ކ. މާލެ
|
24 އޮކްޓޯބަރ 2017 | އަންގާރަ 08:33
ޓެގް އެޅުވުމަށް ފަހު އެ މީހުން އުޅޭ ނޫޅޭ ގޮތް ބަލައި، މޮނިޓަރ ކުރެވޭނެ
ޓެގް އެޅުވުމަށް ފަހު އެ މީހުން އުޅޭ ނޫޅޭ ގޮތް ބަލައި، މޮނިޓަރ ކުރެވޭނެ
ޕޮލިސް
މޮނިކޮން އަމުރު
ހަތް މީހެއްގެ ފައިގައި ޓެގް އަޅުވައިފި، ޓެގް އަޅުވަން ދެ މީހަކު ހޯދަނީ!
މޮނިކޮން އަމުރުގެ ދަށުން މިފަހަރު ޓެގް އަޅުވާ ނުވަ މީހުން ނިސްބަތްވަނީ ހަތަރު ގްރޫޕަކަށް
ހަތްމީހެއްގެ މައްޗަށް އެ އަމުރު ތަންފީޒު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައި
މޮނިކޮން އަމުރަކާ ޚިލާފުވެއްޖެނަމަ ގިނަވެގެން 18 މަސް ދުވަހަށް ގޭބަންދު ނުވަތަ ޖަލަށް

މޮނިޓަރ އެންޑް ކޮންޓްރޯލް(މޮނިކަން) އަމުރު ނެރެފައިވާ ނުވަ މީހުންގެ ތެރެއިން ހަތް މީހެއްގެ މައްޗަށް އެ އަމުރު ތަންފީޒު ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

އާދީއްތަ ދުވަހުގެ ރޭ ފުލުހުން ބުނީ މޮނިކޮން އަމުރުގެ ދަށުން ހަތް މީހެއް ބަލަހައްޓަމުންދާކަން ޔަގީންކޮށް ދޭ ކަމަށެވެ. އަދި އަމުރު ތަންފީޒު ކުރެވޭ ވަރަކުން އިތުރު މައުލޫމާތު ހިއްސާ ކުރާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނުވަ މީހުންގެ މައްޗަށް މޮނިކަން އަމުރު ހައިކޯޓުން ނެރެފައިވާ އިރު، ޓެގް ނޭޅުވި ތިބި ދެ މީހުންނަށް ވީނުވީއެއް ނޭނގިގެން އެ މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

މިކަމާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ބުނުމަށް ފުލުހުން ވަނީ ދެކޮޅު ހަދާފަ އެވެ.

މި ނުވަ މީހުންގެ މައްޗަށް މޮނިކޮން އަމުރު ނެރެދިނުމަށް އެދި ހައިކޯޓަށް ފުލުހުން ހުށަހެޅީ މިމަހުގެ 10 ވަނަ ދުވަހު އެވެ. މޮނިކޮން އަމުރާ ގުޅޭ ގޮތުން ހޯމް މިނިސްޓަރަށް ލަފާ އަރުވާ ކޮމެޓީއިން ނުވަ މީހުންގެ މައްޗަށް އަމުރު ހޯދުމަށް ނިންމާފައި ވަނީ މިމަހުގެ 1 ވަނަ ދުވަހު އެވެ.

މޮނިކޮން އަމުރެއް ނެރެދިނުމަށް އެދި ހުށަހެޅުމެއް ކޯޓަށް ލިބޭތާ 24 ގަޑިއިރުގެ ތެރޭގައި، އަޑު އެހުމެއް ބާއްވައި އެހުށަހެޅުމަކާ މެދު ވަކިގޮތެއް ނިންމަންޖެހެ އެވެ. ހައިކޯޓުން އަމުރު ނެރުނު ދުވަސް ސާފު ކުރެވޭ ގޮތް ވަނީ ނުވެފަ އެވެ.

މާރާމާރީ ހުއްޓުވުމަށް އަމާޒު ކޮށްގެން ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ 29 ވަނަ މާއްދާގެ ދަށުން މޮނިކޮން އަމުރު ނެރެން ފެށީ 2016 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައި، ހޯމް މިނިސްޓަރަކަށް އުމަރު ނަސީރު ހުންނެވި ދުވަސްވަރެވެ. އެފަހަރު 20 މީހެއްގެ ފައިގައި ޓެގް އަޅުވައި، ގަވާއިދުން އެމީހުންގެ ހަރަކާތްތައް ބަލާފައިވެއެވެ.

މޮނިޓަކޮށް ކޮންޓްރޯލް ކުރުމަށް ނެރޭ އަމުރެއްގެ މުއްދަތަކީ އެއް އަހަރު ދުވަހެވެ.

މޮނިކޮން އަމުރެއްގެ ދަށުން ފިޔަވަޅު އަޅާފައިހުރި މީހަކު، އެކަށީގެންވާ ސަބަބެއް ނެތި، މޮނިކޮން އަމުރުގެ އެއްވެސް ފިޔަވަޅަކާ ހިލާފްވެއްޖެ ނަމަ އެމީހަކު އެކުރީ ޖިނާއީ ކުށެކެވެ. އެ ކުށުގެ އަދަބަކީ ގިނަވެގެން 18 މަސްދުވަސް ގޭބަންދުކުރުން ނުވަތަ ޖަލަށްލުމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް