ކ. މާލެ
|
24 އޮކްޓޯބަރ 2017 | އަންގާރަ 23:00
އެތައްހާސް ރޮހިންޖާ މުސްލިމުން ވަނީ މިޔަންމާ ދޫކޮށްދާން ޖެހިފައި
އެތައްހާސް ރޮހިންޖާ މުސްލިމުން ވަނީ މިޔަންމާ ދޫކޮށްދާން ޖެހިފައި
ގޫގުލް
ރޮހިންޖާ މުސްލިމުން
ރޮހިންޖާ މުސްލިމުންނާ މެދު އަނިޔާވެރި އަމަލު ހިންގި ފަރާތްތަކާ ދެކޮޅަށް އެމެރިކާ އިން ފިޔަވަޅު އަޅަނީ
އެމެރިކާ އިން މިހެން ބުނެފައި ވަނީ ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި

 

މިޔަންމާގެ ރޮހިންޖާ މުސްލިމުންނާ މެދު އެގައުމުގެ ކަމާބެހޭ ފަަރާތްތަކުން ހިންގާފައިވާ "އަނިޔާވެރި އަމަލުތަކާ" ގުޅިގެން އެމެރިކާ އިން އެ ފާރަތްތަކާ ދެކޮޅަަށް ދަތިކުރުމުގެ ފިޔަވަޅުއަޅަން ވިސްަނަމުންދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނީ މިޔަންމާގެ ރަކައިން ސްޓޭޓުގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކާ ގުޅިގެން އެކަމުގެ ފަހަތުގައި ތިބި އިސްފަރާތްތަކާ ނުވަތަ ގްރޫޕްތަކާ ދެކޮޅަށް އެމެރިކާ އިން އިންސާނީ ހައްގުތަކާ ގުޅޭ ގާނޫނެއްގެ ތެރެއިން ފިޔަވަޅު އަޅާފާނެ ކަމަށެވެ. އަދި ފާއިތުވި ދުވަސްތަކުގައި މިޔަންމާގެ އަސްކަރިއްޔާ އިން ހިންގި އަމަލުތަކާ މެދު ނުހަނު ކަންބޮޑުވާ ކަަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ. އަދި އަނިޔާވެރި އަމަލު ހިންގުމުގައި މިޔަންމާގެ ކަމާބެހޭ ފަރާތްތަކުގެ އިތުރަށް، ގައުމުން ބޭރު ފަރާތްތައް ހިމެނޭ ނަމަ އެފަދަ ފަރާތްތަކާ ދެކޮޅަށް ވެސް ފިޔަވަޅު އެޅުމަކީ މުހިންމު ކަމެއް ކަމަށް ބަޔާނުގައި ވެއެވެ. 

އޯގަސްޓް މަހު ފަހުކޮޅުން ފެށިގެން މިޔަންމާގެ އަސްކަރިއްޔާ އިން ވަނީ މިޔަންމާގެ ރޮހިންޖާ  މުސްލިމުންނާ ދެކޮޅަށް އާ އޮޕަރޭޝަނެއް ފަށާފައެވެ. މިޔަމަންމާގެ މުސްލިމުންނާ ދެކޮޅަށް އެގައުމުގެ ސަރުކާރުން ބާރުދީގެން، އަސްކަރިއްޔާއިން ދަނީ ބާރުގެ ބޭނުންކޮށް، މުސްލިމުން ގެދޮރުން ފައްސާލައި، ބައެއް މީހުން މަރައި، އަދި އަންހެން ކުދިންގެ އިއްފަަތް ފޭރިގަންނަމުންނެވެ. މިޔަންމާގެ އަސްކަރިއްޔާއިން ފަށާފައިވާ  އޮޕަރޭޝަނާ ބެހޭ ގޮތުން އދ. އިން ބުނެފައި ވަނީ އެއީ "ނަސްލެއް ނައްތާލުމުގެ" އޮޕަރޭޝަނެއް ކަމަށެވެ. އޯގަސްޓް މަހު ފަހުކޮޅުން ފެށިގެން މިޔަންމާގެ އަސްކަރިއްޔާ އިން ހިންގާ ލާއިންސާނީ އަމަލުތަކުން ސަލާމަތްވުމަށް މިހާތަނަށް 500،000 އަށް ވުރެ ގިނަ ރޮހިންޖާ މުސްލިމުން ބަންގްލަދޭޝްއަށް ހިޖުރަ ކޮށްފައި ވެއެވެ.

އޯގަސްޓް މަހު ފަހުކޮޅުން ފެށިގެން މިޔަންމާގެ އަސްކަރިއްޔާ އިން އެގައުމުގެ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތަކުން ސަލާމަތްވުމަށް ބަންގްލަދޭޝްއަށް ދިޔަ މުސްލިމުން އެނބުރި މިޔަންމާ އަށް އަޔަނުދިނުމަށްޓަކައި މިޔަންމާގެ އަސްކަރިއްޔާ އިން "ތަރުތީބުވެގެން، ކޯޑިނޭޓެޑް ކުރެވިގެން އަދި ސިސްޓަމެޓިކް" ގޮތެއެްގައި މަސައްކަތް ކޮށްފައިވާ ކަމަށް ވެސް އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން ދާދިފަހުން ވަނީ ބުނެފައެވެ.

 

 

 

- ކޮމެންޓް