ކ. މާލެ
|
25 އޮކްޓޯބަރ 2017 | ބުދަ 10:01
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާކުރާ މާލަން (ފައިލް ފޮޓޯ)
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާކުރާ މާލަން (ފައިލް ފޮޓޯ)
ގޫގުލް
ރައްޔިތުންގެ މަޖިލިސް
ސަޕްލިމެންޓްރީ ބަޖެޓް: އިދިކޮޅު މެމްބަރުން ބަޖެޓް ބަހުސް ބޮއިކޮޓް ކޮށްފި
މިއަދު ބަހުސް ކުރަމުންދަނީ ސަޕްލިމެންޓްރީ ބަޖެޓަށް
ބަޖެޓް ފާސްކުރުމަށް ބޭނުންވަނީ ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަޣްލަބިއްޔަތު
މިއަދުގެ ޖަލްސާގައި ގިނަ މެމްބަރުން ބައިވެރިވެވަޑައެއް ނުގަންނަވާ

ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާ ގުޅިފައިވާ އިދިކޮޅު ސިޔާސީ ފާޓީތަކުގެ މެމްބަރުން ބޮއިކޮޓް ކޮށްފި އެވެ.

ބުދަ ދުވަހުގެ ޖަލްސާއަށް އެޖެންޑަ ކޮށްފައި ވަނީ ސަރުކާރުން މަޖިލީހަށް ހުށަހަޅަފައިވާ 493 މިލިއަން ރުފިޔާގެ ބަޖެޓަށް ބަހުސް ކުރުމެވެ.

ދައުލަތުގެ ޚަރަދު އިތުރުކޮށް، މި ހިނގާ 2017 ވަނަ އަހަރުގެ ބަޖެޓަށް 493 މިލިއަން ރުފިޔާ އިތުރު ކުރުމަށްޓަކައި ސަޕްލިމެންޓްރީ ބަޖެޓް މަޖިލީހަށް ހުށަހަޅުއްވައި ދެއްވީ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާގައި ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރެވެ. 

ބުދަ ދުވަހުގެ ޖަލްސާގައި އިދިކޮޅު މެމްބަރުން ބައިވެރި ވަޑައެއްނުގަންނަވަ އެވެ. 

ނަމަވެސް ސަރުކާރު ކޯލިޝަނުގެ މެމްބަރު ޖަލްސާގައި ބައިވެރިވެ ސަޕްލިމެންޓްރީ ބަޖެޓަށް ބަހުސް ކުރިއަށްދާއިރު، ބޮޑަށް ވާހަކަތައް އަމާޒު ކޮށްފައިވަނީ އިދިކޮޅު ފަރާތްތަކަށް ބަހުގެ ހަމަލާތައް ދިނުމުގަ އެވެ. އަދި ސަޕްލިމެންޓްރީ ބަޖެޓާ ގުޅިގެން ރައީސް އަބްދުﷲ ޔާމީނަށް ސަނާކިޔުން ވެސް ކުރިއަށް ދެއެވެ.

ސަޕްލިމެންޓްރީ ބަޖެޓަށް މެމްބަރުން ބަހުސް ކުރުމަށް ކޮންމެ މެމްބަރަކަށް ވެސް ހަތް މިނެޓްގެ ވަގުތުކޮޅެއް ދިނުމަށް ވަނީ ނިންމާފަ އެވެ. 

ސަޕްލިމެންޓްރީ ބަޖެޓްގައި 493 މިލިއަން ރުފިޔާ ހިމެނޭއިރު، 330 މިލިއަން ރުފިޔާ ހިނެމެނީ އެންސްޕާ އާއި އާސަންދައަށެވެ. ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވާތީ، އެ ދާއިރާތަކުގެ ބައި-އިލެކްޝަންތައް ބޭއްވުމަށްޓަކައި ސަޕްލިމެންޓްރީ ބަޖެޓުގައި 26 މިލިއަން ރުފިޔާ ވެސް ހިމަނާފައި ވެއެވެ. 

 އިދިކޮޅު މެމްބަރުން ސަޕްލިމެންޓްރީ ބަޖެޓް ފާސްކުރުމަށް ވޯޓު ނުދިން ނަމަވެސް ސަރުކާރަށް ނިސްބަތްވާ މެމްބަރުންގެ ވޯޓުން ސަޕްލިމެންޓްރީ ބަޖެޓް ފާސްކުރުމަކީ ގަބޫލު ކުރެވޭ ކަމެކެވެ. އެއީ ސަޕްލިމެންޓްރީ ބަޖެޓް ފާސްކުރުމަށް ބޭނުންވަނީ ވޯޓްގައި ބައިވެރިވެވަޑައިގަންނަވާ މެމްބަރުންގެ އަޣްލަބިއްޔަތެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް