ކ. މާލެ
|
23 އޮކްޓޯބަރ 2017 | ހޯމަ 14:01
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ގޫގުލް
ސަޕްލިމެންޓަރީ ބަޖެޓް
ސަޕްލިމެންޓްރީ ބަޖެޓަށް ބަހުސް ކުރުމުގެ ވަގުތު ކަނޑައެޅުމަށް އާއްމު ކޮމެޓީގެ ބައްދަލުވުން މާދަމާ!
ކިހާވަރެއްގެ ސަޕްލިމެންޓަރީ ބަޖެޓެއް ކަމެއް ސަރުކާރުން ހާމައެއް ނުކުރޭ
ދައުލަތުގެ ޚަރަދު ކުޑަކުރުމަށް މަސަައްކަތްތަކެއް ކުރެވެމުންދާ ދަނޑިވަޅެއް
ސަޕްލިމެންޓަރީ ބަޖެޓެއްގެ ވާހަކަ ފެށުނީ ޖުލައި މަހުގެ ތެރޭގައި

އަހަރު ނިމެން ދެ މަސްދުވަހަށް ކައިރިވެފައި ވަނިކޮށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ ސަޕްލިމެންޓްރީ ބަޖެޓަށް ބަހުސް ކުރުމަށް އާއްމު ކޮމެޓީގެ ބައްދަލުވުމެއް ބޭއްވުމަށް ނިންމައިފި އެވެ.

އާއްމު ކޮމެޓީން އަންގާރަ ދުވަހުގެ 13:00 ގައި ބޭއްވުމަށް ނިންމާފައިވާ އެ ބައްދަލުވުމަށް އެޖެންޑާ ކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަފައިވާ ސަޕްލިމެންޓްރީ ބަޖެޓްގެ ބަހުސްގައި މެމްބަރުންނަށް ވާހަކަ ދެއްކުމަށް އެރުވޭ ފުރުސަތުގެ ދިގުމިން ކަނޑައެޅުމުގެ މައްސަލައެވެ.

އާއްމު ކޮމެޓީން އަންގާރަ ދުވަހު ސަޕްލިމެންޓްރީ ބަޖެޓަށް މެމްބަރުން ބަހުސް ކުރުމަށް ވަގުތު ކަނޑައެޅުމަށް ނިންމާފައިވާއިރު، އަންގާރަ ދުވަހުގެ މަޖިލީހުގެ ޖަލްސާއަށް ވަނީ ސަޕްލިމެންޓްރީ ބަޖެޓް އެޖެންޑާ ކޮށްފަ އެވެ.

އަންގާރަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަންކަމުގެ އެޖެންޑާގެ ދަށުން ސަޕްލިމެންޓްރީ ބަޖެޓް ހުށަހަޅާއިރު، މިއީ މިފަހަކުން މަޖިލީހަށް ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހެޅިގެންދާ ފުރަތަމަ ފަހަރެވެ. 

ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހެޅުމުގެ ވާހަކަތައް އެންމެ ފުރަތަމަ ދެކެވެން ފެށީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. އެ ވާހަކަތައް ދެކެވެމުން ދަނިކޮށް ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅާނެކަން ކަށަވަރު ކޮށްދިނީ މިމަހުގެ 18 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދެވެ.

ރިޔާޒު ވިދާޅުވީ ސަޕްލިމެންޓްރީ ބަޖެޓާއެކު އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ވެސް މަޖިލީހަށް ހުށަހެޅިގެންދާނެ ކަމަށެވެ. އަދި ސަޕްލިމެންޓްރީ ބަޖެޓް މަޖިލީހަށް ހުށަހެޅުމުން އޮންނަ އުސޫލުގެ ދަށުން އެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް ވެސް ރިޔާޒު ވިދާޅުވެފައިވެ އެވެ.

ސަޕްލިމެންޓަރީ ބަޖެޓްގެ ގޮތުގައި ހުށަހަޅަނީ ކިހާވަރެއްގެ ބަޖެޓެއް ކަމެއް މިހާތަނަށް ސަރުކާރުން ހާމައެއް ނުކުރެ އެވެ.

ފިނޭންސް މިނިސްޓްރީން ބުނެފައި ވަނީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މި މަހުގެ 31 ވަނަ ދުވަހުގެ ކުރިން މަޖިލީހަށް ހުށަހެޅުމަށްޓަކައި މަސައްކަތް ކުރަމުންދާ ކަމަށެވެ. 

މި އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި  ވަނީ 26.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި އަހަރުގެ ބަޖެޓްގެ ޑެފިސިޓް 303.7 މިލިއަން ރުފިޔާއަށް އަރާާނެ ކަމަށް ލަފާކޮށްފައިވެ އެވެ. އެއީ ޖީޑީޕީގެ ނިސްބަތުން 1.7 ޕަސެންޓެވެ.

ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅާއިރު، ރައްޔިތުންގެ މަޖިލީހުގެ ހަތް މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ކަނޑައަޅާފަ އެވެ. އަދި ބައި އިލެކްޝަން ބޭއްވުމުގެ ތައްޔާރީތައް ވަމުންދާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާއިރު، ބައި އިލެކްޝަންތައް ބޭއްވުމަށް ފައިސާ ހޯދުމަށް ފައިނޭސް މިނިސްޓްރީގައި ވަނީ އެދިފަ އެވެ. ނަމަވެސް ފިނޭންސް މިނިސްޓްރީން މިހާތަނަށް ފައިސާ ދޫކޮށްފައެއް ނުވެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި ސަޕްލިމެންޓަރީ ބަޖެޓެއް ފާސްކުރަން ސަރުކާރުން ބޭނުންވާ ސަބަބުތަކުގެ ތެރޭގައި ބައި-އިލެކްޝަންތައް ބޭއްވުމަށް ބޭނުންވާ ފައިސާ ހަމަޖެއްސުން ހިމެނެއެވެ.

ސަޕްލިމެންޓަރީ ބަޖެޓެއް ފާސްކުރަން މަސައްކަތް ކުރާ މިދަނޑިވަޅުގައި، ދައުލަތުގެ ހިންގުމުގެ ހަރަދު ކުޑަ ކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަން ނިންމައި ފިނޭންސް މިނިސްޓްރީ އިން ވަނީ ސަރުކާރުގެ އޮފީސްތަކަށް އެކަން އަންގާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
24 އޮކްޓޯބަރ 2017 | އަންގާރަ 23:08
Hasan
Majiliysaekohutifa