ކ. މާލެ
|
25 އޮކްޓޯބަރ 2017 | ބުދަ 12:06
ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާން
ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާން
ގޫގުލް
ރައްޔިތުންގެ މަޖިލިސް
ގަޔަން ބޮލަށް އަރައި، މަޖިލީސް ހުއްޓުވާކަށް ނުޖެހޭނެ: ނިހާން
މަޖިލީސް ރައީސްގެ މޭޒުކޮޅު އުސްކުރީ ކީއްވެގެންކަން ރައްޔިތުންނަން މިހާރު އެނގޭނެ
މިއަދު ބަހުސް ކުރީ ސަޕްލިމެންޓަރީ ބަޖެޓަށް
މަޖިލީސް ހަލަބޮލިކުރުން ހުއްޓާލުމަށް ނިހާން ވަނީ ގޮވާލައްވާފައި

އިދިކޮޅު ފަރާތަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގަޔަށް ބޮލަށް އަރައި، މަޖިލީސް ހުއްޓުވަން ނުޖެހޭނެ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެއެވެ.

މަޖިލީހަށް ހުށަހަޅާފައިވާ 493 މިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓަށް ބަހުސް ކުރަމުން ނިހާން ވިދާޅުވީ ރައްޔިތުންގެ މަޖިލިސް ރައީސްގެ މޭޒުގެ ކުރިމަތީގައި ދެ ފޫޓް އުސްކޮށް މޭޒެއް ތައްޔާރުކުރީ ކީއްވެގެންކަން ދިވެހި ރައްޔިތުންނަން ސާފްވާނެ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު ފަރާތަށް ހިޔާލުފާޅުކުރަން ކަމަށް ބުނެ މަޖިލީހުގެ އިދާރީ މުވައްޒިފުންގެ ދަތިކޮށް އެމީހުންނަން އިދާރީ ގޮތުން މަޖިލީސް ކުރިއަށް ގެންދަން ހުރަސް އެޅުމަކީ ދެރަކަމެއް ކަމަށް ނިހާން ވިދާޅުވިއެވެ.

ނިހާން މިވާހަކަތަށް ދެއްކެވީ ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާ ގުޅިފައިވާ އިދިކޮޅު ސިޔާސީ ފާޓީތަކުގެ މެމްބަރުން ބޮއިކޮޓް ކުރުމާ ގުޅިގެންނެވެ. އަދިކޮޅު މެމްބަރުން މަޖިލީސް ބޮއިކަޓް ކުރުމުން ސަރުކާރަށް ނިސްބަތްވާ މެމްބަރުންނަން ބޭނުން ވާހަކައެއް ދެއްކުމުގެ ފުރުޝަތު ވަނީ ލިބިފައެވެ.

 

" ހިޔާލުފާޅުކުރުމުގެ މިނިވަންކަން މި ހަތުރު ފާރު އެތެރޭގައި އިސްލާމް ދީނުގެ އަސްލަކާއި އުސޫލްތަކާއި ހިލާފް ނުވާގޮތަށް ކޮންމެ މެމްބަރަކަށް ލިބިފައިވާ އެ ވަގުތުގައި، އެމީހެއްގެ މޭޒުކައިރީގައި، އެފިޔަވަޅު މަތީގައި ހުރެގެން ދައްކާނެވާކައެއް ދައްކާލުމުގެ މިނިވަންކަން މިތާގައި އެބައޮތް، މިތަނަކަށް އަންނާކަށް ނުޖެހޭ، ގަޔަށް ފަޔަށް ބޮލަށް އަރާކަށް ނުޖެހޭ" ނިހާން ވިދާޅުވިއެވެ.

 

މީގެ އިތުރުން ނިހާން ވިދާޅުވީ މަޖިލީސް ހަލަބޮލި ކޮށްލުމަށް އިދިކޮޅު މެމްބަރުން ހިޔާލުފާޅުކުރާ ކަމަށް ބުނެ ކުރާ ކަންކަން ހުއްޓުވުމަށް އިދިކޮޅު މެމްބަރުންނަން ބޭސްކުރަން ބަޖެޓެއް ހަދަން ވެސް ތައްޔާރު ކަމަށެވެ. އަދި އިދިކޮޅު މެމްބަރުން މަޖިލީސް ހަލަބޮލި ކުރުމަށް ކުރާ ކަންކަން ހުއްޓާލުމަށް ގޮވާލިއެވެ.

ދައުލަތުގެ ޚަރަދު އިތުރުކޮށް، މި ހިނގާ 2017 ވަނަ އަހަރުގެ ބަޖެޓަށް 493 މިލިއަން ރުފިޔާ އިތުރު ކުރުމަށްޓަކައި ސަޕްލިމެންޓްރީ ބަޖެޓް މަޖިލީހަށް ހުށަހަޅުއްވައި ދެއްވީ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާގައި ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް