ކ. މާލެ
|
25 އޮކްޓޯބަރ 2017 | ބުދަ 11:06
މުޒާހަރާ ކުރި މީހުން އެ މީހުންގެ ގާނޫނީ ވަކީލުންނާއެކު: ހައި ކޯޓުގެ ހުކުމަކުން އެއްވެސް ކަމެއް ބަދަލެއް ނުވޭ
މުޒާހަރާ ކުރި މީހުން އެ މީހުންގެ ގާނޫނީ ވަކީލުންނާއެކު: ހައި ކޯޓުގެ ހުކުމަކުން އެއްވެސް ކަމެއް ބަދަލެއް ނުވޭ
ރާއްޖެއެމްވީ
ހުޅުލޭގައި ކުރި މުޒާހަރާ
އެއާޕޯޓުގައި މުޒާހަރާ ކޮށްގެން ޖަލަށް ލުމަށް ދަށު ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއީދުކޮށްފި
މައްސަލައިގެ ހުކުމް ތަންފީޒްކުރުން ވަނީ ތިން އަހަރަށް ސަސްޕެންޑްކޮށްފައި
ތިން މަސް ދުވަހުގެ ޖަލު ހުކުމް ތަންފީޒުކުރަންޖެހޭނީ ތިން އަހަރުގެ ތެރޭގައި އިތުރު ހުކުމެއް އަތުވެއްޖެ ނަމަ

 ކުރީގެ އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގައި 2015 ވަނަ އަހަރުގެ މާރޗު މަހު މުޒާހަރާ ކުރި މީހުންގެ މައްޗަށް، އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ސާބިތުވެ، ތިން މަހަށް ޖަލަށް, ނަމަވެސް ތަންފީޒުކުރުން ތިން އަހަރަށް ސަސްޕެންޑްކުރުމަށް ނިންމައި ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއީދު ކޮށްފި އެވެ.

ޖުމްލަ 15 މީހެއްގެ މައްޗަށް އެއާޕޯޓުގައި މުޒާހަރާކޮށްގެން އުފުލި ދައުވާގައި ބުނެފައިވަނީ 2015 ވަނަ އަހަރުގެ މާރޗު މަހުގެ ފަސް ވަނަ ދުވަހު އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގެ އިންޓަނޭޝަނަލް ޓާމިނަލްގެ ޑިޕާޗާ ހޯލް ކުރިމައްޗަށް ރައީސް ނަޝީދުގެ ޕޯސްޓަރުތައް ހިފައިގެން އެއްވެ ރައީސް ނަޝީދު މިނިވަންކުރުމަށް ގޮވާލާފައިވާ ކަމަށެވެ. 

 

ތިން މަހަށް ޖަލަށްލުމަށް ހުކުމްކުރި  މީހުން:

1. މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު، ޝިފާ މުހައްމަދު

2. ޏ. ފުވައްމުލައް، މިސްކިތްމަގު، ދޯނާޑު، ޒަހުރާ މޫސާ

3. މ. ނިވްހިލްމަން، ޝަމީމާ އާދަމްފުޅު

4. ހ. ވެޔޮވިލާ، ޝަފިއްއާ ޒުބައިރު

5. މއ. ނާރިނގުގޭ، މުހައްމަދު އިބްރާހީމް މަނިކު

6. ސ. ހުޅުދޫ ކަޅުމަގިގޭ، މަރިޔަމް ޒުބައިރު

7. ސ. ހިތަދޫ ޝެޑިއުލަސް، ޚަދީޖާ ޝާދިޔާ

8. މާލޭ ދަފްތަރު 5866 ފާތިމަތު ރަޝީދު

9. ހ. ޓިވެގާލައިޓް، ފަރީޝާ އަހްމަދު

10. މ. ތަންތާރަ، އާމިނަތު ޒިމްނާ

11. ގ. އާކާޝްވިލާ، އާމިނަތު ޒާހިރާ

12. ގ. ދުވާފަރު، އާއިޝަތު މަމްދޫހާ

13. މއ. ބީޗްހައުސް، އާމިނަތު ދުމައިނާ އިރުޝާދު

14. މ. ފެހިފަތް، ޔުމްނާ

 

އެމީހުންގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ ސުލްހަވެރިކަމާ އެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ 24 ވަނަ މާއްދާގެ ހަތް ވަނަ ނަންބަރާ ހަވާލާދީ ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ.

