
26 އޮކްޓޯބަރ 2017 | ބުރާސްފަތި 00:35
ރޮސް
ދޮންކަލޯ އުމަރު ތީ ގާތް ކުރާވަރު މީހެއްނޫން....