ކ. މާލެ
|
23 އޮކްޓޯބަރ 2017 | ހޯމަ 20:33
ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އެމްޕީއެލް އިން ވަޒީފާ ދިނުމަށް ބޭއްވި ރަސްމިއްޔާތު
ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އެމްޕީއެލް އިން ވަޒީފާ ދިނުމަށް ބޭއްވި ރަސްމިއްޔާތު
ރާއްޖެއެމްވީ
އެމްޕީއެލްގެ ސީއެސްއާރު
ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހިލޭ ދަތުރު ކޮށްދިނުމުގެ ފުރުސަތު އެމްޕީއެލް އިން ހުޅުވާލައިފި
އައްޑޫ ސިޓީ އާއި ފުވައްމުލަކުގައި ވެސް ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް ހިލޭ ދަތުރު ކުރެވޭނެ
ނޮވެމްބަރު އެކަކުން ފެށިގެން ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވޭ

ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދަތުރު ފަތުރުކުރުމުގެ ހިދުމަތް ހިލޭ ލިބޭނެ ގޮތް މޯލްޑިވްސް ޕޯޓްސް ލިމިޑެޓް އެމްޕީއެލް އިން ހަމަޖައްސައިދީފި އެވެ.

އެމްޕީއެލް އިން ބުނީ، އާންމު ދަތުރުފަތުރުގެ ހިދުމަތް ވީ އެންމެ ލުއިފަސޭހަ ގޮތަކަށް ހަމަޖައްސައިދިނުމަށް ސަރުކާރުން ކަނޑައެޅުއްވާފައިވާ ސިޔާސަތުގެ ދަށުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހިލޭ ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް އެމްޕީއެލް އިން ނިންމީ ކަމަށެވެ.

ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް ދަތުރުފަތުރުގެ ހިދުމަތް ހިލޭ ފޯރުކޮށްދިނުމަށްޓަކައި އެމްޕީއެލްގައި ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ނޮޮވެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހުޅުވާލާނެ ކަމަށް އެމްޕީއެލް އިން ބުނެ އެވެ. ރަޖިސްޓްރީ ކުރުމުން އެކުންފުނިން ދަތުރުފަތުރުގެ ހިދުމަތް ދެމުންގެންދާ އައްޑޫ ސިޓީ އާއި ފުވައްމުލަކުގަ އާއި ހައްދުންމަތީގެ ގުޅިފައިވާ ރަށްތަކުގައި، އެމްޕީއެލް އިން ދޭ ދަތުރު ކާޑު ބޭނުންކޮށްގެން އެ ފަރާތްތަކަށް ހިލޭ ދަތުރުފަތުރު ކުރެވޭނެ ކަމަށް އެމްޕީއެލް އިން ބުނެ އެވެ.

އެމްޕީއެލްގެ އިޖްތިމާއީ ޒިންމާގެ ދަށުން ދެމުންގެންދާ ދަތުރުފަތުރުގެ ހިދުމަތް ރައްޔިތުންނަށް އެންމެ ލުއި ފަސޭހަގޮތަށް ހަމަޖެއްސުމަށްޓަކައި މިހާރު ވެސް 65 އަހަަރުން މަތީގެ އިސް ރަށްވެހިންނާއި ދެ އަހަރުން ދަށުގެ ކުދިންނަށް ހިލޭ ދަތުރު ކުރެވޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށް އެމްޕީއެލް އިން ބުނެ އެވެ.

މި އަހަަރުގެ ޖެނުއަރީގައި އެމްޕީއެލް އިން ވަނީ ހާއްސައެހީއަށް ބޭނުންވާ 20 ފަރާތަކަށް އެމްޕީއެލް އިން ވަޒީފާގެ ފުރުސަތުދީފަ އެވެ. މި މީހުންނަށް ވަޒީފާދީފައި ވަނީ ކުޅުދުއްފުށީ ޕޯޓުންނާއި އައްޑު އާއި ފުވައްމުލަކުގައި އެމްޕީއެލުން ދޭ ބަހުގެ ހިދުމަތުންނާއި ހުޅުމީދޫގައި ހުންނަ އެމްޕީއެލް ކޯއިންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް