ކ. މާލެ
|
25 އޮކްޓޯބަރ 2017 | ބުދަ 13:09
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު
ޓްވިޓަރ
ރައްޔިތުންގެ މަޖިލީސް
މަސީހު މަޖިލީހުގައި ހުންނަވަނީ ގޯތި ވަކިކޮށްގެން: މޫސަ
ކޮށިގަނޑުގެ ތެރެއަށް ވަނަން މެމްބަރުން ވަންނަނީ ޓެރަރިޒަމްގެ ހަމަލާއެއް ދޭން
ކޮށިގަނޑުގެ ތެރެއަށް ވަންނަ މެމްބަރުންނަން ފިޔަވަޅު އަޅަންވާނެ
ގޯތި ގެދޮރަކީ ހުރުމަތްތެރިވެގެންވާ ތެނެން

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތަކީ ފުވައްމަލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހުގެ ގޯތިކަމަށް މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ސިފަކުރައްވައިފިއެވެ.

މަޖިލީހަށް ހުށަހަޅަފައިވާ 493 މިލިއަން ރުފިޔާގެ ބަޖެޓަށް ބަހުސް ކުރައްމުން ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު ވިދާޅުވީ އިސްލާމް ދީނުގައި ގޯތި ގެދޮރަކީ ހުރަމަތްތެރިވެގެންވާ ތަނެން ކަމަށާއި، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަޖިލީހުގެ އިންނަވަނީ ގޯތި ވަކިކޮށްގެން ކަމަށެވެ.

"ގޯތި ގެދޮރަށް ވަދެއުޅުމަކީ، އަޅުގަނޑުއަށް ހިވާ ގޮތުން، ގޯތި ގެދޮރަކީ ހުރުމަތްތެރިވެގެންވާ ތަނެން ކަމަށް، މަނިކުފާނު ތި އިންނަވަނީ ގޯތި ވަކިކޮށްގެން" މޫސަ ވިދާޅުވިއެވެ.

މަޖިލީހުގެ މެމްބަރުންގެ މެޖޯރިޓީއަށް ވުރެ ވެސް އިތުރަށް މެމްބަރު ސޮއި ކުރައްވައި މަޖިލީހުގެ ރައީސަކީ މަސީހު ނޫން ކަމަށް ބުނެ، މަސީހުގެ އިތުބާރު ނެތް ކަމަށް 45 މެމްބަރުންގެ ސޮޔާއެކު މަޖިލީހަށް ހުށަހެޅުމުން، މަސީހު ވަނީ މިލިޓަރީ ބޭނުން ކުރައްވައިގެން މަޖިލިސް "ހިސޯރު" ކުރައްވާފައި ކަމަށް އިދިކޮޅު ފަރާތްތަކުން ގެންދަނީ ބުނަމުންނެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާކުރާ މާލަމުގައި ވަނީ "ކޮށިގަނޑެއް" ޖަހާފައެވެ. 

މޫސަ ވިދާޅުވީ މަޖިލީހުގެ ރައީސް ގޯތި ވަކިކޮށްގެން އިންނަވަނިކޮށް، އެ ގޯތީގެ ތެރެއަށް މެމްބަރަކު ވަދެއްޖެ ނަމަ ވަނީ ހުރުމަށް ކަނޑާލި ކަމަށެވެ. އަދި މަޖިލީސް ކުރާ މާލަމްގެ ތެރޭގައި ޖަހާފައިވާ ކޮށިގަނޑުގެ ތެރެއަށް ވަންނަން މެމްބަރުން ވަންނަނީ ޓެރަރިޒަމްގެ ހަމަލާއެއް ދޭންކަން ފާހަގަކޮށް މޫސަ ވިދާޅުވީ އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެޅެން ހުރި ފިޔަވަޅެއް އަޅަންވާނެ ކަމަށެވެ.

 

" މަނިކުފާން ތި އިންނަވަނީ ގޯތި ވަކިކޮށްގެން ، އެތެރެއަށް ވެދެއްޖިއްޔާ ހުރުމަތް އެ ކެނޑެނީ، އެ ވަންނަނީ ޓެރަރިޒަމްގެ ހަމަލާއެއް ދޭން ކަމަށް ވިސްނާވަޑައިގެން އިންނަވާތި އެކަމާއި ގުޅިގެން އެޅެން ހުރި ފިޔަވަޅުވެސް ވާނެ އަޅާލަން" މޫސަ ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް ހޮވަނީ މަޖިލީހުގެ މެމްބަރުން މެޖޯރިޓީންނެވެ. އަދި މަޖިލީހުގެ ކަންކަން ނިންމުމުގެ ބާރު އޮންނަނީ ވެސް މަޖިލީހުގެ މެޖޯރިޓީއަށެވެ.

މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ގެއްލި މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހެޅުމާ އެކު މަޖިލީހުގެ އިދާރާއަށް ގިނަ އަދަދެއްގެ ސިފައިން ވައްދާ ފޯރިމަރަމުން ގެންދާކަން ވަނީ ފާހަގަ ކުރެވިފަ އެވެ.

މަޖިލިސް ހިސޯރު ކުރައްވައިގެން މަސީހު އިންނެވި ކަމަށް އިދިކޮޅު މެމްބަރުން ވިދާޅުވާއިރު، މިހާރު މަޖިލީހުގެ ރިޔާސަތުގައި މަސީހު އިންނަވައިގެން ބާއްވަމުން ގެއްދަވާކަމަށް ބުނާ ޖަލްސާތަކަކީ ސައްހަ ޖަލްސާތަކެއް ނޫން ކަމަށް ވެސް އިދިކޮޅު މެމްބަރުން ވިދާޅުވެއެވެ. އަދި މިޖަލްސާތަކުގައި ފާސްކުރާ ކަންކަން ފަހުން ބާތިލް ކުރާނެ ކަމަށް ވެސް އިދިކޮޅު މެމްބަރުން ގެންދަވަނީ ވިދާޅުވަމުން ނެވެ.

އިދިކޮޅު މެމްބަރުން ވިދާޅުވަނީ މަޖިލީހުގެ ރައީސަކީ މަސީހު ކަމަށް ގަބޫލުކުރާނެ ހަމައެކަނި ގޮތަކީ މަޖިލީހަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލައަށް ވޯޓަށް އައްސަވައި، އެވޯޓް މަސީހު ކާމިޔާބު ކުރައްވައިފި ނަމަ އެކަނި ކަމަށެވެ.

މީގެ އިތުރުން އިދިކޮޅު މެމްބަރުން ވިދާޅުވަނީ މަޖިލީހުގެ ޖަލްސާތަކާއި އަދި މަޖިލީހުގެ ކަންކަން ހިންގަމުން ދަނީ މަޖިލީހުގެ ގަވާއިދާއި އުސޫލްތަކާ ހިލާފަށް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
25 އޮކްޓޯބަރ 2017 | ބުދަ 13:11
ކާފަ
އެހެންތަ މޫސާ. އެކަމަކު އަހަރެމެންނަށް ކިޔަވައިދޭން ތިއީ ކާކު؟