ކ. މާލެ
|
23 އޮކްޓޯބަރ 2017 | ހޯމަ 11:28
ސްރީލަންކާގައި ހުންނަވާ ދިވެިހި ސަފީރު ކަމުގެ ފަތްކަޅޮ ރައީސް ޔާމީން މިދިޔަ ސެޕްޓެމްބަރު މަހު މުޙައްމަދު ހުސެއިން ޝަރީފް އަށް އަރުވަނީ
ސްރީލަންކާގައި ހުންނަވާ ދިވެިހި ސަފީރު ކަމުގެ ފަތްކަޅޮ ރައީސް ޔާމީން މިދިޔަ ސެޕްޓެމްބަރު މަހު މުޙައްމަދު ހުސެއިން ޝަރީފް އަށް އަރުވަނީ
ޓްވިޓަރ
މުހައްމަދު ހުސައިން ޝަރީފް
މުހައްމަދު ހުސައިން ޝަރީފް ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި
މުންދު އަށް މަޖިލީހުން ރުހުން ދިނީ އޯގަސްޓް މަހު
ސަފީރުކަމުގެ މަގާމަށް މުހައްމަދު ހުސެއިން ޝަރީފް އައްޔަންކުރެއްވީ ސެޕްޓެމްބަރު 6 ގައި

މަޖިލީހުގެ މަދު މެމްބަރުން ކޮޅެއްގެ ތާއީދާއެކު ދިވެހިރާއްޖެއިން ސްރީލާންކާއަށް ކަނޑައެޅުއްވުމަށް ފާސްކުރެއްވި މުހައްމަދު ހުސެއިން ޝަރީފް އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު  ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސެނާއަށް އަރުވައިފިއެވެ.

މުންދުގެ ސަފީރުކަމުގެ ފަތްކޮޅު ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހެނދުނު 10:30 ގަ އެވެ.

ލަންކާގައި ހުންނަވާ ދިވެހި ސަފީރަކަށް މުންދު އައްޔަން ކުރުމާއި ދެކޮޅު ހަރަކާތްތަކެއް ވެސް އިދިކޮޅު ފަރާތްތަކުން ހިންގާފައިވާއިރު ފަތްކޮޅު އެރުވުން ލަސްވާތީ އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ.

ޖަޕާނުގެ ސަފީރުކަމުގެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ހުސެން ޝަރީފް ލަންކާގައި ހުންނަވާ ދިވެހި ސަފީރުކަމަށް އައްޔަން ކުރައްވައި  އޭނާ އަށް ރައީސް އަބްދުﷲ ޔާމީން މަގާމުގެ ފަތްކޮޅު އަރުވާފައިވަނީ މިދިޔަ މަހުގެ ހަވަނަ ދުވަހުއެވެ.

ލަންކާގެ ސަފީރުކަމަށް މުންދު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލިހުން ރުހުންދީފައި ވަނީ އޯގަސްޓް މަހުގެ 23 ވަނަ ދުވަހު ބޭއްވި ޖަލްސާގަ އެވެ.

ނިޒާމު ގެއްލިފައިވަނިކޮށް އަސްކަރިއްޔާގެ ބެލުމުގެ ދަށުގައި އޮތް މަޖިލީހުގައި ނެގި ވޯޓްގައި މުންދު އެ މަގާމަށް އައްޔަން ކުރެއްވުމަށް ލިބިފައިވަނީ 28 ވޯޓެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މުޙައްމަދު ޒާހިރު
- ކޮމެންޓް
23 އޮކްޓޯބަރ 2017 | ހޯމަ 12:48
މަދު
އޭނ މަދެއް ނޯންނާނެ ހޮވުން އޮންނާނީ
23 އޮކްޓޯބަރ 2017 | ހޯމަ 11:30
Maaree deed
Dhen lala ... mahloofu dhen ge hedheytho balaa
23 އޮކްޓޯބަރ 2017 | ހޯމަ 11:29
keneree nattey
Madhu meehun viyas gina meehun viyas eyothee faas vefa. Dhen jeheynee idhikolhu meehun aiy jahan!!!