ކ. މާލެ
|
25 އޮކްޓޯބަރ 2017 | ބުދަ 12:01
ރައީސް ޔާމީން ރ. ފައިނުގައި: ރ. އަތޮޅުގެ ތިން ރަށަކަށް ވަޑައިގެންނެވި
ރައީސް ޔާމީން ރ. ފައިނުގައި: ރ. އަތޮޅުގެ ތިން ރަށަކަށް ވަޑައިގެންނެވި
ރައީސް އޮފީސް ޓްވިޓާ
ރައީސް ޔާމީން
ރ. އަތޮޅުގެ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސް ޔާމީން މާލެ ވަޑައިގެންފި
ރައީސް ޔާމީން މާލެ ވަޑައިގަތީ މިއަދު

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ރ. އަތޮޅުގެ ތިން ރަށަކަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު، މިއަދު މާލެ ވަޑައިގެންފިއެވެ.

ރައީސްގެ މި ދަތުރުފުޅުގައި ރ. މަޑުއްވަރީ ނަރުދަމާގެ ޚިދުމަތް ފައްޓަވާދެއްވައި، އެރަށު ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަ ކުރެއްވުމުގެ އިތުރުން އެއަތޮޅު ފައިނަށް ވަޑައިގެން އެރަށު ބަނދަރު ހުޅުއްވައިދެއްވާފައެވެ.

މީގެ އިތުރުން ރައީސް ވަނީ އެ އަތޮޅު މީދޫގައި އަލަށް ބިނާކޮށްފައިވާ "މަސްޖިދުލް އައްވާބީން" މިސްކިތް ހުޅުއްވައިދެއްވާފައެވެ. އަދި މީދޫގެ ފެނުގެ ޚިދުމަތާއި، ނަރުދަމާގެ ޚިދުމަތް އިފްތިތާހުކޮށްދެއްވާފައި ވެއެވެ

ރައީސްގެ މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްރަށަށް ކުރެއްވި މި ދަތުރުފުޅުގައި ދައުލަތުގެ ބައެއް ވަޒީރުންނާއި ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުން ވެސް އެމަނިކުފާނުގެ އަރިހުގައި ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

ރައީސްގެ މި ދަތުރުފުޅުގައި އެކި ރަށްރަށުގައި ދެއްކެވި ވާހަކަފުޅުތަކަށް ބަލާއިރު އިދިކޮޅު ފަރާތްތަކަށް ބަހުގެ ގިނަ ހަމަލާތަކެއް ދެއްވާފައިވެއެވެ. އަދި 2018 ގެ އިންތިޚާބުގައި އެމަނިކުފާނު އާ ދައުރަކަށް އިންތިޚާބުކޮށްދީފި ނަމަ ކޮށްދެއްވާނެ ބައެއް ކަންކަން ފާހަގަކުރައްވާފައި ވެއެވެ. މި ދަތުރުފުޅާ ދިމާކޮށް މަޑުއްވަރީގައި ސަރުކާރާ ދެކޮޅަށް އަޑުއުފުލައި ސަރުކާރުން ވައުދުވި ކަންކަމުގެ ތެރެއިން ނުކޮށްދީ ހުރި ކަންކަމުގެ ވާހަކަ ލިޔެފައިވާ ބެނާތައް މަޑުއްވަރީގައި ދަމާފައި ވަނިކޮށް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ އެތަކެތި ނަގާފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް