ކ. މާލެ
|
25 އޮކްޓޯބަރ 2017 | ބުދަ 16:42
ޕްރޮފެސަރ ހަސަން އުގައިލް: ރާއްޖޭގެ ސިޔާސީ މަސްރަހަށް ނިސްބަތްކުރައްވާ އެބޭފުޅާ ކޮމެންޓެއް ކުރައްވާފައިވަނީ މަދު ފަހަރަކު
ޕްރޮފެސަރ ހަސަން އުގައިލް: ރާއްޖޭގެ ސިޔާސީ މަސްރަހަށް ނިސްބަތްކުރައްވާ އެބޭފުޅާ ކޮމެންޓެއް ކުރައްވާފައިވަނީ މަދު ފަހަރަކު
ގޫގުލް
ޕްރޮފެސަރ އުގައިލް
މޮޅު ޤައުމަކަށްވަނީ ހޮޅި ވަޢުދަކުން ނޫން: ޕްރޮފެސަރ އުގައިލް
މޮޅު ޤައުމަކަށް ވަނީ އަޚްލާޤާއި، އިލްމާއި، ވިސްނުންތެރިކަމުން
ރާއްޖޭގެ ސިޔާސީ މަސްރަހަށް ނިސްބަތްކުރައްވާ އުގެއިލް ކޮމެންޓެއް ކުރައްވާފައިވަނީ މަދު ފަހަރަކު
ކަނޑުގެ ދިރުންތަކާއި ބެހޭ ދިރާސާތައް ކުރުމަށް އުގެއިލް ހިންގެވި މަރުކަޒު ބަންދުކޮށް، ރަށް ހަވާލުކުރުމަށް ސަރުކާރުން އެންގި

ޤައުމެއް މޮޅު ޤައުމަކަށް ވަނީ އަޑު ހަރުކޮށް، ހޮޅި ވަޢުދުތައް ވެގެން ނޫން ކަމަށް ޕްރޮފެސަރ ހަސަން އުގައިލް ވިދާޅުވެއްޖެއެވެ.  

ރ އަތޮޅުގައި ބައިނަލްއަޤުވާމީ އެއާޕޯޓެއް އަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވި ޚަބަރު ހިއްސާކުރައްވާ ކުރެއްވި ޓްވީޓެއްގައި ޕްރޮފެސަރ އުގައިލް ވިދާޅުވީ، ޤައުމެއް، މޮޅު ޤައުމަކަށް ވަނީ އަޚްލާޤާއި، އިލްމާއި، ވިސްނުންތެރިކަމުން ކަމަށެވެ. އަދި އެފަދަ މޮޅު ކަމަކީ ވިސްނުންތެރިކަމެއް ނެތް މީހުން އާޝޯޚުކުރުވާފަދަ ހޮޅި ވަޢުދުތައް އަޑުހަރުކޮށް އިއްވައިގެން ވާ ކަމެއް ނޫން ކަމަށް ޕްރޮފެސަރ ވިދާޅުވިއެވެ.

ރައީސް ޔާމީން ފަހަކަށް އައިސް ދައްކަވާ މިފަދަ ބައެއް ވާކަހަފުޅުތަކާއި، ސަރުކާރުން ވާ ބައެއް ވަޢުދުތަކަކީ ހޮޅި ވަޢުދުތައް ކަމުގައި ދޭހަވާ ގޮތަށް ޕްރޮފެސަރ އުގައިލް މިފަދައިން ޓްވީޓްކުރައްވާފައިވާއިރު، މިހާ ސީދާކޮށް، ރާއްޖޭގެ ސިޔާސީ މަސްރަހަށް ނިސްބަތްކުރައްވާ އުގައިލް ކޮމެންޓެއް ކުރައްވާފައިވަނީ މަދު ފަހަރަކުއެވެ.

ސަރުކާރުން ހޮޅި ވައުދުވާކަމަށް ދޭހަވާ ގޮތަށް އުގައިލް ޓްވީޓެއް ކުރެއްވިއިރު، ފަހަކަށް އައިސް ސަރުކާރުން ދަނީ ގިނަ ރަށްތަކެއްގައި އެއާޕޯޓް އަޅާނެކަން އިޢުލާނުކުރަމުންނެވެ. މީގެ ތެރޭގައި ހދ. ކުޅުދުއްފުށިވެސް ހިމެނޭއިރު، ކުޅުދުއްފުށީގައި ސަރުކާރުގެ ޕްލޭނާއި އެއްގޮތަށް، އެރަށުގެ ކުޅި ހިއްކައިގެން އެއާޕޯޓް އަޅައިފިނަމަ ރަށުގެ ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށް އެ ޕްރޮޖެކްޓްގެ އީއައިއޭ ރިޕޯޓްގައި ވެއެވެ.

އީއައިއޭ ރިޕޯޓްގައި އެފަދައިން އޮތް ނަމަވެސް، ތިމާވެއްޓާއި ގުޅޭ މި ބޮޑު މައްސަލައަށް ސަރުކާރުގެ މާބޮޑު ސަމާލުކަމެއް ހުރިކަން ފާހަގަނުވާއިރު، ކަނޑުގެ ދިރުންތަކާއި ބެހޭ ދިރާސާތައް ކުރުމަށް ޕްރޮފެސަރ އުގައިލް ޅ. ވައްވަރުގައި ހިންގަވާ ކޮރަލިއަން ލެބްގެ މަސައްކަތް ހުއްޓާލައި، އެ ރަށް ސަރުކާރާ ހަވާލުކުރުމަށްވެސް ސަރުކާރުން މި އަހަރުގެ ކުރީކޮޅު ވަނީ އަންގާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
26 އޮކްޓޯބަރ 2017 | ބުރާސްފަތި 00:41
ނޭގޭ މީހާ
ހޮލޯ ގެ މާނައަކީ ހޮޅި ބާ؟؟؟