ކ. މާލެ
|
25 އޮކްޓޯބަރ 2017 | ބުދަ 09:52
ވިލިމާލޭގައި ކުނި ނައްތާލުމުގެ މަސައްކަތުގައި ހަރަކާތްތެރިވާނެ މީހުން ހޯދުމަށް ވެމްކޯ އިން ބޭއްވި އޯޕަން ޑޭގެ ތެރެއިން
ވިލިމާލޭގައި ކުނި ނައްތާލުމުގެ މަސައްކަތުގައި ހަރަކާތްތެރިވާނެ މީހުން ހޯދުމަށް ވެމްކޯ އިން ބޭއްވި އޯޕަން ޑޭގެ ތެރެއިން
އަޒުމޫން އަހުމަދު
ވެމްކޯ
ވެމްކޯގެ އިން އެސްއެމްއެސް މެދުވެރިކޮށް ބިލް ފޮނުވުމަށް ނިންމައިފި
އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހުން ފެށިގެން އެސްއެމްއެސް ފޮނުވާނެ
ބިލްގައި މައްސަލައެއް ވާނަމަ ޝަކުވާ ހުށަހެޅުމަށް ހަތް ދުވަހުގެ މުއްދަތެއް ލިބޭނެ

ވެމްކޯގެ ކުނިނެގުމުގެ ޙިދުމަތަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެސްއެމްއެސް މެދުވެރިކޮށް ފަހަރަކު ބެޗަކަށް ބިލް ފޮނުވުމަށް ނިންމާފައިވާ ކަމަށް ވެމްކޯއިން ބުނެފިއެވެ. 

ވެމްކޯއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އޮކްޓޫބަރު މަހުގެ ނިޔަލަށް ވެމްކޯގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހުން ފެށިގެން ދެ އެސްއެމްއެސްއެއް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށެވެ. 

އެގޮތުން ފުރަތަމަ އެސްއެމްއެސްއަކީ ވެމްކޯގެ ހިދުމަތުގެ ބިލްގެ އެސްއެމްއެސް ކަމަށް ނޫސް ބަޔާނުގައި ބުނެފައި ވެއެވެ. އަދި ދެ ވަނަ އެސްެމްއެސްއަކީ އެ ބިލާ ގުޅޭ ގޮތުން ޝަކުވާ އެއްވާ ނަމަ ޝަކުވާ ހުށަހަޅާނެ ގޮތް އަންގައިދޭ އެސްއެމްއެސް ކަމށް ވެމްކޯގެ ނޫސް ބަޔާނުގައި ބުނެފައި ވެއެވެ. 

ބިލާ ގުޅޭ ގޮތުން އެއްވެސް ޝަކުވާއެއް ވާނަމަ، ޝަކުވާ ހުށަހަޅާ ފޯމު ފުރިހަމަ ކުރުމަށް ފަހު އިންޑަސްޓްރިއަލް ވިލެޖުގެ ވެމްކޯގެ ސައިޓަށް ނުވަތަ އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް ވެމްކޯގެ ނޫސް ބަޔާނުގައި ބުނެފައި ވެއެވެ. އަދި ޝަކުވާ ހުށަހަޅާ ފޯމް ވެމްކޯ ހެޑް އޮފީސް ނުވަތަ އިންޑަސްޓްރިއަލްވިލެޖް އަދި ވެމްކޯގެ ވެބްސައިޓުން ލިބޭނެ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ. 

ވެމްކޯގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި އެސްއެމްއެސް ފޮނުވާތާ ހަތް ދުވަހުގެ ތެރޭގައި ޝަކުވާ ހުށަހަޅަން ޖެހޭނެއެވެ. އަދި ހުށަހަޅާ ޝަކުވާ އަށް 14 ދުވަސް ތެރޭގައި ޖަވާބް ދޭނެ ކަމަށް ވެމްކޯގެ ބަޔާނުގައި ބުނެފައި ވެއެވެ. 

މީގެ އިތުރުން ވެމްކޯގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި އެސްއެމްއެސް ލިބުމުން އިންޑަސްޓްރިއަލް ވިލެޖްގެ ވެމްކޯގެ ސައިޓަށް އައިސް  ބިލް ދެއްކޭނެއެވެ. އަދި އިންޑަސްޓްރީއަލް ވިލެޖް ހުޅުވާފައި ހުންނާނީ ހުކުރާއި ހޮނިހިރު ދުވަސް ފިޔަވައި އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހެނދުނު 9:00 އިން ފެށިގެން 15:00 އަށެވެ. އަދި ހޮނިހިރު ދުވަހު 10:00 އިން ފެށިގެން 14:00 އާ ހަމައަށް ބިލަށް ފައިސާ ދެއްކުމާ ގުޅޭ ގޮތުން އެއްވެސް ފަރާތެއްގެ ޝަކުވާއެއް ވާނަމަ ވެމްކޯގެ ހޮޓްލައިން 1666 އަށް ގުޅުމުން މައުކޫމާތު ސާފުވާނެ ކަމަށް ވެމްކޯގެ ބަޔާނުގައި ބުނެފައި ވެއެވެ.  

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް