ކ. މާލެ
|
22 އޮކްޓޯބަރ 2017 | އާދީއްތަ 23:13
އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ޖޯޖިއާގެ މުނިސިޕަލް އިލެކްޝަންސް އޮބްޒަރވްކުރުމުގައި ބައިވެރިވި ދެ މުވައްޒަފުން
އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ޖޯޖިއާގެ މުނިސިޕަލް އިލެކްޝަންސް އޮބްޒަރވްކުރުމުގައި ބައިވެރިވި ދެ މުވައްޒަފުން
ގޫގުލް
އިލެކްޝަން އޮބްޒަރވު ކުރުން
ޖޯޖިއާގެ މުނިސިޕަލް އިލެކްޝަން އޮބްޒަރވު ކުރުމުގައި އީސީން ބައިވެރިވެއްޖެ
އީސީ ދެ މުވައްޒަފުން ބައިވެރިވެފައިވޭ
14 ގައުމަކުން ބައިވެރިވެފައިވޭ
30 މަންދޫބުން ބައިވެރިވެފައިވޭ

ޖޯޖިއާގެ މުނިސިޕަލް އިލެކްޝަންސް އޮބްޒަރވްކުރުމުގައި ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުން ބައިވެރިވެއްޖެ އެވެ.

     
ސެންޓްރަލް އިލެކްޝަން ކޮމިޝަން އޮފް ޖޯޖިއާ (ސީ.އީ.ސީ)ގެ ފަރާތުން އިންތިޒާމުކޮށްގެން ޖޯޖިއާގެ ޓިބްލީސީގައި ކުރިއަށްދިޔަ މުނިސިޕަލް އޮބްޒަރވޭޝަން ޕްރޮގްރާމުގައި ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ކޮމިޝަނުގެ މެންބަރު
މުހައްމަދު ޝަކީލް އަދި ޑިރެކްޓަރ ހަސަން ޒަކަރިއްޔާއެވެ. މި ޕްރޮގްރާމު ކުރިއަށްގެން ގޮސްފައިވަނީ އޮކްޓޫބަރު 19 އިން 21 އަށެވެ.

މިޕްރޮގްރާމުގައި ބައިވެރިންވަނީ އިންތިޚާބުގެ ވޯޓުނެގުމާއި ގުނުން އޮބްޒަރވް ކުރެއްވުމަށް ކަމަށް އިލެކްޝަންސް ކިމިޝަނުން ބުނެ އެވެ.

ޖޯޖިއާގެ މުނިސިޕަލް އިލެކްޝަން އޮބްޒަރވްކުރުމުގެ ސަބަބުން އެގައުމުގެ ވޯޓުލުމުގެ ނިޒާމް ކުރިއަށްދާގޮތާއި، އެކަމުގެ ސަބަބުން އެކި ގައުމުތަކުގެ ވޯޓުލުމުގެ ނިޒާމް އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށް ކުރެވިދާނެ ކަންތަށްތައް އެނގިފައިވާ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.

މި އިލެކްޝަން އޮބްޒަރވޭޝަން ޕްރޮގްރާމުގައި ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުގެ މަންދޫބުންގެ އިތުރުން އިލެކްޝަން މެނޭޖްމެންޓް ބޮޑީސް (އީ.އެމް.ބީސް)، ބައިނަލްއަޤްވާމީ ޖަމިއްޔާ ޖަމާއައްތަކުގެ މަންދޫބުން، އަދި 14 ގައުމަކުން 30 މަންދޫބުން ވަނީ ބައިވެރިވެފައިވެ އެވެ.

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް