ކ. މާލެ
|
22 އޮކްޓޯބަރ 2017 | އާދީއްތަ 18:28
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު
މަޖިލިސް
އައްޑޫ ސިޓީ
ރޮޒެއިނާގެ ފާޑުކިޔުންތައް ހައުސިން މިނިސްޓަރ މުއިއްޒަށް
މުއިއްޒު ވިދާޅުވީ އައްޑޫ ސިޓީގެ ރަށްތަކުގެ މަގު ހެދުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް
ލޯކަލް ކައުންސިލް އިންތިހާބާއި ދިމާކޮށް ވެސް މިނިސްޓަރު މުއިއްޒު ވަނީ އެގޮތަށް ވިދާޅުވެ ޓުވީޓް ކުރައްވާފަ
ރޮޒައިނާ ވިދާޅުވީ މަގު ހެދުމަށް ބޭނުންވާ ސާމާނުތައް އައްޑޫ ސިޓީގައި ހުންނަތާ 4 އަހަރުވެފައިވާކަމަށް

އައްޑޫ ސިޓީގެ ރަށްތަކުގެ މަގު ހެދުމާއި ގުޅޭގޮތުން ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ދޮގު ހައްދަވާކަމަށް ވިދާޅުވެ، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

 

ހޮނިހިރު ދުވަހުގެ ރޭ އައްޑޫ ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ އައްޑޫ ސިޓީގެ ރަށްތަކުގެ މަގު ހެދުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށޭނެ ކަމަށެވެ. މަގުތައް ހަދަން ހަވާލު ކުރަން ނިންމާފައި ވަނީ ސިއެރާ ކޮންސްޓްރަކްޝަނާ ކަމަށް މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.

 

މުއިއްޒުގެ އެ ވާހަކަތަކަށް ރައްދުދެއްވައި ރޮޒައިނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިދިޔަ މެއި މަހުވެސް މިނިސްޓަރު މުއިއްޒު ހަމައެފަދައިން ވިދާޅުވެފައިވާ ކަމަށެވެ. އަދި މިނިސްޓަރު މުއިއްޒުއަކީ ދޮގު ހައްދަވާ އިންސާނެއްކަމަށް ރޮޒައިނާ ތުހުމަތުކުރައްވާފައިވެއެވެ. އޭނާ ވިދާޅުވީ މަގު ހަދަން ބޭނުންވާ ތަކެތި ގެނަސްފައި ހުންނަތާ 4 އަހަރުވީއިރު، މަސައްކަތް ނުފެށި އޮތުމުން ލަދު ގަންނަންޖެހޭކަމަށެވެ.

 

 

ލޯކަލް ކައުންސިލް އިންތިހާބު ބޯމަތިވެފައިވަނިކޮށްވެސް މިނިސްޓަރު މުއިއްޒު  އައްޑޫ ސިޓީގެ ހުރިހާ ރަށްތަކެއްގެ މަގު ހެދުމުގެ މަސައްކަތް ސިއެރާ ކޮންސްޓްރަކްޝަނާ ހަވާލުކުރަން ނިންމާފައިވާ ކަމަށް ވިދާޅުވެފައިވާ ކަމަށް އެ ސިޓީގެ ގިނަ ރައްޔިތުން ބުނެއެވެ.   ނަމަވެސް މިނިސްޓަރު މުއިއްޒު އެފަދައިން ވިދާޅުވިތާ ފަސް މަސް ދުވަސްވެގެންދިޔައިރު، އެ މަސައްކަތް އަދިވެސް ފެށިފައިނުވާކަން ގިނަ ބަޔަކު ފާހަގަކުރެއެވެ. އަދި މުއިއްޒު ފަސް މަސް ދުވަސްފަހުން އެއް ވާހަކައެއް ތަކުރާރުކުރުމުން އައްޑޫ ސިޓީ ގިނަ ރައްޔިތުންތަކެއް އަންނީ މުއިއްޒުއަށް ފާޑުކިޔަމުންނެވެ.

 

 

އައްޑޫ ސިޓީގެ މަގުތައް ރަނގަޅު ފެނަވަރަކަށް ހެދުމުގެ މަސައްކަތް ފަށާފައިވަނީ އެމްޑީޕީގެ ސަރުކާރުންނެވެ. އެމްޑީޕީގެ ސަރުކާރު ބަދަލުވުމާއެކު މަސައްކަތް ހުއްޓި އަދިވެސް އޮތީ ނުފެށި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް