ކ. މާލެ
|
23 އޮކްޓޯބަރ 2017 | ހޯމަ 14:52
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާކުރާ މާލަން (ފައިލް ފޮޓޯ)
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާކުރާ މާލަން (ފައިލް ފޮޓޯ)
ޓްވިޓަރ
ހެލްތް އިންޝުއަރެންސް
އެލައިޑް އިންޝުއަރެންސުން އެއްބަސްވުމާ އެއްގޮތަށް ހިދުމަތް މެމްބަރުންނަށް ނުދޭތީ ކޮމެޓީން އެމައްސަލަ ބަލަނީ!
މެމްބަރުންގެ ހެލްތް އިންޝުއަރެންސް ހިދްމަތް މިހާތަނަށް ދެމުންދަނީ އެލައިޑުން
މިދިޔަ އަހަރު މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި ވެސް އެލައިޑަށް މެމްބަރުން ވަރަށްބޮޑަށް ފާޑު ވިދާޅުވެފައިވޭ
ކޮންމެހެން ނަމަކަށް އެހިދްމަތް ބޭނުންނުވާކަމަށް މެމްބަރުން ވިދާޅުވޭ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ލިބޭ ހެލްތް އިންޝުއަރެންސް އެއްބަސްވުމާ އެއްގޮތަށް ނުލިބޭ ކަމަށްބުނެ އެމައްސަލަ މަޖިލީހުގެ އާއްމު ކޮމެޓީން ބަލަން ނިންމައިފި އެވެ.

މަޖިލީހުގެ މެމްބަރުންނަށް ހެލްތް އިންޝުއަރެންސް ހިދްމަތް ދެނީ އެލައިޑް އިންޝުއަރެންސް އިންނެވެ. 

އަންގާރަ ދުވަހު 13:00 ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އާއްމުކޮމެޓީގެ ބައްދަލުވުމަށް އެމައްސަލަ ވަނީ އެޖެންޑާ ކޮށްފަ އެވެ.

އެލައިޑް އިންޝުއަރެންސްއިން މެމްބަރުންނަށް ފޯރުކޮށްދޭ ހެލްތް އިންޝުއަރެންސްގެ ހިދްމަތް ދިނުމާ ގުޅޭ އެއްބަސްވުމާ އެއްގޮތަށް ހިދްމަތް ލިބެމުން ނުދާތީ އެކަމާގުޅޭ ގޮތުން މެމްބަރުން މަޝްވަރާ ކުރުމަށް އަންގާރަ ދުވަހު ބާއްވާ އާއްމު ކޮމެޓީގެ ބައްދަލުވުމުގައި ވަނީ ހަމަޖެހިފަ އެވެ. 

މަޖިލީހުގެ މެމްބަރުންގެ ހެލްތް އިންޝުއަރެންސް ހިދްމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް މަޖިލީހުން އިއުލާން ކުރެއެވެ. އަދި ކޮންމެ އަހަރަކުވެސް އާ އެއްބަސްވުންތަކެއް ހަދަމުންދާއިރު، ވޭތުވެދިޔަ އަހަރުތަކުގައި މެމްބަރުންގެ ހެލްތް އިންޝުއަރެންސްގެ ހިދްމަތް ފޯރުކޮށްދިނުމަށް ހަވާލުކޮށްފައިވަނީ އެލައިޑް އިންޝުއަރެންސާއެވެ. 

މެމްބަރުންގެ ހެލްތް އިންޝުއަރެންސްގެ ހިދްމަތް ފޯރުކޮށްދޭނެ ފަރާތެއް ކަނޑައަޅަނީ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ދިރާސާ ކުރުމަށްފަހުގަ އެވެ.

މެމްބަރުންގެ ހެލްތް އިންޝުއަރެންސްގެ ހިދްމަތް ފޯރުކޮށްދޭނެ ފަރާތެއް ކަނޑައެޅުމަށް މިދިއަ އަހަރު ބޭއްވި މާއްލިޔަތު ކޮމެޓީގެ ބައްދަލުމުގައި ވެސް ގިނަ މެމްބަރުން ވަނީ އެލައިޑުން އެކަށީގެންވާ ގޮތެއްގައި ހިދްމަތް ފޯރުކޮށް ނުދޭކަމަށް ވިދާޅުވެފަ އެވެ. އަދި ކޮންމެހެން ނަމަކަށް އެހިދްމަތް ބޭނުންނުވާ ކަމަށް ވިދާޅުވެ، ބައެއް މެމްބަރުން ވަނީ އެލައިޑް އިންޝުއަރެންސްގެ ހިދްމަތަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. 

ނަމަވެސް އެލައިޑުން ހުށަހަޅާފައިވާ ހެލްތް އިންޝުއަރެންސް ޕެކޭޖް ރަނގަޅު ކަމަށް ބުނެ އެއްބަސްވުމަކަށް އައިސްފައި ވަނީ ވެސް އެލައިޑް އިންޝުއަރެންސާއެކުގަ އެވެ. 

އެ ޕެކޭޖްގެ ދަށުން އިންޑިއާ ސްރީލަންކާގެ އިތުރުން އާސިއާންގެ ގައުމުތަކުން ވެސް ބޭސްފަރުވާކުރެވެ އެވެ.

ދައުލަތުގެ ހުރިހާ އިސްވެރިންނަށް ހެލްތު އިންޝުއަރެންސް ދެމުން ގެންދަނީ އެލައިޑުންނެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
23 އޮކްޓޯބަރ 2017 | ހޯމަ 20:33
އަލީ
މިއީ އިންޝުއަރެންސްގެ ނަމުގައި ހިންގާ ވަރަށް ބޮޑު އޮޅުވާލުމެއް. އެއްވެސް ބަޔަކަށް މިމީހުން އަތުން ފައިސާއެއް ހޯދާކަށް ފަސޭހައެއް ނުވާނެ.
23 އޮކްޓޯބަރ 2017 | ހޯމަ 15:04
އައިންތު
ތި އެލައިޑް އިންޝުއަރެންސް އަކީ ނާޖާއިޒު ގޮތުގައި ސަރުކާރުންނާ ރައްޔިތުންގެ އަތުން އެތައް ފައިސާއެއް ނަގަމުންދާ ތަނެއް. ބިދޭސީންގެ އަތުން އެނަގާ -/550ރ އިންވެސް ކަވަރ ކުރާ އެއްވެސް ކަމެއްނެތް. ތިތަން ބޮއިކޮޓް ކުރަންޖެހޭ