އެމައްސަލަ ބަލައި ނިންމައި މިދިޔަ އަހަރު މާރޗް މަހުގެ ތެރޭގައި ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ މައްސަލާގައި ދައުވާ ލިބޭ 15 މީހުންގެ ތެރެއިން މީގެ ކުރިން އެއްވެސް ޝަރީއަތުގެ މަޖިލީހަކަށް ހާޒިރުވެފައި ނުވާ  މ. ނިރޮޅު އާމިނަތު ޝާނީޒު ސައީދުގެ މައްސަލަ ބެލިފައިނުވާ ކަމަށެވެ.

އެ މީހުންގެ ގާނޫނީ ވަކީލް ނާޒިމް ސައްތާރު ހައި ކޯޓުގައި ކުރިން ވިދާޅުވެފައި ވަނީ އެ މީހުންގެ މަށްޗަށް ކުށް ސާބިތު ކޮށްފައި ވަނީ އެންމެ ފުލުހަކު ދިން ހެކި ބަހުގެ މައްޗަށް ބިނާ ކޮށްގެން ކަމަށާއި އަދި އެ މީހުން އެއާޕޯޓުގައި މުޒާހަރާ ކުރި ކަމަށް ކޯޓުގައި ހެކި ބަސް ދީފައި ވަނީ އެންމެ މީހެއް ކަމަށެވެ. 

ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގައި ވާގޮތުން ގާނޫނު މަނާކުރާ ތަނަކަށް އެއްވެވޭނީ ފުލުހުންގެ ހުއްދަ ލިބިގެންނެވެ. އެއާޕޯޓުގައި މުޒާހަރާ ކުރި މީހުން އެތަނަށް އެއްވީ ފުލުހުންގެ ހުއްދަ ލިބިގެންކަން ދައްކުވައިދޭ އެއްވެސް އެއްޗެއް ހެކިންގެ ހެކިބަހުންވެސް އެނގެން ނެތް ކަމަށް ކުރި ހުކުމުގައި ވަނީ ބުނެފަ އެވެ. އަދި ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަސް ނަފީ ކުރެވޭނެ ފަދަ ދިފާއީ އެއްވެސް ހެއްކެއް ހުށަހެޅިފައި ނުވާ ކަމަށް ހުކުމުގައިވެ އެވެ.

ތިންމަސް ދުވަހަށް ޖަލަށްލާން ހުކުމް ކުރި ނަމަވެސް އެ ހުކުމް ތަންފީޒު ކުރާނީ ތިން އަހަރު ފަހުން ކަމަށް ގާޒީ ވަނީ ކަނޑައަޅާފަ އެވެ. އަދި އެމުއްދަތުގެ ތެރޭގައި ކުށެއް ކުރިކަން އެއްވެސް ޝަރީއަތަކަށް ސާބިތުވެއްޖެ ނަމަ ޖަލު ހުކުމް ތަންފީޒުކުރަން ޖެހޭ ގޮތަށް ވެސް ވަނީ ކަނޑައަޅާފަ އެވެ.

އެއާޕޯޓުގައި މުޒާހަރާ ކުރި މީހުން ތިންމަސް ދުވަހަށް ޖަލަށްލާން ހުކުމް ކޮށްފައިވަނީ ކުރީގެ ގާނޫނުލްއުގޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ. ނަމަވެސް މިހާރުގެ ގާނޫނުލްއުގޫބާތުގައި ލުއި އަދަބެއް ކަނޑައަޅާފައިވާތީ ކުރީގެ ގާނޫނުލްއުގޫބާތުގައި ބުނާ ހަމަސް ދުވަހުގެ ޖަލު ހުކުމް ތިން މަސް ދުވަހަށް ކުޑަކުރީ ކަމަށް ކްރިމިނަލް ކޯޓުގެ ގާޒީ އޭރު ވިދާޅުވެފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
25 އޮކްޓޯބަރ 2017 | ބުދަ 16:30
ޖާދު
ވަރަށް ސަޅި ހުކުމެއް އަލްހަމްދުއްލިއްލާހި ޝުކުރު