ކ. މާލެ
|
23 އޮކްޓޯބަރ 2017 | ހޯމަ 22:48
މީޑިއާނެޓްގެ އޮފީސް
މީޑިއާނެޓްގެ އޮފީސް
ޓްވިޓަރ
މީޑިއާނެޓް
މީޑިއާނެޓް އިން އާ ތިން ޕްރިމިއަމް ޗެނަލް ތައާރަފުކޮށްފި
ތިން ޗެނަލްގެ ތެރެއިން ދެ ޗެނަލް ހުރިހާ ކަސްޓަމަރުންނަށް ހިލޭ ލިބޭނެ

މީޑިއާނެޓުން އާ ތިން ޕްރިމިއަމް ޗެނަލް ތައާރަފުކޮށްފިއެވެ.

މީޑިއާނެޓުން ތައާރަފުކޮށްފައިވާ ތިން ޗެނަލަކީ "ބީބީސީ އާތު"، "ސޮނީ ޓެން 3 އެޗްޑީ" އާއި "ސޮނީ ޕިކްސް" ޗެނަލެވެ.

"ބީބީސީ އާތު" ޗެނަލަކީ އިންފޮޓެއިންމަންޓް ޗެނަލަކަށްވާއިރު "ސޮނީ ޓެން 3 އެޗްޑީ" ޗެނަލަކީ ކުޅިވަރުގެ ޗެނަކެވެ. އަދި "ސޮނީ ޕިކްސް" އަކީ އެންމެ ފަހުގެ އިނގިރޭސި ފިލްމުތައް ދައްކުވައިދޭ ޗެނަލެކެވެ.

މީޑިއާނެޓްގެ އެސިސްޓަންޓް މެނޭޖަރ ޕަބްލިކް ރިލޭޝަންސް ޝިއުނާ ހަމީދު ވިދާޅުވީ މި ވަގުތު ހުރިހާ ކަސްޓަމަރުންނަށް "ބީބީސީ އާތު"  އާއި "ސޮނީ ޕިކްސް"ގެ ޗެނަލް ލިބޭނެ ކަމަށެވެ.

މިޑިއާނެޓްގެ ފަރާތުން މާލޭސިޓީގެ އިތުރުން ވަރަށް ގިނަ ރަށްތަކުގައި ކޭބަލްގެ ޙިދުމަތް ފޯރުކޮށްދެއެވެ.

      

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
50%
0%
50%
0%
0%
ކޮމެންޓް