ކ. މާލެ
|
22 އޮކްޓޯބަރ 2017 | އާދީއްތަ 23:38
އެންވަޔަރމެންޓް މިނިސްޓްރީން ފެނަކަ ކޯޕަރޭޝަނާ ބޮކި ހަވާލު ކުރަނީ
އެންވަޔަރމެންޓް މިނިސްޓްރީން ފެނަކަ ކޯޕަރޭޝަނާ ބޮކި ހަވާލު ކުރަނީ
ފާތިމަތު ޝަނާ މުހައްމަދު
ފަހިއަލި ޕްރޮގްރާމު
ކުރިން 6 ސަރަހައްދުގައި ތަފާތު އަގުތަކެއް ކަރަންޓަށް ނެގުނު ނަމަވެސް،އެކަން ވަނީ ބަދަލު ކުރެވިފައި: މިނިސްޓަރ ތޯރިގް
ފަހިއަލީގެ ތިންވަނަ ފިޔަވަހީގެ ލެޑް ބޮކި ހަދިޔާކުރީ ޗައިނާ އިން
ޗައިނާ އިން މީގެ ކުރިންވެސް ލެޑް ބޮކި ހަވާލު ކުރެވޭ
5 މިލިއަން ރުފިޔާގެ ބޮކި ވަނީ ހަދިޔާ ކުރެވިފައި

މާލޭއާ އަތޮޅު ތެރޭގެ ކަރަންޓްގެ ހިދުމަތުގެ އަގު ތަފާތުކަމަށް ބުނެ ގިނަ ފަރާތްތަކުން ވާހަކަދައްކާ އިރު މި ސަރުކާރު އައުމުގެ ކުރިން ރާއްޖޭގެ ހަ ސަރަހައްދެއްގައި ވަކި ޓެރިފްތަކެއް ކަނޑައެޅިފައިވާ ކަމަށް އެންވަޔަރމެންޓްރ މިނިސްޓަރ ތޯރިގް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

 "ކޮންމެ ގެބީސީއަކަށް ފަސް ބޮކި" ދިނުމަށް ކުރިއަށްގެންދާ ފަހިއަލި ޕްރޮގްރާމުގެ 3 ވަނަ ފިޔަވަހީގެ ދަށުން ފެނަކަ ކޯޕަރޭޝަނާއި އެެހެން ބައެއް އިދާރާތަަކަށް ބޮކި ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ތޯރިގް ވިދާޅުވީ، އެ މިނިސްޓްރީން އަބަދުވެސް މަސައްކަތް ކުރަނީ ސަރުކާރުން 24 ގަޑިއިރު ދެމުންދާ ކަރަންޓްގެ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމަށް ކަމަށެވެ.

" މާލޭ އޭރިއާ އަށް ވަކި ޓެރިފެއް، އަތޮޅުތެރޭގެ އެހެން ސަރަހައްދުތަކަށް ވަކި ޓެރިފެއް ވަނީ ކަނޑައެޅިފައި. މިއީވެސް ވަރަށް ބުރަ މަސައްކަތުން ކުރެވުނު ކަމެއް. އެއީ ހަމަ މި ސަރުކާރުގެ މަސައްކަތް. އަޅުގަނޑުމެން މަސައްކަތް ކުރަނީ އަތޮޅު ތެރެއާއި މާލޭގެ ކަރަންޓްގެ އަގުގެ ފަރަގު ކުޑަ ކުރުމަށް. އެކަން ވެސް އަޅުގަނޑުމެން ކުރާނަން." ތޯރިގް ވިދާޅުވި އެެވެ.

ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޒާންގ ލީ ޒޮންގ ވިދާޅުވީ، ދިވެހި ސަރުކާރާއި ރާއްޖެއާއި އޮންނަ ގުޅުމުގެ ތެރެއިން، ތަފާތު އެކި މަޝްރޫއުތައް ހިންގުމަށް ރާއްޖޭގެ ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ. އެގޮތުން ތިމާވެށީގެ ކަންކަމުގައި ޗައިނާއިން އެހީތެރިކަން ފޯރުކޮށްދިނުމަށް އިސްކަން ދެއްވާކަމަށް އޭނާ ވިދާޅުވި އެވެ.

ފަހިއަލި ޕްރޮގްރާމުގެ ދަށުން  ފުރަތަމަ ފިޔަވަހީގައި 264000 ލެޑް ހޮޅިބުރި 164 ރަށަކާއި 511 މުއައްސަސާއަށް ފޯރުކޮށްދީފައިވެ އެވެ. ގާތްގަނޑަކަށް 57 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ތެރެއިން އަހަރަކު 40 މިލިއަން ރުފިޔާގެ ހަރަދު ކުޑަކުރެވޭނެ ކަމަށް އެންވަޔަރމެންޓް މިނިސްޓްރީން ބުނެ އެވެ.

ދެވަނަ ފިޔަވަހީގެ ދަށުން 78750 ލެޑް ހިޅިބުރި 50 ރަށަކަށް ހަދިޔާކޮށްފައިވާ އިރު 75 މުއައްސަސާއަަކަށްވެސް ވަނީ ހޮޅިބުރި ހަދިޔާކޮށްފަ އެވެ. މިއީ އެއްލައްކަ 31 ހާސް ރުފިޔާގެ މަޝްރޫއު އެކެެވެ. މި މަޝްރޫއުގެ ތެރެއިން 7.7 މިލިއަން ރުފިޔާ އަހަރަކު ސަލާމަތް ކުރެވޭނެ އެވެ.

މީގެ އިތުރުން ތިންވަނަ ފިޔަވަހީގެ ދަށުން 262500 ލެޑް ބޮކި ރަށްތަަކަށް ބެހުމަށް ވަނީ ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރެވިފަ އެވެ. މިއީ ގާތްގަނޑަކަށް 5 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ. މިއާ އެކީ އަހަރަކު 1.5 މިލިއަން ރުފިޔާ ކަރަންޓްގެ ހަރަދުން ކުޑަކުރެވޭނެ އެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް