ކ. މާލެ
|
22 އޮކްޓޯބަރ 2017 | އާދީއްތަ 19:03
ރައީސް ނަޝީދު މިއަހަރު ފެބްރުއަރީ މަހު ލަންކާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ރައީސް ނަޝީދު މިއަހަރު ފެބްރުއަރީ މަހު ލަންކާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ރާއްޖެ އެމްވީ
ރައީސް ނަޝީދު ޓްވީޓް
ވެރިކަމުގެ ބާރަށް ނޭދި، ގުޅިފައިވާ ޕާޓީތަކުން އެއް ކެނޑިޑޭޓް ނެރެދިނުމަށް ރައީސް ނަޝީދު އަނެއްކާ ވެސް އެދިވަޑައިގެންފި
ރައްޖޭގެ ހާލަތު އޮތީ އިދިކޮޅު ސިޔާސީ ޕާޓީތަކުން ވަކިވަކި ނިކުމެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ހާލަތެއްގައެއް ނޫން
ވެރިކަމުގެ ޖާހަތާއި ލައްޒަތާއި އުފަލާއި އަރާމަށް ނޭދުން މުހިންމު

ވެރިކަމުގެ ބާރަށް ނޭދި، ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެއް ކެނޑިޑޭޓް ނެރެދިނުމަށް ރައީސް ނަޝީދު އަނެއްކާ ވެސް އެދިވަޑައިގެންފިއެވެ.

އާދިއްތަ ދުވަހު ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވެރިކަމުގެ ޖާހަތާއި ލައްޒަތާއި އުފަލާއި އަރާމަށް ނޭދި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެއް ކެނޑިޑޭޓެއް ނެރުން މުހިންމު ކަމަށެވެ.

މިވަގުތު އަވައްޓެރި ސްރީލަންކާގައި ހުންނެވި ރައީސް ނަޝީދު އެމްޑީޕީގެ އެތެރޭގެ އިންތިޚާބަށް ފަހު ހޮނިހިރު ދުވަހު ފޮނުއްވި އޯޑިއޯ މެސެޖެއްގައި ވިދާޅުވެފައި ވަނީ އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި 2018 ގެ ރިޔާސީ އިންތިޚާބުގައި އިންތިހާބުވާންޖެހޭނީ އިންތިގާލީ ރައީސެއް ކަމަށެވެ. އަދި އިންތިގާލީ ރައީސްގެ މަސައްކަތަކަށް ވާންޖެހޭނީ އިންތިގާލީ މަރުހަލާއެއްގައި އިންތިގާލީ މުއްދަތެއްގައި ކުރަން ހުރި މަސައްކަތްތައް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ހާލަތު އޮތީ އިދިކޮޅު ސިޔާސީ ޕާޓީތަކުން ވަކިވަކި ނިކުމެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ހާލަތެއްގައި ނޫން ކަމަށާއި އެކަން ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތައް ކަމަށްވާ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީގެ އިތުރުން ކުރީގެ ރައީސް މައުމޫނަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް