ކ. މާލެ
|
24 އޮކްޓޯބަރ 2017 | އަންގާރަ 13:49
އެ ޓައުން އައިއެސްގެ އަތްދަށަށް ގެންދިޔައީ އޮކްޓޯބަރު މަހުގެ ކުރީކޮޅު
އެ ޓައުން އައިއެސްގެ އަތްދަށަށް ގެންދިޔައީ އޮކްޓޯބަރު މަހުގެ ކުރީކޮޅު
އަލްޖަޒީރާ
ސީރިޔާ ހަނގުރާމަ
ޤަރްޔަތައިން ޓައުންގައި އައިއެސްއިން އެތައްބަޔަކު މަރާފައިވާ ކަމަށް މޮނިޓަރުން ބުނެފި
ޤަރްޔަތައިން ޓައުން އައިއެސްގެ އަތްދަށުން އަތުލާފައިވަނީ ހުކުރު ދުވަހު
އެ ޓައުންއިން 128 މީހުން މަރާފައިވާކަމަށް ބުނޭ
އެ ޓައުން އައިއެސްގަ އަތްދަށަށް ގެންދިޔައީ އޮކްޓޯބަރު މަހުގެ ކުރީކޮޅު

ސީރިޔާގެ މެދުތެރޭގައި އައިއެސްއިން މީގެ ދުވަސް ކޮޅެއް ކުރިން ތިބި ޓައުންގައި އެ ޖަމާއަތުން އެތައް ބަޔަކު މަރާފައިވާ ކަމަށް މޮނިޓަރ ކުރާ ގްރޫޕަކާއި އެގައުމުގެ އެކްޓިވިސްޓުން ބުނެފިއެވެ.

އިސްލާމިކް ސްޓޭޓް އޮފް އިރާގް އެންޑް ލެވަންޓް ނުވަތަ އައިއެސްގެ ނަންބޯޑް އަޅުވައިގެން އުޅޭ ޓެރެރިސްޓް ޖަމާއަތުން އޮކްޓޯބަރު މަހުގެ ކުރީކޮޅު ހިފި އަލް ޤަރްޔަތައިން ޓައުން، ސީރިޔާގެ ރައީސް ބަޝާރުލް އަސަދުގެ ސަރުކާރަށް ވަފާތެރި ފައުޖުތަކުން މިދިޔަ ހޮނިހިރު ދުވަހު ވަނީ ހިފާފައެވެ.

އިނގިރޭސިވިޔލާތުގައި ގާއިމްވެފައިވާ ސީރިޔަން އޮބްޒވޭޓަރީ ފޮރ ހިއުމަން ރައިޓްސް އިންވަނީ ހޮމްސް ޕްރޮވިންސްގެ އެ ޓައުނުން މިދިޔަ ހުކުރު ދުވަހު އައިސްގެ ހަނގުރާމަވެރިން ބޭރުކޮށްލުމުގެ ކުރިން އެ ދިޔަ ތިން ހަފްތާގެ ތެރޭގައި 128 މީހުން މަރާލަފައިވާ ކަމަށް ބުނެފައެވެ.

އެ ޖަމާއަތުން ބުނި ގޮތުގައި އާއްމު ރައްޔިތުން މަރާފައި ވަނީ ސީރިޔާގެ ސަރުކާރާ ގުޅުން އޮންނަ ކަމަށް ތުހުމަތުކޮށެވެ.

ޕަލްމީރާ ކޯޑިނޭޝަން ކޮމިޓީގެ މެމްބަރު، މުހައްމަދު އަލް-ހޮމްސީ އަލް ޖަޒީރާގައި ބުނީ މަރުވި ކަމަށް ކަށަވަރު ވެފައިވާ 90 މީހުން ހިމެނޭ ގޮތުން ތައްޔާރު ކުރެވިފައިވާ ލިސްޓެއް ވަރަށް އަވަހަށް ނެރޭނެ ކަމަށެވެ.

"އެކަމަށް ކުޑަވަގުތުކޮޅެއް ނަގާ ސަބަބަކީ އަޅުގަނޑުމެން ބޭނުންވޭ މާރާލެވުނު މީހުންގެ ނަންތައް ޑަބަލް ޗެކް ކުރަން" އަލް ހޮސްމްސީ ބުންޏެވެ.

ޒަޚަމްވި ގިނަ މީހުންނަކީ ފިރެހެނުން ކަމަށާއި ނަމަވެސް އޭގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނޭ ކަމަށް އޭނާ ބުންޏެވެ.

ސީރިޔާގެ ސަރަހައްދީ ރޮނގުގެ ކައިރީގައި އޮން ތުރުކީގެ ސިޓީއެއް ކަމަށްވާ ގަޒިއަންޓެޕްގައި ހުރި އަލްޖަޒީރާގެ ހާޝިމް އަހިލްބައްރާ ބުނި ގޮތުގައި ޤަރްޔަތައިންގައި، އެތައްހާސް އާއްމު ރައްޔިތުން އެމީހުންގެ ރައްކާތެރިކަމާމެދު ބިރުވެރިކަން އުފެދި ޓައުން ދޫކޮށް ދާން އުޅުމުން އައިއެސްއިން ވަނީ ހުރަސް އަޅާފައެވެ.

އޭނާ ބުނި ގޮތުގައި އަވަށް ދޫކޮށް ދާން އުޅުނު ބައެއް މީހުން އައިއެސްއިން ވަނީ މަރާލާފައެވެ.

އަހިލްބައްރާ ބުނީ އިދިކޮޅު އެކްޓިވިސްޓުންނާއި އެމީހުންގެ އާއިލާތަކުގެ މީހުން ގަރްޔަންޓައިންގައި މަރާލާފައިވާ ކަމަށެވެ.

"މިއީ އައިއެސް ހަނގުރާމަވެރިންގެ ބަދަލުހިފުމުގެ އަމަލެއް"ކަމަށް އޭނާ ބުނެއެވެ.

 

ހަމައެއާއެކު އައިއެސްއާ ގުޅުން އޮންނަ ކަމަށް ތުހުމަތުކޮށް ސަރުކާރުން ވެސް އެ ޓައުންގައި އާއްމުން މަރާފައިވާކަމަށް ޚަބަރު ލިބިފައިވާކަމަށް އޭނާ ބުނެއެވެ.

- ކޮމެންޓް