ކ. މާލެ
|
22 އޮކްޓޯބަރ 2017 | އާދީއްތަ 23:34
މަހްލޫފް މީޑިއާތަކަށް އިންޓަރވިއު ދެއްވަނީ
މަހްލޫފް މީޑިއާތަކަށް އިންޓަރވިއު ދެއްވަނީ
ރާއްޖެއެމްވީ
ފަލަ ސުރުޚީ
ރިޔާސީ އިންތިޚާބަށްފަހު ރައީސް ޔާމީން ހައްޔަރު ކުރާނަން: މަހްލޫފް
ރައީސް ޔާމިން އަކީ ހައްޔަރު ކުރަން ޖެހޭ ފަރާތެއް
ރައްޔިތުންނަށް ކުރާ ކަންކަމުގެ އިންސާފް އެ ރައްޔިތުން ބޭނުން
ރިޔާސީ އިންތިޚާބުގައި ދެލައްކަ ވޯޓު ނަގާނަން

ރައީސް ޔާމީނަކީ އެމަނިކުފާނު ކުރައްވާފައިވާ ކަންކަމުގެ ސަބަބުން ހައްޔަރު ކުރަންޖެހޭ ބޭފުޅެއް ކަމަށާއި ކުރިއަށް އޮތް 2018 ގެ ރިޔާސީ އިންތިޚާބަށްފަހު ރައީސް ޔާމީން ހައްޔަރު ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

 

ރާއްޖެ ޓީވީން އާދީއްތަ ދުވަހުގެރޭ ގެނެސްދިން ފަލަ ސުރުޚީ ޕްރޮގްރާމްގައި ސިލޯނުގައި ހުންނަވައިގެން މަހްލޫފް ވިދާޅުވީ ރައީސް ޔާމީން ކުރައްވާފައިވާ އަދި ކުރައްވަމުން ގެންދަވާ ކަންކަމަކީ ދިވެހި ރައްޔިތުން އިންސާފް ބޭނުންވާ ކަންކަން ކަމަށާއި އެކަންކަން ބެލޭނެ ކަމަށެވެ. މަހްލޫފް ވިދާޅުވީ އެކަމަށްޓަކައި ރިޔާސީ އިންތިޚާބަށްފަހު ރައީސް ޔާމީން ހައްޔަރު ކުރާނެ ކަމަށާއި ރައީސް ޔާމީން ހައްޔަރުކުރަން ޖެހޭ ކަމަށެވެ.

 

"އަޅުގަނޑު މިއަދުވެސް ރައީސް ޔާމީނަށް ދޭން އޮތް ނަސޭހަތަކީ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނަމަ ރާއްޖެއިން ބޭރުގައި ހުންނަވާށޭ. އެހެން ނޫންކަމަށްވާނަމަ އަޅުގަނޑުމެން ހިފާނަން. ހަމަ ވަރަށް ސާފުކޮށް މިދަންނަވަނީ ރައީސް ޔާމީނަކީ ހިފާ ހައްޔަރުކޮށް ޖަލަށް ލާން ޖެހޭ ފަރާތެއް.އަދި ހަމަ ރައީސް ޔާމީން އަރިހުގައިވެސް އެކަހަލަ ބައިވަރު ފަރާތްތައް އެބަތިބި. ދިވެހިރައްޔިތުންނަށް އެތައްބައިވަރު ގެއްލުމެއް އަނިޔާތަކެއް ދީ ހަދާފައިވާއިރުގައި ދިވެހިރައްޔިތުން އެކަމަށް އިންސާފް ބޭނުން." މަހްލޫފް ވިދާޅުވިއެވެ.

 

މަހްލޫފް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަނުން ވަރަށް ބޮޑަށް ވޯޓު އޮޅުވާލުމަށް މަސައްކަތް ކުރާނެ ކަމަށާއި ނަމަވެސް އޮޅުވާލެވޭވަރަށްވުރެ ބޮޑުތަނުން ރިޔާސީ އިންތިކާބު ކާމިޔާބު ކުރާނެ ކަމަށެވެ. އެހެންކަމުން ވޯޓުން ވަގުހަދާ އޮޅުވާލައިގެން ރިޔާސީ އިންތިޚާބު ކުރަން ނޫޅުމަށާއި އެފަދަ ގޮތަކަށް ވިސްނާނަމަ އެއީ ގޯސް ވިސްނުމެއް ކަމަށްވެސް މަހްލޫފް ވިދާޅުވިއެވެ.

 

މަހްލޫފް ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން ރައީސް ޔާމީނާ ދެކޮޅަށް ނުކުމެ އިރާދަ ކުރެއްވިއްޔާ ދެލައްކައެއްހާ ވޯޓު ހޯދާނެ ކަމަށެވެ.

 

"އިރާދަ ކުރެއްވިއްޔާ ރިޔާސީ އިންތިޚާބުގައި އަޅުގަނޑުމެން ދެލައްކަ ވޯޓު ނަގާނަން. ދެލައްކަ 60 ހާސް މީހުން ވޯޓުލާނެކަމަށް ބެލެވެނީ އޭގެ ތެރެއިން 2 ލައްކަ ވޯޓު އަޅުގަނޑުމެން ނަގާއިރު އަމަޖަދާ ސުލައިމާނާ ކިހިނެއްތޯ އެއްލައްކަ ވޯޓު އޮޅުވާލާނީ. އުޑުގަ ޖެހިފަ ބިމުގަ ޖެހުނަސް އެމީހުންނަކަށް އެކަމެއް ނުކޮށްދެވޭނެ" މަހްލޫފް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
24 އޮކްޓޯބަރ 2017 | އަންގާރަ 22:55
މުހަންމަދު
އިރާދަ ކުރެއްވިއްޔާ އެއަށް ވުރެކުރިން މަޖްލިސް ގެ ސަލާމަތާއިބެހޭ ފައުޖްތަށް ފޫއަޅުވާލި މައްސަލައިގައި މަހުލޫފު ޖަލަށް ގަޅާލާނަމެވެ. ޝުކުރިއްޔާ.
23 އޮކްޓޯބަރ 2017 | ހޯމަ 19:00
ހ މ ޒ
އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރަން އިދިކޮޅު ފަރާތްތަކުން ނެރޭ ކެންޑިޑޭޓަކީ އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް ފުއާދު ތައުފީޤު ! ދެން އަތްޖަހާ