ކ. މާލެ
|
23 އޮކްޓޯބަރ 2017 | ހޯމަ 10:46
ހދ ކުޅުދުއްފުށި
ހދ ކުޅުދުއްފުށި
ޓްވިޓަރ
ހދ ކުޅުދުއްފުށި
އެއާޕޯޓް އަޅާއިރު، ކުޅުދުއްފުށިން 18 ގޯތި ސަރުކާރަށް ނަގަންޖެހޭ : ކައުންސިލް
ރަށުގެ އުތުރު ފަރާތުން 18 ގޯތި ސަރުކާރަށް ނަގަންޖެހޭ
އެކަށީގެންވާ ބަދަލެއް ގޯތީގެ ވެރިފަރާތަށް ސަރުކާރުން ދިނުމަށް ވަނީ ނިންމާފައި
މީހުން ދިރިއުޅޭ ނުވަ ގޯތި 18 ގޯތީގެ ތެރޭގައި ހިމެނޭ

ހދ. ކުޅުދުއްފުށީ ކުޅި ހިއްކުމަށް ފަހު، އެތަނުގައި އެއާޕޯޓް އަޅާއިރު ބަދަލުދިނުމަށް ފަހު ސަރުކާރަށް އެރަށުން 18 ގޯތި ނަގަންޖެހޭ ކަމަށް ކުޅުދުއްފުށީ ކައުންސިލުން ބުނެފިއެވެ.

 

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުލްލަތީފް ހަސަން ވިދާޅުވީ އެއާޕޯޓް އަޅާއިރު އެރަށު އުތުރު ފަރާތުން 18 ގޯތި ސަރުކާރަށް ނަގަންޖެހޭ ކަމަށެވެ. އަދި އެ ގޯތިތައް ސަރުކާރަށް ނަގަނީ އެއާޕޯޓް އެޅުމަށް ޖާގަ ބޭނުންވާތީ ކަމަށް އަބްދުލް ލަތީފް ވިދާޅުވިއެވެ.

 

ސަރުކާރަށް ނަގާ ގޮތަށް ކަނޑައަޅާފައިވާ 18 ގޯތީގެ ތެރެއިން 9 ގޯތީގައި މީހުން ދިރިއުޅެއެވެ. އަދި އެއީ 3200 އަކަފޫޓްގެ ގޯތިތަކެކެވެ.

 

ކައުންސިލުން ބުނީ ގޯތިތައް ސަރުކާރަށް ނަގާއިރު ބަދަލު ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެހެންނަމަވެސް ސަރުކާރުން ބަދަލުދިނުމަށް ނިންމާފައިވާ ގޮތެއް އަންގާއިފައިނުވާ ކަމަށް އެރަށު ކައުންސިލުން ބުންޏެވެ.

 

ކުޅުދުއްފުށީ ކައުންސިލުން ބުނީ މި މަހުގެ 25 ވަނަ ދުވަހު އެމްޓީސީސީން އަލަށް ގެންނަ ޑްރެޖަރު (މަހާ ޖައްރާފު) އެރަށް އަންނާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެއާޕޯޓްގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 17 ވަނަ ދުވަހުގައި ކަމަށް ކައުންސިލުން ބުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް