ކ. މާލެ
|
25 އޮކްޓޯބަރ 2017 | ބުދަ 13:13
ފާރިސް މައުމޫން:- އެމަނިކުﷲާނު ހައްޔަރުގައި ހުންނަތާ މިހާރު ވަނީ 100 ދުވަސް ވެފައި
ފާރިސް މައުމޫން:- އެމަނިކުﷲާނު ހައްޔަރުގައި ހުންނަތާ މިހާރު ވަނީ 100 ދުވަސް ވެފައި
މުހައްމަދު ޝަރުހާން
ފާރިސް މައުމޫން
ފާރިސްގެ ބަންދަށް 100 ދުވަސް: ރައީސް މައުމޫން ވިދާޅުވަނީ މިއީ ސީދާ އަނިޔާވެރިކަން ކަމަށް
ފާރިސް ކުރެއްވި ހަމައެކަނި ކަމަކީ، ސަރުކާރުގެ ބޭއިންސާފާއި ދެކޮޅަށް އަޑުއުފުއްލެވުން: ރައީސް މައުމޫން
ފާރިސް ހައްޔަރުކުރީ ޖުލައި 18 ވަނަ ދުވަހު
ފާރިސްގެ މައްޗަށް ކުރަނީ ރިޝްވަތު ދެއްވި ކަމުގެ ތުޙުމަތު

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން ޢަބްދުލް ޤައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫން ހައްޔަރުކޮށްފައި ހުންނަވާތާ 100 ދުވަސްވުމާ ގުޅިގެން، ރައީސް މައުމޫން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ރިޝްވަތު ދިނުމުގެ ތުޙުމަތުގައި ފާރިސް ހައްޔަރުކޮށް، އޭރު ނުއުފުލާ ދައުވާއެއްގެ ޝަރީޢަތް ނިމެންދެން ފާރިސް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނިންމާފައިވާއިރު، ފާރިސް ހައްޔަރުކޮށްފައި ހުންނަތާ 100 ދުވަސްވުމާ ގުޅިގެން ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޙައްޤަކާއި ނުލައި، އެއްވެސް މީހަކު ހައްޔަރުކޮށްފައި ބެހެއްޓުމަކީ ސީދާ އަނިޔާވެރިކަން ކަމަށެވެ. މި ޓްވީޓާ އެކު ރައީސް މައުމޫން އެޓޭޗްކުރައްވާފައިވާ ފޮޓޯއެއްގައި ވަނީ ފާރިސް ކުރެއްވި ހަމައެކަނި ކަމަކީ، ސަރުކާރުގެ ބޭއިންސާފާ ދެކޮޅަށް އަޑުއުފުއްލެވުން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން އެ މަޖިލީހުގެ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަސީޙު މުޙައްމަދު ވަކިކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅުގެ ތެރެއިން، ބައެއް ފަރާތްތަކަށް ރިއްޝްވަތު ދެއްވުމަށް ހުށަހެޅުއްވި ކަމަށް ތުޙުމަތުކޮށް ފާރިސް ހައްޔަރުކޮށްފައި ވަނީ މިއަހަރުގެ ޖުލައި މަހުގެ 18 ވަނަ ދުވަހުއެވެ. ފާރިސްގެ ޤާނޫނީ ޓީމުން ފާރިސް މިނިވަންކުރުމަށް ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، ޝަރުޢީ ދާއިރާގެ އެއްވެސް ހަރުފަތަކުން އެ މަސައްކަތަށް މާބޮޑު ސަމާލުކަމެއް ދީފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
25 އޮކްޓޯބަރ 2017 | ބުދަ 13:18
ޒަމީރު
އިދި ކޮޅު މީހުން ދައްކާ އެއްވެސް ވާހަކަ އެއް ދިމަލެއް ނުވޭ. ބޭކާރު ވާހަކަ ނުދައްކާ ސަރުކާރާ ގުޅެންވީނު؟؟ އަބުދުއްލާ ރިޔާޒު މެންއަތުގައި ހުރި ވާހަކަ ތައް ރައްޔިތުންނާ ހިއްސާކުރަން ނުކެރި ބިރުން ހުރެފައި