ކ. މާލެ
|
23 އޮކްޓޯބަރ 2017 | ހޯމަ 19:43
ޑީކޯވި ބަލި މީހާ އެމްއެންޑީއެފުން ގެންދަނީ
ޑީކޯވި ބަލި މީހާ އެމްއެންޑީއެފުން ގެންދަނީ
އެމްއެންޑީއެފް
އެމްއެންޑީއެފް
އެން ނަގަން ފީނި މީހަކު ހާލު ބޮޑުވެއްޖެ
ހާލު ބޮޑުވީ ދެ ފަހަރެއްގެ މަތިން އެން ނަގަން ފީނި ފަހުން

ފީނަން އުޅެނިކޮށް ޑިކޮމްޕްރެޝަން ސިކްނެސް ދިމާވި ބަލި މީހަކު އެމްއެންޑީއެފް ކުރަނގި ހެލިކޮޕްޓަރުގައި ގދ. ތިނަދޫން މިއަދު  ސ. ގަމަށް ގެންގޮސްދީފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ ގދ. ތިނަދޫ އިން އެމްއެންޑީއެފް ކުރަނގި ހެލިކޮޕްޓަރުގައި މިރޭ 18:24 ހާއިރު ސ.ގަމަށް ގެންގޮސްދީފައި ވަނީ އުމުރުން 29 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އެމްއެންޑީއެފުން ބުނީ މި މީހާ ސ. ގަމަށް ގެންގޮސްދީފައިވަނީ ޑރ. އަބްދުއް ޞަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ޑޮކްޓަރުން ލަފާ ދެއްވުމާ ގުޅިގެން އިތުރު ފަރުވާ އަށެވެ. މިމީހާ ޑީކޯވެފައި ވަނީ މިއަދު އެން ހިފުމަށްޓަކައި ދެ ފަހަރެއްގެ މަތިން ޑައިވް ކުރުމަށް ފަހުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް