ކ. މާލެ
|
24 އޮކްޓޯބަރ 2017 | އަންގާރަ 05:41
އެމްޑީޕީގެ ނައިބުރައީސް މުޙައްމަދު ޝިފާޒް - ރައްޔިތުންނަށް ލިބޭނީ ރައްޔިތުން ހޯދިއެއްޗެއް ކަމަށާ، އެކަމުގައި ރައްޔިތުން ޖެހޭނީ ފަހަށް ނުޖެހި ބާރަށް ކުރިއަށްދާން ކަމަށް ވިދާޅުވި
އެމްޑީޕީގެ ނައިބުރައީސް މުޙައްމަދު ޝިފާޒް - ރައްޔިތުންނަށް ލިބޭނީ ރައްޔިތުން ހޯދިއެއްޗެއް ކަމަށާ، އެކަމުގައި ރައްޔިތުން ޖެހޭނީ ފަހަށް ނުޖެހި ބާރަށް ކުރިއަށްދާން ކަމަށް ވިދާޅުވި
ފާތިމަތު ޝަނާ މުހައްމަދު
ހަރުގެ ޖަލްސާ
މަޑުއްވަރީ ރައްޔިތުން ތިބީ މަޖިލީހުގައި ވަކާލާތު ކުރުމުގެ ފުރުޞަތު ނެތި، ރައްޔިތުން މުޒާހަރާއަށް ނުކުންނަވާ: ޝިފާޒް
ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅުތައް މަތިން ހަނދުމަފުޅު ނައްތަވާލައްވާފަ
ރައްޔިތުންނަށް ލިބޭނީ ރައްޔިތުން ހޯދިއެއްޗެއް، ރައްޔިތުން ޖެހޭނީ ފަހަށް ނުޖެހި ބާރަށް ކުރިއަށްދާން
ރައީސް ޔާމީން ކުރައްވާ މަސައްކަތްޕުޅާއި، އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތް ވަރަށް ބޮޑަށް ތަފާތު

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ރ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އަންގާރަ ދުވަހު އެ އަތޮޅު މަޑުއްވަރިއަށް ވަޑައިގަންނަވާއިރު، މަޑުއްވަރީ ދާއިރާގެ ރައްޔިތުން ތިބީ މަޖިލިސްމެންބަރަކު ނެތިފައި ކަމަށާ،އެހެންކަމުން ރައްޔިތުން ނުކުމެ، ރައީސް ޔާމީނާއި ދެކޮޅަށް އަޑު އުފުލުމަށް އިދިކޮޅު އެމްޑީޕީގެ ނައިބުރައީސް މުޙައްމަދު ޝިފާޒް ގޮވާލައްވައިފިއެވެ.

ހޯމަ ދުވަހުގެރޭ އެމްޑީޕީ ހަރުގޭގައި ބޭއްވި ޖައްސާގައި ވާހަކަ ދައްކަވަމުން ޝިފާޒް ވިދާޅުވީ، މަޑުއްވަރީ ދާއިރާގެ ރައްޔިތުން ތިބީ ރައްޔިތުންގެ މަޖިލީހުގައި އެ ރައްޔިތުން ތަމްޞީލުކުރާނެ މެންބަރަކު ނުލިބި ކަމަށާ، އެ ރައްޔިތުންގެ ޙައްޤުގައި މަޖިލީހުގައި ވަކާލާތުކުރުމުގެ ފުރުޞަތު ނުލިބި ކަމަށެވެ. ކަންމިހެން އޮތުމުން، ރައްޔިތުން ނުކުމެ ފާޅުގައި މުޒާހަރާއަށް ކުރިމަތިލުމަށް ޝިފާޒް ވަނީ ގޮވާލައްވާފައެވެ.

ޝިފާޒް ވިދާޅުވީ ރައްޔިތުންނަށް ލިބޭނީ ރައްޔިތުން ހޯދިއެއްޗެއް ކަމަށާ، އެކަމުގައި ރައްޔިތުން ޖެހޭނީ ފަހަށް ނުޖެހި ބާރަށް ކުރިއަށްދާން ކަމަށެވެ.

ހަތަރު ޕާޓީގެ ސިޔާސީ ލީދަރުން އެއްގަލަށް އަރާވަޑައިގެން މިހާރު ކުރައްވަމުން ގެންދަވާ ކަންކަމުން، ފަސޭހަކަމާއިއެކު ރާއްޖެ ސަލާމަތް ކުރެވޭނެ ކަން ފާހަގަކުރައްވާ ޝިފާޒް ވިދާޅުވީ، ރައީސް ޔާމީން ކުރައްވާ މަސައްކަތްޕުޅާއި، އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތް ވަރަށް ބޮޑަށް ތަފާތު ކަމަށެވެ.

ހޯމަ ދުވަހުގެރޭގެ ޖަލްސާގައި ޝިފާޒް ވަނީ ރައީސް ޔާމީން އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅުތައް މަތިން ހަނދުމަފުޅު ނައްތަވާލައްވާފައިވާ ކަމަށް ވިދާޅުވެފައެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް